ހުޅުމާލޭގައި 2000 ހައުސިން ޔުނިޓްއަޅަން އަނެއްކާވެސް އިންޑިއާގެ ކުންފުންޏަކަށް

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް އަނެއްކާވެސް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ސޯޝަލް ހައުސިންގ ގޮތުގައި ތަރައްގީ ކުރާ މި ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަޝޯކާ ބިލްޑްކޮން ލިމިޓެޑާއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ދޯދައިދިނުމަށް ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން ( އެފްޑީސީ) އާއި  އަޝޯކާ ބިލްޑްކޮން ލިމިޓެޑާ އިއްޔެ ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖައްސާފައިވާ މި ހައުސިންގ ޔުނިޓްގެ މަސައްކަތް އެކުންފުންޏާ ވާލުކޮށްފައިވަނީ އިންޖިނިއަރިންގ ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އުސޫލުންނެވެ.

އެފްޑީސީން ބުނީ 140 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ އިންޑިއާ ސަރުކާރުގެ ބޭންކެއްކަމަށްވާ އެކްސްޕޯރޓް އިމްޕޯރޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންކަމަށެވެ.  މި މަޝްރޫއު ނިންމަން ތިން  އަހަރު ދުވަސް ނަގާނެކަމަށް ބެލެވޭކަމަށް އެފްޑީސީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ 2 ކޮޓަރީގެ 500 ޔުނިޓް އަދި 900 އަކަފޫޓުގެ 3 ކޮޓަރީ ގެ 1500 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް މިދިޔަ މާރޗު މަހު ވެސް އިންޑިއާގެ ކުންފުންޏަކާ ވަނީ ވާލުކޮށްފައެވެ. އެ ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއެވެ.

އެ މަޝްރޫއުވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ އެގްޒިމް ބޭންކްން 137 ޑޮލަރުގެ ލޯން އެހީގެ ދަށުންނެވެ. އެ މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ 3 ކޮޓަރީގެ 1400 ޔުނިޓް އިމާރާތްކުރުމަށް ވަނީ އެއްބަސް ވެފައެވެ. އެ މަޝްރޫއު ފުރިހަމަކުރުމަށް 3 އަހަރާއި 1 މަސް ދުވަސް ނަގާނެކަމަށް ސަރުކާރުން ދެކެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް