އަންހެނަކު ލޯންޗެއްގެ ތެރޭ ވިހައިފި

Loading

Facebook
Twitter
WhatsApp

 

ހދ ހަނިމާދޫ ސިއްހީ މަރުކަޒުން އެއަތޮޅު ކުޅުދުއްފުއްޓަށް ފޮނުވާލި އުމުރުން 43 އަހަރުގެ މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި އެވެ.

މައުލޫމާތު ލިބުނު ގޮތުގައި އެ އަންހެންމީހާ ވިހެއީ ލޯންޗު ކުޅުދުއްފުށީ ފަޅުތެރޭގައި އޮތްވަ ކަމަށް ވެއެވެ. އޭރު  އޭރު ކުޅުދުއްފުށީ ބަނދަރު މަތީގައި އެމްބިއުލާސް ތައްޔާރަށް އޮތްކަމަށް ވެއެވެ. ނަމަވެސް ލޯންޗް ބަނދަރު ކުރުމުގެ ކުރިން އަންހެން މީހާ ވަނީ ވިހާފައެވެ.

މިއަދު ގާތްގަނޑަކަށް ހަތެއް ޖެހިއިރު ހިނގި މިހާދިސާގައި އަންހެން މީހާ ވިހެއިރު ހަނިމާދޫ ސިއްހީ މަރުކަޒުގެ ދެ ސިއްހީ އެހީތެރިޔަކު ލޯންޗުގައި އެހީތެރިވާން ތިއްބެވެ.

އަންހެން މީހާ ވިހާފައިވަނީ ފިރިހެން ކުއްޖެއްކެވެ.  ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބޭއިރު މިއީ އެ އަންހެން މީހާގެ ހަ ވަނަ ދަރިފުޅެވެ.

ކުޅުދއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިހާރު ދަނީ މި ދެމައިންނަށް ފަރުވާ ދެމުންނެވެ.

Loading

One Response

Leave a Reply to Ahmed Cancel reply

ފަހުގެ އަޕްޑޭޓް