މިނިވަންކަން ބޭނުންނަމަ ސަލާންޖެހުން ހުއްޓާލަން ޖެހޭނެ 

ހުޅަނގު އެފްރިކާގެ ބުރުކީނާފާސޯގެ ރައީސް ކެޕްޓަން އިބްރާހީމް ޓްރާއޯރޭ ގެ ވާހަކަ އޮތީ ފަހަކަށް އައިސް މީޑިއާއިން ފެނުން ވަރށް ގިނަވެފައެވެ. ފަރަންސޭސި މާސްޓަރުން ދެކޮޅަށް ތެދުވަން ކެރުނު ޖިހާދީއެއްގެ ގޮތުގައިވެސް ސިފަކޮށްފައި ވެއެވެ. މިލިޓްރީގައި ކެޕްޓަނެއްގެ މަގާމު ލިބުމަކުން ސަރުކާރެއް ހިންގަން ނޭގޭނެ ކަމުގެ އިލްޒާމްތައްވެސް އަޅުވާފައި ވެއެވެ. ރަނުގެ މުއްސަނދިކަން ލިބިފައިވާ ހުޅަނގު އެފްރިކާގެ އެ ގައުމުގެ އިގްތިސާދު ކުރިއެރުމަށްޓަކައި ކުރަމުންގެންދާ މަސައކަތްން އަޅުގަނޑުމެންވެސް އިބްރަތް ލިބިގަތުން ރަނގަޅުވާނެއެވެ.  ސުރުޚީގައި އިޝާރާތްކޮށްފައިވާ ފަދައިން ތަރައްގީ […]

އިޒްރޭލަށް ކުރެއްވި ތާއީދާއި އެކު ”ކްރައުން ޕްރިންސް“ ރިޒާ ޕެހްލަވީ އަށް އަމިއްލަ ގައުމުގައި އޮތް ތާއީދު ގެއްލުނީތަ؟

އިޒްރޭލުން އިސްވެ އިރާނަށް އުދުވާނީ ހަމަލާތަކެއް ދިނުމާއި ގުޅިގެން ފެށިގެންދިޔަ 12 ދުވަހުގެ ހަނގުރާމަ ހުއްޓާލި ދުވަސް ކަމަށްވާ ޖޫން މަހުގެ 24 ވަނަ ދުވަހު، އިރާންގައި އެންމެ ފަހުން ހުންނެވި ޝާހްގެ ދަރިކަލުން ރިޒާ ޕެހްލަވީ ވަނީ ޕެރިހުގައި ވަގުތުން ދުރަށް ދެއްކި ނޫސް ކޮންފަރެންސެއް ބާއްވަވާފައެވެ. މި ޕްރެސް ކޮންފަރެންސްގައި ،އުމުރުފުޅުން މިހާރު 64 އަހަރުގެ ރިޒާ ޕެހްލަވީ ވަނީ އެމެރިކާއިން އިރާން ސަރުކާރާއެކު އަލުން ޑިޕްލޮމެޓިކް ވާހަކަ ތަކަށް ދިއުމަކީ އިރާން ސަރުކާރަށް […]

ޣައްޒާގައި ހުންނަ އިންޑޮނީޝިޔާ ހޮސްޕިޓަލުގެ ޑައިރެކްޓަރ ޝަހީދު ކޮށްލައިފި

އިންޑޮނީޝިޔާއިން ޣައްޒާގައި އަޅާދީ ހިންގަމުން އައި ހޮސްޕިޓަލުގެ ޑައިރެކްޓަރުގެ ގެޔަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޑައިރެކްޓަރ ޑޮކްޓަރ މަރުވާން ސުލްތާން އާއި އޭނާގެ އާއިލާގެ އެތައްބަޔަކު ޝަހީދު ކޮށްލައިފިއެވެ. ޣައްޒާ ސިޓީގައި ހުންނަ ޑޮކްޓަރ މަރުވާން ސުލްތާންގެ ގެޔަށް ދިން ހަމަލާ ކުށްވެރި ކުރަމުން ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޑޮކްޓަރ މަރުވާން އަކީ ސިއްހީ ހިދުމަތުގައި އިޚުލާސްތެރިކަމާއިއެކު ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރަމުން އައިސްފައިވާ ފަރާތެކެވެ. އަދި އެފަދަ ރަހުމު ކުޑަގޮތަކަށް މެޑިކަލް […]

އިންޑިއާ މަސްވެރިންތަކެއް ހިފަހައްޓައި، ސްރީލަންކާއިން ޑިޕްލޮމެޓިކް ޑިސްޕިއުޓެއް ފަށައިފި

ގަވާއިދާއި ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް ހުއްޓުވުމަށް ހާއްސަ ހަރުކަށި ސިޔާސަތެއް ފާސްކޮށް، ސްރީލަންކާގެ ކަނޑުގެ ސިފައިންވަނީ އެގައުމުގެ ސަރަހައްދުތަކުން މަސްވެރިކަންކުރާ އިންޑިއާގެ މަސްދޯނިފަހަރާއި ފަޅުވެރީން ހިފަހައްޓާނެކަމުގެ އިންޒާރުދީފައެވެ. އަދި މިސަބަބާއިހުރެ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ޓެންޝަން އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން އިންޑިއާގެ އުޅަނދުފަހަރުން ކުރާ މަސްވެރިކަން ހުއްޓުވުމަށް ސްރީލަންކާގެ ވުޒާރާތަކުން މަސައްކަތް ފަށާފައިވަނީ، އެގައުމުގެ އާންމުން ކާންބޯން ކުރާ މަސްވެރިކަމުގެ މަސައްކަތުން ލިބޭ އާމްދަނީއަށް ހުރަސް އެޅެމުންދާތީކަމަށް މަސްވެރީން ބުނެއެވެ. ”އެމީހުން ގެންދަނީ […]

ވިޔަފާރީގެ ކުރިއެރުންތަކާއެކު މެލޭޝިއާގެ ރިންގިޓް ވަރުގަދަވެއްޖެ

ވިޔަފާރީގެ ކުރިއެރުންތަކާއި އެންޓި ކޮރަޕްޝަން ޑްރައިވްގެ މެދުތެރޭގައި އޮތް މެލޭޝިއާގެ ރިންގިޓް އިތުރަށް ވަރުގަދަވެއްޖެ އެވެ.މެލޭޝިޔާގެ ރިންގިޓްގެ ބާރު އެމެރިކާ ޑޮލަރާ އަޅާބަލާއިރު %0.8 އިތުރުވެ، އިންވެސްޓަރުންގެ ސަމާލުކަން ދަމައިގަންނަ ބޮޑު ރިބައުންޑެއްގައި ފާއިތުވެ ދިޔަ ދެ އަހަރުގެ އެންމެ މަތީ ދަރަޖައަށް ވަނީ އަރާފައެވެ. ކުއަލަލަމްޕޫރުގެ ވިޔަފާރިވެރިން މި ތަރައްގީއަށް މަރުހަބާ ކިޔައި، މި ކުރިއެރުން ނިސްބަތްކޮށްފައިވަނީ ފަހުގެ ވިޔަފާރީގެ ކާމިޔާބީތަކާއި ވެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކަށެވެ. މި ފައިސާގެ ކުރިއެރުން ލިބިފައިވަނީ އޮސްޓްރޭލިއާ އިން އެމެރިކާއާއެކު […]

ބޭބީ ސިޓަރ އެނދު ދަށް ބެލީ ”މޮންސްޓަރ“ އެއް ފެނޭތޯ، ފެނުނީ އިންޓްރޫޑައެއް

ކުދިން ނިންދެވިއިރު، ރޫޓިން ޗެކެއްގެ ގޮތުގައި ފެށުނު ކަންތައްތައް ކެންސަސްގެ ބޭބީ ސިޓަރަކާއި އޭނާގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބިރުވެރި ހުވަފެނަކަށް ބަދަލުވީ، ކުއްޖާ އެންމެ ބިރުގަންނަ ”މޮންސްޓަރ އަންޑަރ ދަ ބެޑް“ ވާހަކަ ހަގީގަތަކަށް ބަދަލުވުމުންނެވެ. ބާޓަން ކައުންޓީ ޝެރިފް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ހޯމަ ދުވަހުގެ ހަވީރު ގްރޭޓް ބެންޑް ސިޓީގެ ބޭރުގައި ހުރި ގެއެއްގައި ހަމަނުޖެހުމެއް ހިނގައިގެން ޑެޕިއުޓީން ވަނީ ހަރަކާތްތެރިވެފައެވެ.އާންމުކޮށް ނަން ހާމަނުކުރާ، ކުދިން ބެލުމަށް ގެއަށް އައިސް […]

ޓެރެރިސްޓް އިޒްރާއީލުގެ ހައްދެއްނެތް އަނިޔާ!

ތިރީގައި މިވަނީ ޓެރަރިސްޓް އިޒްރޭލު‏ން ހަލާކުކޮށްލި ފަލަސްޠީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކެވެ. ހަމައެކަނި މި ހުރިހާ ހޮސްޕިޓަލްތަކެއް ހަލާކު ކޮށްލީއެއް ނޫނެވެ. އެތައް ޑޮކްޓަރުންނާއި ނަރުހުންނަކާއި ޞިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށް ބައެއް ޑޮކްޓަރުން ހައްޔަރު ވެސް ކުރީއެވެ. އެހެން ނަމަވެސް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއް އިޒްރޭލުގެ ސިފައިންގެ ހޮސްޕިޓަލަކަށް އެރުމާއި ގުޅިގެން ހޮސްޕިޓަލްތަކަށް ހަމަލާދީ އާއްމުންނާއި ކުޑަކުދިންނާއި އަންހެނުންނާއި ބަލި މީހުންނަށް ހަމަލާ ދިންކަމަށް ބުނެ އިޒްރޭލުން ޕްރޮޕެގެންޑާ ކުރާއިރު، މިފަދަ ހުރިހައި ޖަރީމާތަކެއް […]

ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަގުފަހިކުރުމަށްޓަކައި އީރާނުން އެންޕީޓީއިން ވަކިވަނީ

ފާއިތުވެގެން މިދާ ހައެއްކަ ދުވަހުގެ ތެރޭގައި މުޅިދުނިޔޭގެ ލޯތައް އަމާޒުވެފައި ވަނީ އިސްރާއީލާއި އީރާނުގެ ހަނގުރާމައަށެވެ. އެހެންނަމަވެސް ދުނިޔޭގެ މަޝްހޫރު މީޑިއާތަކުން އެ ޚަބަރުތައް ފުރިހަމައަށް ގެނެސް ދިނުމަށް ސަމާލުކަން ދީފައެއް ނުވެއެވެ. މައުލޫމާތު ހާމަކުރުމުގެ މަގުތައްވެސް އޮތީ ހުޅުވިފައެއް ނޫނެވެ. އީރާނުގެ ހަމަލާތަކުގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން އޮތީ މަނާކޮށްފައެވެ. އީރާނަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ހާމަކުރާއިރު އިސްރާއީލަށް ލިބޭ ގެއްލުންތަކުގެ ކުޑަ މިންވަރެއްނަމަވެސް  ހުޅަނގުގެ މީޑިއާތަކުން ހާމަކުރުން އޮންނަނީ […]

އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށްފަހު އީރާނުން އިސްޖަހާލައިގެން އޮތީކީނޫން

ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓު އިޒްރޭލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ”ހިތަށް“ އަމާޒުކޮށް ދިން ވަރުގަދަ ހަމަލާ ތަކެއްގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް(އައިއާރްޖީސީ)ގެ ވެރިޔާ ހުސައިން ސަލާމީ އާއެކު އެތައް ޖެނެރަލުން އަދި އިސް ސައިންސްވެރިން ތަކެއް ޝަހީދު ކޮށްލާފައިވީ ނަމަވެސް އެމެރިކާއާއި އިޒްރޭލުން ހީކުރި ގޮތަށް އީރާނުން އިސްޖަހާލައިގެން ހިމޭނުން އޮތީކީނޫނެވެ. ހުކުރުވިލޭރޭ ފަތިހު އިޒްރޭލުން ދިންހަމަލާތަކަށް 12 ވަރަކަށް ގަޑިރުނުވަނީސް އީރާނުން ވަނީ އެތައްސަތޭކަ ޑްރޯން ބޭނުންކޮށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ.ހުކުރު […]

އިސްރާއީލުން ދިން ހަމަލާތަކާއި ގުޅިގެން އިރާނުންވެސް ރައްދު ހަމަލާތައް ދޭން ފަށައިފި

އިސްރާއީލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ”ހިތަށް“ އަމާޒުކޮށް ރޭ ފަތިހު ދިން ހަމަލާއާ ގުޅިގެން އިރާނުންވެސް ރައްދު ހަމަލާތައް ދޭން ފަށައިފިއެވެ. އިސްރާއީލުން ރޭ ފަތިހު އިރާނަށް ދިން ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްގެ ވެރިޔާ ހުސައިން ސަލާމީ އާއި ނިއުކްލިއަރ ސައިންސްވެރިންގެ ތެރެއިން ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަނީ 100 އަށްވުރެ ގިނަ ޑްރޯން […]