ޔަމަނު ހަނގުރާމައިން ރެކެން ސައުދީން މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

ފާއިތުވި 6 އަހަރުގެ ތެރޭގައި ސައުދީ އާއި ޔަމަނާ ދެމެދު ކުރަމުން ދިޔަ ހަނގުރާމައަށް ސައުދީން އެތައް ބިލިއަން ޑޮލަރެއް ވަނީ ހޭދަކޮށްފައެވެ. އެމެރިކާއިން ހަތިޔާރުގަނެ، ޔަމަނަށް ގިނަ ހަމަލާތަކެއް ދީ އެގައުމު ވަނީ ސުންނާފަތި ކޮށްލާފައެވެ.

ސައުދީން މިހަނގުރާމަ ފެށީ އ.ދ އާއެކު އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައެވެ. އެހެންކަމުން މިހަނގުރާމައަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރަމުންދާ ހަނގުރާމައެކެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަންރައިޓުސް ވޮޗް ފަދަ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތްތަކުން ސައުދީން ޔަމަނަށް ދީފައިވާ ހަމަލާތައް ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައެވެ. މި ހަނގުރާމައިގައި ޔަމަނުގެ އެތައް ހާސް ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ޒަހަމްވެފައިވާ މީހުންނަށް އެހީތެރިވުމުގެ މަގުތައް ވެސް ސައުދީން ވަނީ ބަންދުކޮށްފައެވެ. މުދަލާއި ބާރުގެ ދަހިވެތިކަމުގައި ކުރަމުންދާ މިހަނގުރާމަ، މިހާދުވަސް ވީއިރުވެސް ހުއްޓިފައި ނުވަނީ މުސްލިމް ޤައުމުތަކުން މިކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ސައުދީއަށް ހަތިޔާރު ވިއްކުމުގައި ކުރީން ވެމުންދިޔަ އެހީތެރިކަން ކުރިއަށް ނުގެންދާނެ ކަމަށް ވަނީ ބުނެފައެވެ. މިއެހީތައް ހުއްޓާލުމާ ގުޅިގެން ސައުދީން މިހާރު މަސައްކަތް ކުރަމުންދަނީ އެޤައުމަށް ހުތުރުނަން ނުލިބޭ ގޮތަކަށް މިހަނގުރާމަ ހުއްޓާލުމަށެވެ.

އަރަބި ގައުމުތަކުގެތެރެއިން އެންމެ ފަގީރުކަމަށް ބެލެވޭ ޔަމަނާ ދެކޮޅަށް ސައުދީ އަރަބިޔާއިން އިއްތިހާދެއް ހަދައިގެން ކުރަމުންދާ ހަނގުރާމައިން ސައުދީން ބޭނުންވި ކާމިޔާބެއް މިހާތަނަށް އެގައުމަކަށް ނުލިބެއެވެ.

 

Loading

One Response

  1. ސަޢޫދީޢަރަބިޔާ ގެ ރަސްކަމާ ސަލްމާނު ޙަވާލުވުމާއެކު، އޭނާގެ ލާދީނީ ދަރި މުޙައްމަދު އޭނާގެ މައްޗަށް ގަދަވެގަނެ. މުޙައްމަދުގެ ލާދީނީ ފިޔަވަޅު ތައް އެމާތް ބިމުގައި ދަނީ ތަންފީޒު ކުރަމުންނެވެ. މިކަންކަމާ ރަސްގެފާނު އަޅާނުލާ ”އެޅިހާބަތަކަށްރިހަ“ ވެގެން ހުންނަނީ

Leave a Reply to ނުރަބޯ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް