ކޮރޯނާ ވައިރަސްގެ އައު ސްޓްރެއިން އެެއް މެލޭސިއާ އިން ފެނިއްޖެ!

Loading

Facebook
Twitter
WhatsApp

މެލޭސިއާ އިން ކޮރޯނާ ވައިރަސްގެ އައު ސްޓްރެއިން އެެއް ކަމަށްވާ D614G ފެނިއްޖެއެވެ. ކަމާބެހޭ މާހިރުން ބުނާ ގޮތުގައި މި ސްޓްރައިންގެ ބަލި ޖެއްސުމުގެ ބާރު 10 ގުނަ މަށްޗެވެ.

މީގެ ކުރިންވެސް މި ސްޓްރެއިން ވަނީ ދުނިޔޭގެ ބައެއް ޤައުމުތަކަކުންވެސް ފެނިފައެވެ. ނަމަވެސް މެލޭސިއާ އިން މި ސްޓްރެއިން ފެނިފައިވަނީ އެޤައުމުގައި އުފެދުނު އިހަލެއްގެ ތެރެއިންނެވެ. އެ އިހާ އުފެދިފައިވަނީ އެ ޤައުމަށް އިންޑިއާއިން ދަތުރު ކުރި މީހެއްގެ ފަރާތުންނެވެ.

އޭގެ ފަހުން ​ އެ ޤައުމަށް ފިލިޕީންސް އިން ދަތުރުކުރި ބަޔެއްގެ ފަރާތުންވެސް D614G ވަނީ ފެނިފައެވެ.

ޑރ. އެންތޮނީ ފައުޖީ ވިދާޅުވިީ D614G ހަލުވިކަމާއެކު ކޮވިޑް19 ފަތުރާ ކަމަށެވެ. އަދި ހަމަމިއާއެކު ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ނޫރު ހިޝާމް އަބްދުއްލާ ވިދާޅުވީ މި އައު ސްޓްރެއިން ފެނުން މާނަ ކުރެވެނީ މިހާތަނަށް ވެކްސިން އަށް ކުރެވިފައިވާ ތަހުޤީގުތައް ފުރިހަމަ ނޫންކަމާއި، މި ސްޓްރެއިން ވެކްސިން އަށްވުރެ ބާރުގަދަ ކަމަށެވެ.

އައު ސްޓްރެއިން އާއެކު މެލޭސިއާގެ ކޮވިޑް19 ގެ ކޭސެސްތައް ވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ.އެގޮތުން ޖުލައި 28 ގެ ފަހުން އެޤައުމުން އެންމެ ގިނައިން ކޭސެސްތައް ރިޕޯރޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއަދު އެޤައުމުން 6806 މީހުން ވަނީ ފައްސިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް