ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެ ސިޓީގައި އިންދާ އާލާކުރަނީ

ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެ ސިޓީގައި އިންދާ އާލާކުރަން ނިންމައިފިއެވެ. މިކަންހާމަކުރައްވާފައި ވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ެއެގޮތުން އެ ބައްދަލުވުމުގައި އާޒިމް ވިދާޅުވިީ ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި އާލާކޮށް ހިމާޔަތް ކުރަން ޖެހިފައިވާ ކަމަށެވެ. ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން […]

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ ކާމިޔާބު 11 އޮޕަރޭޝަނެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ 11 އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ. ”ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީކޭއާރު) ސަރޖަރީ ކޭމްޕް“’ގެ ނަމުގައި، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން މި މަހުގެ 16އިން 19އަށް ކުރިއަށްގެންދިޔަ މި ކޭމްޕުގައި 11 އޮޕަރޭޝަން ކޮށްފައިވާއިރު، މީގެތެރޭގައި ހިމެނެނީ 7 މީހެއްގެ އެއް ކަކުލު ހުޅު ބަދަލުކުރުމާއި، ދެ މީހެއްގެ ދެ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެވެ. މިކޭމްޕުގައި އިސްވެ އުޅުއްވީ، ހުޅުމާލޭ ހޮސްޕިޓަލުގެ ސަރޖަރީ ޑިޕާޓްމަންޓުގެ އިސްވެރިޔާ އަދި އޯތޯޕީޑިކްސް […]

އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ބ.އަތޮޅުގައި މެޑިކަލް ކޭމްޕެއް!

އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ބ.އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފިއެވެ. ހެލްތު މިނިސްޓްރީން ބުނީ އޭޑީކޭ ހޮސްޕިޓަލާއި ބ.އަތޮޅު ކައުންސިލާއި އޭދަފުށި ކައުންސިލާއި، އެ އަތޮޅު ސިއްޙީ ޚިދުމަތްދޭ ތަންތަން ގުޅިގެން ބ.އަތޮޅުގައި މިއަދު ފެށި މެޑިކަލް ކޭމްޕްގައި ޑރ.އަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ”އެންމެ ބަލި މީހުންނަށް އިސްކަން ދިނުމަށް ޓަކައި އެޕޮއިންޓްމެންޓް ދިނުމުގެ ކުރިން ސްކްރީން ކުރެވޭނެ“ އެ މިނިސްޓްރީން މައުލޫމާތުދެއެވެ. ހެލްތު މިނިސްޓްރީން ބުނީ މި މެޑިކަލް ކޭމްޕްގައި ފަރުވާ ދެވޭ […]

ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތް ދަށްވަމުންދާ މައްސަލަ މަޖިލީހުން ބަލައެއްނުގަތް

ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތް ދަށްވަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަންނަން ނިންމަވައިފިއެވެ. މި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 47 މެމްބަރުންގެ ތެރޭން 37 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. މި މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ، މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނައިރު އެތަަނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް […]

ގައިންގަޔަށްއަރާ ބަލިތަކާމެދު ސަމާލުވުން

ގައިންގަޔަށްއަރާ ބަލިތައް ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް އާންމުވަމުންނެވެ. ރޯގާއަކީ މާލޭ ސަރަހައްދުގައި، ޚާއްޞަކޮށް މާލޭގައި ނުފިލައި އޮންނަ އެއްޗެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ރޯގާއަކީ މާލޭ ސަރަހައްދުގެ އާންމު ހާލަތެވެ. ހުޅަނގުމޫސުމުގެ ރޯގާއެވެ. އިރުވައިމޫސުމުގެ ރޯގާއެވެ. ދެ މޫސުން ބައްދަލުވާ ދުވަސްވަރު ފެތުރޭ ރޯގާތަކެވެ. މި ރިޕޯޓުގައި މި ބަލައިލަނީ މިފަދަ ބައެއް ބަލިތަކާއި، އެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި، ފަރުވާ ހޯދުމުގައި ސަމާލުވަންވީ ބައެއް ކަންކަމުގެ މައްޗަށެވެ. އަރިދަފުސް ރޯގާ:މި ރޯގާގައި ސަމާލުވާންވީ […]

ކިޑްނީ ބައްޔާމެދު ސަމާލުވުމަށް ޑޮކްޓަރުންގެ އިލްތިމާސެއް

ކިޑްނީ ބަލީގެ އެއްވެސް އަލާމަތްތައް ފެނިއްޖެނަމަ، ވީހާވެސް އަވަހަކަށް ޓެސްޓްކުރުމަށް، މި ބައްޔާބެހޭ ޑޮކްޓަރުން އިލްތިމާސްކުރައްވައިފިއެވެ. ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން، އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ނެފްރޮލޮޖީ ޑރ. އިބްރާހީމް ޝިހާމާއި، އެ ހޮސްޕިޓަލުގެ ނެފްރޮލޮޖީ ޑިޕާޓްމަންޓުގެ މެޑިކަލް އޮފިސަރު ޑރ. އާމިނަތު މިޒްނާ ވަނީ މިކަމާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. މިގޮތުން، އައިޖީއެމްއެޗްގައި 130 މީހުން، އަދި ހުޅުމާލޭ ހޮސްޕިޓަލުގައި 55 މީހުން ޑަޔަލިސިސް ހަދަމުންދާއިރު، ޑަޔަލިސިސްއަކީ ގަވާއިދުން ކޮންމެ ހަފުތާއަކު […]

މެނިންގޯކޮކަލް ބަލި ދެނެގަނެ އެއިން ރައްކާތެރިވުން

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟މިއީ ނައިސީރިއާ މެނިންޖައިޓިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިއީ މަދުން ޖެހޭ ބައްޔެއް ނަމަވެސް ޖެހިއްޖެނަމަ ބަލީގައި ބޮޑުވަރުވާލެއް އަވަސްވެއެވެ. މެނިންގޯކޮކަލް ބަލީގެ ބާވަތްތައް:މިގެ ދެ ބާވަތެއް ހުރެއެވެ. އެއީ މެނިންޖައިޓިސްއާއިމެނިންގޯކޮކަލް ސެޕްސިސްއެވެ. ބަލީގެ ޢަލާމާތްތައް: ބަލި ފެތުރޭ ގޮތް:މެނިންގޯކޮކަލް ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހާގެ އަނގައިން ނުކުންނަ ކުޅުގައި ހުންނަ ޖަރާސީމު އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުމުންނެވެ. މިގޮތުން ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ […]

ޑެންގީ ހުން ދަނީ ގަދައަށް ފެތުރެމުން

ޗިކުންގުންޔާގެ އިތުރުން ޑެންގީ ހުންވެސް ދަނީ ގަދައަށް ފެތުރެމުން ކަމަށް ޑރ. އަޙުމަދު ފައިޞަލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑރ. ފައިޞަލް ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭވެސް 1 އަހަރުން ދަށުގެ ކުއްޖަކު ޑެންގީ ހުން ޖެހިގެން އެޑްމިޓްކުރަން ޖެހުނުކަމަށެވެ. މި ހުމުގައި ފުރާނައަށް ނުރައްކާވަނީ ހުން ފިލުމަށްފަހު އަންނަ 24 ގަޑިއިރާ 48 ގަޑިއިރާ ދޭތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ފައިޞަލް ވަނީ ޑެންގީ […]

ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން އައިނު ވިޔަފާރި ފަށަނީ

ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. ަރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު މިގޮތަށް ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގަންނަވާފައިވާތީ، އެއާއިގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށެވެ. ”އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް) އަދި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމީ އައިނަށް […]

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި

ގދ. ތިނަދޫ ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފިއެވެ. ހެލްތު މިިނިސްޓްރީން ބުނީ މި ސަރޖަރީ ހަދާފައި ވަނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕްގައި ކަމަށެވެ. މި ޓީމުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެއެވެ. އެގޮތުން މި ޓީމުގައި ހަރަކާތްތެރިވާ ޑރ. އަބުދުﷲ އުބެއިދު ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރެވުމަކީ […]