ނަޝީދަށާއި އީވާއަށް އޯކޭ ޒާހިރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

”މި ނުލަފާ އަންހެން މީހާ ކޮންމެ ކަމެއް މިހެން ކުރަމުންދާއިރު މަޑުން ތިބެންވެއްޖެއްޔާ ގައުމު އިސާހިތަކު ފަސާދަވެގެން ނެތި ހަލާކުވެގެން ހިނގައިދާނެ“. ޒާހިރު:

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ޢަމަލުފުޅުތަކާއި އެމަނިކުފަނުގެ ގާތްތިމާގެ ކޮއްކޮ އީވާ ޢަބުދުއްލާގެ ވިޔާނުދާ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެން އެންމެން ހަލާކުވެގެން ދާކަމުގައި އެމްޑީޕީ އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި އަދި މިހާރުވެސް އެމްޑީޕީގެ ހާރޑްކޯ ސަޕޯޓަރ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ވިދާޅުވެއްޖެއެވެ.

”އެހެންވީމާ އެމީހުންގެ ޢަމަލުތަކުގެ ސަބަބުން މުޅި ގައުމު ހަލާކުވެދާތަން ބަލަން އެމްޑީޕީގެ ފަހުލަވާނުން ނުތިއްބަވައި އަޅުގަނޑުމެން ވެއްޖެ ނިކަން ރަނގަޅަށް ވިސްނަން.“ ޒާހިރު ވިދާޅުވިއެވެ. ”ދިވެހިރާއްޖެ މިހާރު މިދާ މިސްރާބާދޭތެރޭ ރައްޔިތުން މިހާރު ވަރަށް ބޮޑަށް ވިސްނަންވެއްޖެ. އެމްޑީޕީގެ ފަހުލަވާނުން ގައުމުގެ ރައްޔިތުންގެ މެދުގައި ބިނާކޮށްދިން އެއްބައިވަންތަކަމާއި އެކުވެރިކަން ފުނޑުފުނޑުވެ ހަލާކުވެގެން މިދަނީ. ހަމަ އެންމެ ބޭފުޅަކާއި އެބޭފުޅާގެ އާއިލާގެ ބޭފުޅުންގެ ސަބަބުން.“

ޒާހިރު ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ސިފައިންގެ ގާނޫނާ ދެންވެސް ހުރި ގާނޫނުތަކުންވެސް އެނގޭ އެއްޗަކީ އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކަށް އެމީހުންގެ މަސްލަޙަތު އޮތަސް ނެތަސް، މައްސަލަތައްބަލައި މީހަކު ނުވަތަ ބަޔަކު ކުއްވެރިވާ ކަމަށް ކަނޑަ އަޅުއްވާ ދައުވާކުރަން ސީދާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެންގޭނެ ފަދަ ގާނޫނެއް ނެތްކަމެވެ. އުސޫލެއްނެތްކަމެވެ. އެފަދަ ދައުވާއެއް ކުރަން ބޭނުންވެއްޖެނަމަ އެކަމުގައި އެފަދަ ފިޔަވަޅެއް އަޅަން ހޯދިފައިވާ ހޯދުންތަކަށް ބަލާ އެގޮތަށް ބުރަވެވޭނަމަ އެތަހުގީގެއް ހިންގަން އެދެންޖެހެނީ މޯލްޑިވްސް ޕޮލިސް ގައިކަމެވެ. މަޖިލިސް އެއީ ތަޙުގީގު އިދާރާއެއްކަމެއް ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ބަޔަކަށް ގަބޫލުކުރެވިފައެއް ނުވެއެވެ. އާދެ! އެމަޖިލީހަކީ ތަޙުގީގު އިދާރާއެއް ނޫނެވެ.

