ކޮރޯނާ ވައިރަހުން ސަލާމަތްވާން ހަރުފަ ކަމުންދިޔަ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ބޭނުމުގައި ހަރުފަ މަސް ކަމުންދިޔަ މީހަކު އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓުގެ ރަށަކުން ހައްޔަރުކޮށްފިއެވެ.

ވީޑިއޯ ރިޕޯޓަކުން ދައްކާގޮތުގައި މަދޫރާއީގެ އުމުރުން 50 އަހަރުގެ ދަނޑުވެރިޔަކު ދިޔައީ ހަރުފަމަސް ކަމުންނެވެ. އޭނާ ހަރުފަ މަސް ކެއުމުގެ ބޭނުމަކީ ކޮރޯނާ ވައިރަހުގެ ނުރައްކަލުން ރައްކާތެރިވުމެވެ. އޭނާއަށް ގަބޫލުކުރެވިފައިވާ ގޮތުގައި ހަރުފަ މަސް ކެއުމުން ކޮރޯނާ ވައިރަސް އިންސާނުންނަކަށް ނުޖެހޭނެއެވެ.

އެ ވީޑިއޯ ވައިރަލްވެ ޖަންގަލީތަކާ ބެހޭ ވުޒާރާއަށް އެކަން އެނގުމުން ހަރުފަ ކަމުންދިޔަ މީހާ ހޯދައި އެމީހާ ހައްޔަރުކުރިއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އެމީހާ ހައްޔަރުކުރުމަށް ފަހު ގަވައިދާ ޚިލާފަށް ދިރޭތަކެތި މަރައި ބޭނުން ކުރުމުގެ ކުށުގައި ހަތް ހާސް ރުފިޔާއިން ވަނީ ޖުރިމާނާކޮށްފައެވެ.

އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ނަމުގައި އިންޑިއާގެ ވަރަށް ގިނަ ބަޔަކު ދަނީ ވަރަށް ”ބޯގަޅި“ ކަންތައްތައް ކުރަމުން ނެވެ. އޭގެތެރޭގައި ގެރިގުއި ގައިގައި އުނގުޅުމާއި ގެރީގެ ކުޑަކަމުދާތަކެތި ބުއިންފަދަ އެތައް ކަމެއް ކޮށްފައިވެއެވެ.

ކޮރޯނާ ވައިރަސް މިދުވަސް ކޮޅު މުޅި ދުނިޔެއިން އެންމެ ބާރަށް ފެތުރެމުން ދަނީ އިންޑިއާގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް