ދައުލަތުން އަނިޔާ ލިބުނު ފަރާތްތަކުން އިންސާފަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ

Loading

Facebook
Twitter
WhatsApp

 

ދައުލަތުން އެކިގޮތްގޮތަށް އނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި  އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މި އަންނަ އާދީއްތައިން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ.

އެ އޮފީހުން ބުނީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ގެއްލުމާއި ބަދަލު ނަގައިދިނުމަށް އެދޭ ފޯމު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ އޮފީހުން ލިބޭނެ އެވެ. އަދި އެ ދުވަހުން ފެށިގެން މައްސަލަތައް ހުށަހަޅަން ދެ މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

މި އޮފީހަށް 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ މައްސަލަތައް ލެވޭނެއެވެ.

އޮމްބަޑްސްޕަރސަންގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ އިންސާފު އޮފީހުގެ އޮމްބަޑްސްޕަރސަން އަލްއުސްތާޒާ ޖިހާދާ އަނީސް ވިދާޅުވީ މައްސަލަތަކަށް އިންސާފު ހޯދުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ވާހަކަ ދައްކައިގެން މަޝްވަރާގެ އުސޫލުން ކަންކަން ކުރުމަށްކަމަށެވެ.

އަދި ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ހާލަތެއްގައި ތަހުގީގްކޮށް ދައުވާކުރަންޖެހޭ ހާލަތަށް ދާންޖެހިއްޖެނަމަ އެމަސައްކަތްވެސް ކުރާނެކަމަށް ޖިހާދާ ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ އިންތިގާލީ އިންސާފުގެ ގާނޫނު ދަށުން އުފެއްދައްދާފައިވާ އޮފީހެކެވެ. މި  އޮފީސް އުފެއްދީ މިދިޔައަހަރުގެ ޑިސެމްބަރު މަހުގައެވެ.

އިންތިގާލީ އިންސާފްގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދައިދިނުން ހިމެނެއެވެ.

އަދި  ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުމަކީ ވެސް މިގާނޫނުގެ އެއް މަގްސަދެވެ.

އޮމްބަޑްސްޕާސަން އޮފީހުން ބުނީ އެ އޮފީހަށް ވަރަށް ގިނަ ވެރިކަން ތަކުގައި ހިނގައިދިޔަ ކަންކަން ބެލުމަށް މަތިކޮށްފައިވާއިރު، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތަކަށް ހަނިވާ ގޮތަށް ހުރި ކަންކަން ބެލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށެވެ.
އަދި އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް އިންސާފުވެރިކަމާއިއެކު ބަލައި، ރާއްޖޭގެ މަސްލަހަތު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެކަމުގެ ޔަގީންކަން އެ އޮފީހުން ވަނީ ދީފައެވެ.

Loading

One Response

  1. 2018 ގެ ފަހުން ޙައްޤު ނިގުޅައިގަނެވިފައިވާ މީހުން ނަކީ އެހެންވީމާ ނެތްބައްއްތާ

Leave a Reply to ލުނބޯ އަލީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް