ތައިލެންޑްގެ ޑިޖިޓަލްނޯމަޑް ވިސާއަށް ބޮޑު ތަރުހީބެއް

ތައިލެންޑްގެ ޑިޖިޓަލް ނޮމަޑް ވިސާއަށް ފުރަތަމަ އަހަރު 35،000 ފަރާތަކުން ކުރިމަތިލައިފި އެވެ. ޑިޖިޓަލް ނޮމެޑްސްއަށް ހާއްސަކޮށް ތައިލެންޑްގެ ސަރުކާރުން ތައާރަފްކުރި އާ ލޯންގްސްޓޭ ވިސާ ކަމަށްވާ ޑެސްޓިނޭޝަން ތައިލެންޑް ވިސާ (ޑީޓީވީ) އަށް ފުރަތަމަ އަހަރު 35،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.މިއީ، ކޮވިޑް-19 އަށްފަހު ތައިލެންޑަށް ހިޖުރަކުރި ތައިލެންޑުގައި ދިރިއުޅެ، ރިމޯޓް ކޮށް މަސައްކަތްކުރާ މަސައްކަތްތެރީންނަށް ހާއްސަކޮށްގެން، އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވުމުގެ މަގުޞަދުގައި 15 ޖުލައި 2024 […]
އިސްރާއީލު ސަރުކާރުގައި ހިމެނޭ ދީނީ ޕާރޓީއަކުން ނަތަންޔާހޫއާއި ދުރަށް

މިލިޓްރީ ސަރވިސްގެ ދެބަސްވުމަކާ ގުޅިގެން އިސްރާއީލު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދީނީ ޕާރޓީއެއްގެ 6 މެމްބަރަކު ކޯލިޝަނުން ވަކިވެއްޖެއެވެ. ޔުނައިޓެޑް ޓޯރާހ ޖުޑައިޒަމް ޕާރޓިން ސަރުކާރުގެ ކޯލިޝަންގައި ބައިވެރިވުމުން ވަކިވުމުގެ ސިޓީ ޕާރލަމެންޓްރީ ކޮމިޓީ ތަކަށާއި އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް މިހާރު ވަނީ ރައްދު ކޮށްފައެވެ. އެ ޕާރޓީގެ މެމްބަރުން ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހުނު ސަބަބަކީ ޔަހޫދީންގެ އޮތޯޑޮކްސް މަޒުހަބަށް ނިސްބަތް ކުރެވޭ ކިޔަވާކުދިން މިލިޓްރީ ޚިދުމަތުން އިސްތިސްނާކުރަން ގާނޫނަށް ގެންނަން ބޭނުންވި އިސްލާހް […]
އެންމެ އުމުރުން ދުވަސްވީ މެރަތަން ދުވުންތެރިޔާ މަގުމަތީގެ އެކްސީޑެންޓެއްގައި މަރުވެއްޖެ

އެންމެ އުމުރުވަސްވީ މެރަތަން ދުވުންތެރިޔާކަމަށް ބެލެވޭ، އުމުރުން 114 އަހަރުގެ ފައުޖާ ސިންގް ގައިގައި ކާރަކުން ޖެހި ހިނގި އެކްސީޑެންޓެއްގައި އޭނާ މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފައުޖާ ސިންގް ގައިގައި ކާރަކުން ޖެހި ހިނގި އެކްސީޑެންޓަށް ފަހު ހިސާބުގަނޑުގައި ތިބި މީހުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ. ފުލުހުން މިހާރު ދަނީ ފައުޖާ ސިންގް ގައިގައި ޖެއްސި ކާރު ހޯދަމުން ކަމަށް ޚަބަރު ލިބެއެވެ.އިންޑިޔާ ގެ ޕަންޖާބަށް އުފަން ފައުޖާސިންގ ވަނީ […]
އިސްރާއީލާއި ދޭތެރޭ އަޅާނެ ފިޔަވަޅަކާ ދޭތެރޭ 20 ގައުމަކުން މަޝްވަރާއަށް

އިސްރާއީލާ ދޭތެރޭ އަޅާނެ ފިޔަވަޅަކާބެހޭގޮތުން މިއަންނަ ހަފުތާގައި ކޮލަމްބިއާގެ ބޮގޯޓާގައި ބޭއްވޭ ’ދަ ހޭގު ގުރޫޕުގެ‘ ކުއްލި ބައްދަލުކުރުމުގައި ސްޕޭނާއި އަދި އަޔަރލޭންޑުން ބައިވާނެކަން ހާމަކޮށްފިއެވެ. އަދި ތުރުކީއާއި ޕޯޗުގަލް އާއި ޗައިނާއާއި ގަތަރު ހިމެނޭ ގޮތުގައި އިތުރު 20 ގައުމަކުންވެސް ބައިވެރިވާނެކަން ވަނީ ހާމަކޮށްފައެވެ. ޔޫ އެން ގެ ފަރާތުން އިންސާނީ ހައްގުތަކާބެހޭ ޚައްސަ ރަޕޯޓެއަރުންކަމުގައިވާ ފްރާންސިސްކާ އަލްބާނީސް އާއި ފިލިޕް ލަޒަރްނީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެ އިތުރުން ޔޫ އެން ގެ ސިއްހަތާބެހޭ ޚާއްސަ […]
އިޒްރޭލުގެ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ

އިޒްރޭލުގެ ނެޝަނަލް އިންޓެލިޖަންސް އޭޖެންސީ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި، ތަންތަން ގޮއްވާލަން ބޭނުންކުރާ ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ ކަމަށް އީރާނުގެ އިންޓެލިޖަންސް އިދާރާއިން ޚަބަރުދީފިއެވެ. ވެރިރަށް ތެހެރާންގައި ސިއްރުން ހިންގަމުން އައި ޑްރޯން އުފައްދާ ފެސިލިޓީ ފުލުހުން ރެއިޑްކުރިއިރު ހައިޓެކް ޑްރޯން އުފެއްދުމަށް ބޭނުންކުރާ ގިނަ އަދެއްގެ ބައިތައް ފެނި އަތުލާފައިވެއެވެ. މީގެ އިތުރުން އެތަން ހިންގުމުމަށް އެހީތެރިވެދިންކަމަށް ތުހުމަތު ކުރެވޭ އެތައްބަޔަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ޖޫންމަހު […]
ސީ އޮފް އޮމާންގެ ފެން އިސްފަހާނާހަމަޔަށް

ސީ އޮފް އޮމާނުގެ ފެން މެދުތެރޭ އިސްފަހާނާ ހަމަޔަށް ގެނައުމަށްޓަކައި އަޅަމުންގެންދާ ޕައިޕްލައިންގެ މަސައްކަތުގެ ފުރަތަމަ ފޭސް ފުރިހަމަ ކުރެވިއްޖެކަމަށް އެ ސަރަހައްދުގެ ގަވަރނަރ ޖަމާލް ނެޖާދު ހާމަކުރައްވައިފިއެވެ. ސީއޮފް އޮމާނުގެ ލޮނު ފެނަށްހަދައިގެން އީރާނުގެ އިރުދެކުނު ސަރަހައްދުގެ އިސްފަހާންގެ އިންޑަސްޓްރިއަލް ކަސްޓަމަރުން ބޭނުންކުރުމަށްޓަކައި އަޅަންޖެހޭ 800 ކިލޯމީޓަރގެ ޕައިޕްލައިންގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައިކަމަށް އެމަނިކުފާނު މިދިޔަ އަންގާރަ ދުވަހު އިއުލާންކުރެއްވިއެވެ. އަދި ޕަމްޕް ކުރާ ސްޓޭޝަންތަކާއި ސްޓޯރޭޖް ތާންގީ ތަކާއި އެހެނިހެން ވަސީލަތްތައްވެސް މިހާރު […]
ގާނޫނުތަކަކީ ނިކަމެތިން ބަނދެގެން ގެންގުޅެން ބޭނުންކުރާ ވާގަނޑެއް ބާވައެވެ!

އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އަކީ ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައިވާ މީހެއްކަން ކަނޑައަޅައި އޭނާ ހައްޔަރުކުރުމަށް ބައިނަލް އަގްވާމީ ޖިނާއީ އަދާލަތުގެ ކޯރޓުން ހުކުމް ކޮށްފައިވަނިކޮށް ރޯމް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރަންސޭސި ވިލާތާއި އިޓަލީއާއި އަދި ގްރީކުން އެކޯރޓުގެ އަމުރާ ޚިލާފަށް ނަތަންޔާހޫ ދަތުރުކުރި ފްލައިޓް އެ 3 ގައުމުގެ ވައިގެ ސަރަހައްދު ހުރަސްކުރުމަށް ހުއްދަދިނުން ކުއްވެރި ކުރައްވައި ޔުނައިޓެޑް ނޭޝަންސްގެ އިންސާނީ ހައްގުތަކާބެހޭ ޚާއްސަ ރަޕޯރޓެއަރ ފްރާންސިސްކާ އަލްބާނީސް މީޑިއާގައި ޕޯސްޓް ކޮށްފިއެވެ. ނަތަންޔާހޫ އެމެރިކާއަށް […]
ސައުދީ އަރަބިއްޔާ އާއި ރަޝިޔާއާއި ދެމެދު މައިނިން އަދި ފާމަސިއުޓިކަލްސްގެ ބޮޑެތި އިންވެސްޓްމަންޓް ޕާރޓްނަޝިޕްތަކެއް!

ސައުދީ އަރަބިއްޔާ އާއި ރަޝިޔާއިން މައިނިން އަދި ބޭސްވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓް ޕާޓްނަޝިޕްތަކެއް ގާއިމްކުރުމުގެ މަޝްވަރާތަކެއް ކުރަމުންގެންދާކަން އިތުބާރުހުރި މަސްދަރުތަކުން ހާމަވެއްޖެއެވެ. މި ހަފްތާގެ ކުރީކޮޅު ފެށި މި މަޝްވަރާތަކަކީ، ސައުދީ އަރަބިއްޔާގެ ވިޝަން 2030 ގެ އަމާޒުތަކުގެ ތެރެއިން، ތެލުގެ ބާޒާރުގެ ބޭރުން އިގްތިސާދު ފުޅާކުރުމުގެ އަމާޒު ހާސިލްކުރުމުގެ ބައެކެވެ.މިގޮތުން، ރަޝިޔާއިން، ރަނާއި ފޮސްފޭޓް ހިމެނޭގޮތަށް، ސައުދީ އަރަބިއްޔާގެ މަޢުދަނީ ވަސީލަތްތަކަށް އިންވެސްޓްކުރާއިރު، ޓެކްނޮލޮޖީގެ ތަޖުރިބާ ފޯރުކޮށްދޭނެއެވެ. އަދި ބަދަލުގައި ސައުދީގެ އަމާޒަކީ ކެޕިޓަލް […]
”ސްކޭމް ކޯލް“ ސެންޓަރެއްގައި މަސައްކަތް ކުރަމުންދިޔަ 149 މީހުން ފުލުހުން ހައްޔަރު ކޮށްފި

ޕާކިސްތާންގެ ފައިސަލްއާބާދުގައި ހިންގަމުންގެންދިޔަ ސްކޭމް ކޯލް ސެންޓަރެއް އެގައުމުގެ ފުލުހުން ރެއިޑްކޮށް 149 މީހުން ހައްޔަރު ކޮށްފިއެވެ. ޕާކިސްތާންގެ ނެޝަނަލް ސައިބާކްރައިމް އިންވެސްޓިގޭޝަން އޭޖެންސީ އިން ބުނި ގޮތުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ އެސެންޓަރާބެހޭގޮތުން ލިބުނު އިންޓެލިޖަންސް މައުލޫމާތަކާ ގުޅިގެން ކަމުގައެވެ.ފައިސަލްއާބާދުގައި ހިންގަމުންގެންދިޔަ ސްކޭމް ކޯލް ސެންޓަރުން ކުރަމުން ގެންދިޔައީ ޕޮންޒީ ސްކީމް ތަކުގައި މީހުން ޖައްސާ ހީލަތްތެރިކަމާއެކު ބޮޑެތި އަދަދު ތަކުން ފައިސާ އަތުލުމުގެ މަސައްކަތް ކަމަށް ޚަބަރުތައް ބުނެއެވެ.ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ޕާކިސްތާންގެ 78 […]
އިއްޔެ ހޫތީންގެ އަމާޒަކަށްވީ ބަލްކް ކެރިއަރ އެމް.ވީ. އެޓަރނިޓީ ސީ

ހޫތީ މުޖާހިދުންގެ ޑްރޯނަކާއި ސްޕީޑް ބޯޓަކުން ދިން ހަމަލާ ލައިބީރިޔާ ދިދައިގާ ދުއްވާ ގްރީކުގެ ބަލްކް ކެރިއަރ އެމް ވީ އެޓަރނިޓީ ސީ އަށް އަމާޒުވެ 4 ފަޅުވެރިން މަރުވެފައިވާކަމަށް ރިޕޯރޓް ކޮށްފިއެވެ. އެ ބޯޓަށް ކުރޫޒް މިސައިލުންނާއި ބެލިސްޓިކް މިސައިލުން ހަމަލާދީ އެ ބޯޓު ރެޑް ސީގެތެރެއަށް ފައްތާލާފައިވާނެ ކަމަށް ހޫތީ މުޖާހިދުންގެ ފަރާތުން ޔަހްޔާ ސަރާއީ އިއްޔެ މެންދުރުފަހުން ހާމަކޮށްފައި ވެއެވެ. އެމްވީ އެޓަރނިޓީ ސީ އަކީ 2012 ވަނައަހަރު ދެކުނު ކޮރެއާގައި ބަނދެފައިވާ […]