”ޕޮލިހުން ކުރާ ތަހުގީގުން ދައުވާއެއް ކުރަން ސާބިތުވާވަރަށް ހެކި ލިބިއްޖެނަމަ މައްސަލަ ބެލުމަށް ފަހު ދައުވާކުރަން ފޮނުވާނީ. އެކަމަކު ހިތާމައަކީ ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި މުޙައްމަދު ނަޝީދަކަށް މިކަމެއް އެނގިވަޑައެއް ނުގަންނަވާ.“ ޒާހިރު ވިދާޅުވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވިގޮތުގައި މަޖިލީހުގެ ނައިބު ރައީސް އަދި މިހާރު ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ނަޝީދުގެ ކޮއްކޮ އީވާ ޢަބުދުއްލާ ރައްޔިތުންގެ މަޖިލީހުގައި އިންނަވައިގެން އެކުރައްވާ ވިޔަނުދާ ކަންތައްތައް، ހުއްޓުވަން ހޭވެރިކަންވާ، ގައުމުދެކެ ލޯބިވަ މަދު މެންބަރުން ކޮޅެއް އެބިލާ ދެކޮޅަށް ވޯޓުދެއްވުމުން، އެއީ ގައުމު ބައިބައި ކުރަން ކުރާ ކަމެއްގެ ގޮތުގައި ނޫނީ ގައުމަށް ފުރައްސާރަ ކުރަންކުރާ ކަމެއްގެ ގޮތުގައި ނުވަތަ އެމްޑީޕީ ބައިބައި ކުރަން ކުރާ ކަމެއްގެ ގޮތުގައި އީވާ ޢަބުދުއްލާ ގަބޫލު ކުރައްވާކަމީވެސް ދެރަވަރު ކަމެއްކަމުގައި ޒާހިރު ވިދާޅުވިއެވެ.

”ދަންނަވަންތޯ މިކަހަލަ ޖާހިލު އަންހެނަކު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިނދެގެން ދިވެހިރާއްޖޭގައި ތިބިހާ ޢިލްމީ ބޭފުޅުންނަށް ފުރައްސާރަކުރަމުން ދާއިރުވެސް ދިވެހި ރައްޔިތުން މިތިބީ މަޑުން. މި ނުލަފާ އަންހެން މީހާ ކޮންމެ ކަމެއް މިހެން ކުރަމުންދާއިރު މަޑުން ތިބެންވެއްޖެއްޔާ ގައުމު އިސާހިތަކު ފަސާދަވެގެން ނެތި ހަލާކުވެގެން ހިނގައިދާނެ. މާތް އައްލާހުގެ ނުރުއްސެވުމަށް މިގައުމު ވެއްޓިގެން ހިނގައިދާނެ. އެހެންވީމާ އަޅުގަނޑުމެން ވިސްނަންވީ މި ގައުމު ސަލާމަތް ކުރުމަށްޓަކައި މި ގައުމުން މީނާގެ ބާރު ކަނޑުވާލެވުމަށްޓަކާ މަސައްކަތް ކުރަން.“

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިސްމަގާމުތަކެއް އަދާކުރެއްވި އޯކޭ ޒާހިރު ރައީސް ނަޝީދަށް ގޮވާލެއްވީ މިސަކަރާތް މިގޮތަށް ނުޖެއްސެވުމަށެވެ. އަދި ވިދާޅުވިއެވެ.

”މިގައުމު ފަސާދަކޮށްގެން މިގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބަޣާވާތެއް ކުރައްވައިގެން މި ގައުމުގެ ބޮޑުވަޒީރުކަން ހޯއްދަވަން މަސައްކަތް ނުކުރައްވާ! އަދި މަނިކުފާނުގެ ކޮއްކޯފުޅަށް އީވާއަށް ރައީސްކަން ދެއްވަން ގެންގުޅުއްވާ ޚިޔާލުފުޅު ދޫކޮށްލައްވާ! ތީ ހުވަފެނެއް. ތީ ބިލާހެއް. ތިކަމެއް ނުކުރެއްވޭނެ. މިގައުމާއިގެން އިބްރާހީމް މުޙައްމަދު ޞާލިޙު އެ ކުރައްވާ މަސައްކަތްތަކާއިގެން ކުރިއަށް ދިއުމުގެ ފުރުސަތު ދެއްވާ!“

ޒާހިރު ވިދާޅުވި ގޮތުގައި ނަޝީދު ގައުމު އިތުރަށް ހާލާކު ނުކުރައްވައި ފަހަތަށް ޖެހިވަޑައިގަންނަވަން އެބަޖެހެއެވެ.

”މައުމޫނަށް ވެސްވީ ހަމަތިޔަހެން. ހެޔޮއެދޭ މީހުންދައްކާ ވާހަކަ ނާހައި އޭނާ ވެރިކަމުގައި ބައްދަންވެގެން އުޅެއުޅެ އުޅެ އުޅެ މިގައުމުގެ އަޚުލާޤު ގެއްލި ހަލާކުވެ ދިޔައިރުވެސް ވެރިކަން ދުކޮށްލައްވާފައި ވަޑައިގަންނަވާކަށް އެނގިވަޑައެއް ނުގެންނެވި.“ ޒާހިރު ވިދާޅުވިއެވެ. “ އެންމެ ފަހުން އެ މަނިކުފާނުގެ ވެރިކަން ނިމިގެންގޮސް މަނިކުފާނުގެ އާއިލާގެ ތެރެއަށް ކެނެރީގެ، ވެރިކަމުގެ ތެރެއަށް ވަދެއްޖެ. އެގޭގެ އެއްޗަކަށް މީތި ވެއްޖެ. އެހެން ނަހައްދަވާ އެއްގޮތަކަށްވެސް. އަޅުގަނޑުމެން ކުރީން ތިބީ އެއްބަސްވިގޮތަށް ތާހިރު ދިރިއުޅުމެއްގެތެރެއިން ހެޔޮވެރިކަމެއް ދިވެހި ހުރިހާ ރައްޔަތުންނަށް ކޮށްދޭން. އެޗާންސް މަނިކުފާނަށް އަރުވައިގެން މަނިކުފާނު ގަންނާނެހާ ގަނޑެއް ގަންނަން. އެމްޑީޕީގެ ފަހުލަވާނުން މިހާރުތިބީ ތިގޮތަށް މިކަން ކުރާކަށްނޫން. އަޅުގަނޑުމެން އެމްޑީޕީ ރައްޔިތުން އެކަތިގަނޑަކަށް ވެގެންވެސް މިތިބީ މިދިވެހި ގައުމު ސަލާމަތްކުރުމުގެ ވިސްނުމުގައި.“

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެރަފާ މުޙައްމަދު ނަޝީދާއި ނައިބު ރައީސް ކަމުގައި ހުންނެވި އީވާ މަޖިލީހުގައި އަދާ ކުރައްވަމުންގެންދަވާ ދައުރާ މެދު ހިތް ހަމަނުޖެހިގެން ވަރަށް ގިނަ އެމްޑީޕީަގެ ބޮޑުންނާއި މެމްބަރުން ގެންދަނީ ހިތްހަމަނުޖެހުމާއި އެކު ފާޑުވިދާޅުވަމުންނެވެ.

 

Loading

5 Responses

  1. ނަޝީދު ކުރެއްވެވި އިސްލާހީ މަސައްކަތް އީވާއަބުދުލްﷲ ކުރަށްވާތީ ހަސަދަވެރިނުވޭ. އޯކޭ.

  2. ދިވެހިރާއްޖޭގެ ނޫހެއްގައި ފުރަތަމަ ފަހަރަށް ﷲ ގެ އިސްމުފުޅަށް ބޭއިހްތިރާމުވާގޮތައް ޢަރަބި ބަހުން ނުލިޔެއޮތްތަން މިފެނުނީ. ވަރަށްވެސް ބޮޑު ހިތާމައެއް. މިކަން މިހާރުން މިހާރަށް އިސްލާހުކުރުމަށް ގޮވާލަން

  3. އެމްޑީޕީއަށް މަޖްލީހުގެ މެޖޯރެޓީ ލިބުނީމާ މިގުއިވާ އާއި ހަންޑިބޭ ބޭނުންވަނީ ރަށްޔިތުންގެ މަޖުލިސްއަކީ އެންމެމަތީ ތަހުގީގު ކުރާތަނަކަށް މަޖުލިސްހަދަން ވަރަށްސާފް އިނގޭތޯ

  4. ލައްބަ. އަންނިގެ ބަލާ ހަމަ އެ ބޮޑުވީ. ދެން ޖެހޭނީ މެޖޯރިޓީ ވެގެން ސައިޒްކުރަން. މައުމޫނަށްވުރެވެސް މީނާގެ ބޮޑޭހެދުން ދިވެހިންނަށް ބަލާވެރިކަމަކަށް މިވީ. މީހާއަށް މީހާ އޮޅުނީ. ގޮވި ގޮވެލިފަތި ފަރިއްސަށް ބަދަލުވީ. ދެބޯ ގެރި ދުއްވުމުގެ މާސްޓަރ. ޒަހިރުމެނަށް އަދި ރެއަކާއެލީ. ޕާޓީވެސް އަމިއްލަ ގައުމުވެސް އަމިއްލަ. މީނާ ބޭނުންވާގޮތެއް އެހެން އެންމެނަށް އޯކޭ ވާން މަޖުބޫރުކުރުން އެއީ ޑިމޮކްރެސީ؟؟

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް