އިންޑިޔާއިން ދިވެހިރާއްޖެ އެމީހުންގެ ނުފޫޒުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ރޭވުންތެރިކަމާއެކު އެބަ ކުރޭ

Loading

Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބު 2018 ވަނަ އަހަރު ކާމިޔާބުކޮށް ދިވެހިރާއްޖޭގެ ވެރިކަމާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ކުރިއަށްވުރެ އިތުރަށް ބަދަހިވެފައެވެ.

މޯލްޑިވިއަން ފައިނޭންޝަލް ރިވިއު(އެމް.އެފް.އާރ)އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ކެންސަރ ހޮސްޕިޓަލަކާއި ކްރިކެޓް ސްޓޭޑިޔަމްއެއްގެ އިތުރުން ހައުސިންގ ކޮމްޕްލެކްސްތައް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން އިންޑިޔާއިން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ދެ ގައުމުގެ އަސްކަރީ ބާރުތައް ގުޅިގެން ތަފާތު ޕްރޮޖެކްޓުތައް ހިންގުމަށްވެސް ވަނީ އެއްބަސްވެފައެވެ. މިގޮތުން އިންޑިއާއިން ވަނީ ރާއްޖެއަށް ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓެއް ހަދިޔާކޮށް އޭގެ ބޭނުން ހިފަން ފަށާފައެވެ. އަދި އިންޑިޔާއިން އޮޕަރޭޓް ކުރެވޭގޮތަށް ރޭޑާ ސިސްޓަމެއް ރާއްޖޭގައި ބިނާކުރުމަށް ދެގައުމުގެ ދެމެދުގައި ވަނީ އެއްބަސްވެފައެވެ. އަދި އައްޑޫގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވާ ޕޮލިސް ޓްރެއިނިންގް އިންސްޓިޓިއުޓްއެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

އިންޑިއާއިން ރާއްޖޭގައި ކުރަމުންދާ ކަންތައްތަކަށް ތާއީދު ކުރާ ދިވެހިން އިންޑިއާއިން ރާއްޖޭގައި ކުރަމުންދާ ކަންކަން ސިފަކުރަމުން ގެންދަނީ ގައުމަށް ލިބެމުންދާ ކުރިއެރުންތަކެއްގެ ގޮތުގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި ކަންކަމާމެދު ހަގީގަތުގައި ދިވެހިން ކަންބޮޑުވާން ޖެހޭކަމަށް ބުނަމުންނެވެ.

ގިނަގުނަ ޝަކުވާތަކެއް ފުނިޖެހިފައިވަނިކޮށް އައްޑު އަތޮޅުގައި އިންޑިޔާ ސަރުކާރުގެ ކޮންސިއުލޭޓެއް ގާއިމުކުރަން އުޅޭކަމުގެ ޚަބަރު ލިބުން ވެގެންދިޔައީ އިދިކޮޅު ފަރާތްތަކުގެ ރުޅިވެރިކަމުގެ ހުޅުގަނޑު އިތުރަށް ބޮޑުވެގެންދިޔަ ކަމެއްކަމަކަށެވެ.

އިންޑިޔާއިން އައްޑޫގައި ކޮންސިއުލޭޓެއް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އައްޑޫ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ނަމުގައެވެ. އައްޑޫގެ ރައްޔިތުން އެމީހުންގެ ވިސާގެ ކަންކަން ހަމަޖައްސަން ކޮންމެ ފަހަރަކު 535 ކިލޯމީޓަރު ދަތުރުކޮށް މާލެއަށް އަންނަން ޖެހުމުން އެ ވާ އުނދަގޫތަކަށް ލުޔެއް ދިނުމުގެ ބަހަނާގައި އިންޑިޔާއިން ދަނީ މި މަޝްރޫޢު ފެށުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ހެދުމާ ގުޅޭ ވާހަކަ ފެންމަތިވުމާ ގުޅިގެން އައްޑޫގެ ވަރަށް ގިނަ ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި މިހާރު މީސްމީޑިޔާގައި ”ސޭވް އައްޑޫ“ ގެ ނަމުގައި ގިނަ ބަޔަކު ދަނީ ޕޯސްޓުތައް ޝެއާރކޮށް މިކަމާ ގުޅޭ ޚިޔާލު ފާޅުކުރަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާއިން ތަރައްގީގެ ނަމުގައި ކުރަމުންދާ ކަންތައްތަކަށް ބަލާލުމުން އިންޑިޔާއިން ދިވެހިރާއްޖެ، އެމީހުންގެ ނުފޫޒުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ރޭވުންތެރިކަމާއެކު ކުރަމުންދާކަން ވަންހަނާކަމެއް ނެތި ފާޅުވަމުން އެބަދެއެވެ.

 

Loading

One Response

  1. މިރާއްޖޭގައި މިހާރު ވެރިކަންކުރާ ޕާޓީގެ ވެރިކަމެއް އޮވެއްޖެ ނަމަ އިންޑިއާގެ އަޅުވެތިކަމުގެ ތެރެއަށް ރާއްޖެ ފުރޮޅާލާކަށް މާބޮޑު ރޭވުން ތަކެއް ރާވާކަށް ނުޖެހޭނެއެވެ. ސަބަބަކީ އިންޑިއާއިން އެދޭ އެއްވެސް އެދުމަކާމެދު އިތުރަށް ވިސްނުމަކީ އެމީހުން ބޭނުންވާ ކަމެއް ނޫން ކަމަށް ވުމެވެ. ޙަގީގަތުގައި މިހާރުވެސް ރާއްޖެ މިއޮތީ އަދި އެކަން އިޢުލާނު ނުކުރިޔަސް އިންޑިއާގެ ތަނެއްގެ ގޮތުގައެވެ. ރަސްމީކޮށް އެކަން އެނގިގެންދާނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީ އަށް ނޫނެކޭ ބުނެ އިދިކޮޅު ޕާޓީ ތަކަށް ކާމިޔާބުވާ ހިސާބުންނެވެ.

Leave a Reply to ނުރަބޯ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް