އުމްރާ ވެރިން ގަވާއިދުން ފުރަމުން ދޭތޯ ސައޫދީ ސަރުކާރުން ޔަގީން ކުރަން ފަށައިފި

ސައޫދީއަރަބިއްޔާ އަށް މިހާރު ގޮސްތިބި އުމްރާވެރިން، ހަމަޖެހިފައިވާ ގޮތަށް ފުރަމުން ދޭތޯ ބެލުމުގެ މަސައްކަތް ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ފަށައިފިއެވެ. މިގޮތުން ހުރިހާ އުމްރާވެރިންވެސް އެމީހުންގެ ދަތުރު ހަމަޖައްސާދިން ކުންފުނިތަކާ ގުޅައިގެން ދަތުރުގެ ޝެޑިއުލްތައް ޔަގީން ކޮށް،އަދި އެކޮމޮޑޭޝަން ހަމަޖެއްސި ތަންތަނުން ނިކުތުމަށް އަންގާފައިވާ އެންގުންތަކަށް ސަމާލުކަން ދިނުމަށް ދަނީ އަންގަމުންނެވެ.ހުރިހާ އުމްރާވެރިންވެސް މަގުމަތީގެ ޓްރެފިކް އަށްވެސް ލުޔެއް ދިނުމުގެ ގޮތުން ފުރާގަޑީގެ މަދުވެގެން 4ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ދަނީ އަންގަމުންނެވެ.ސައޫދީ ހައްޖު […]
އެފް-35 މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓަކަށް އީރާނުން ދިން ހަމަލާ އަމާޒުވުން ބޮޑުކަމެއް

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގާ އީރާނުގެ ވައިގެ ލަޝްކަރުތަކާއި ވަސީލަތްތައް އޮންނާނީ ބިމާ ހަމަކޮށްލާފައިކަން އެމެރިކާގެ ދިފާއީ ވަޒީރު ޕީތް ހެގްސެތު އިއުލާން ކޮށްފައިވަނިކޮށް އެމެރިކާގެ 5 ވަނަ ޖެނެރޭޝަނަށް ނިސްބަތްކުރެވޭ 35-އެފް މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓަކަށް އީރާނުގެ ހަމަލާ އަމާޒުވެ ކުއްލި ހާލަތުގައި ޖައްސަން މަޖުބޫރު ކުރުވައިފިއެވެ. މިއީ އެންމެ ފަހުގެ ދިފާއީ ރާޑަރަށާއި ފާރަލުމުގެ އެހެނިހެން ވަސީލަތްތަކުގެ ލޮލަށް ނުފެންނަގޮތަށް ފަރުމާކޮށްފައިވާ އަދި އެއިން ފައިޓަރޖެޓެއްގެ އަގު 100 މިލިއަން އެމެރިކާޑޮލަރަށް […]
އިސްްފަހާނުގެ ޔުރޭނިއަމް ފައްކާކޮށްފައިވާ ސަރަހައްދުގައި ހުރީ ބިޔަ ބޮޑު ލޯވަޅެއް

އީރާނުގެ އިސްފަހާނުގެ ބިންގަރާހެއްގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ޔުރޭނިއަމް ފައްކާކުރަމުންގެންދާ ސަރަހައްދެއްކަމަށް ތުހުމަތުކޮށް މި ދިޔައަހަރު ޖޫންމަހު އެމެރިކާގެ ބަންކަރބަސްޓަރ ތަކުން ހަމަލާދިން ތަނުގައިހުރީ ބިޔަ ބޮޑު ލޯވަޅެއްކަން އައި އީ އޭއީ އިން ހާމަކޮށްފިއެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ވަރަށް ކައިރިއަށް ޔުރޭނިއަމް ފައްކާކޮށް އިސްފަހާނުގެ ބިންގަރާހެއްގައި ރައްކާ ކޮށްފައި ހުރިކަމަށް ޔުނައިޓެޑް ނޭޝަންސްގެ ހަކަތައާއި ބެހޭ ވޮޗް ޑޯގް މީގެކުރިން ވަނީ ދުނިޔެއަށް ހާމަކޮށްފައެވެ. އަދި މިދިޔައަހަރުގެ ޖޫންމަހު އެމެރިކާ އާއި އިސްރާއީލުން […]
ގައުމުތަކުން ގަނެފައިވާ އީރާނުގެ ތެޔޮ އެ ގައުމުތަކަށް އެތެރެކުރަން އެމެރިކާ ހުއްދަ ދެނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަފެށުމުގެ ކުރިން އީރާނުން ގަނެފައިވާ ތެޔޮ ބަރުކޮށްފައިވާ ގިނައަދަދެއްގެ ތެޔޮ ޓޭންކަރތައް އެމެރިކާއިން އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކަށް ބިރުން މާ ކަނޑުމެދުގައި ދުއްވާލަ ދުއްވާލައޮތުން ވަގުތީގޮތުން ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދެއް އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ސްކޮޓް ބެސެންޓް ދީފިއެވެ. އެ ޓޭންކަރުތަކުގައި ހުރި 140 މިލިއަން ފީފާގެ ތެޔޮ ލިބެންވާ ގައުމުތަކަށް ގެންދިއުން ހުއްދަކުރަން ގަސްދުކޮށްފައިވާކަމަށް އެމެރިކާގެ ޚާޒާނާއާ ބެހޭ ވަޒީރު ސްކޮޓް ބެސެންޓް އިއުލާން ކޮށްފިކަމަށާއި އެ ނިންމުމަކީ ޚޮރްމުޒް […]
ްހަނގުރާމައިގާ ލިބެމުންދާ ބައެއް ގެއްލުންތައް ތަޖްރިބާކާރުން ދެކިވަޑައިގަންނަވާގޮތް

މި މާރޗް މަހުގެ 10 ވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކަށް ހަވާލާދީ އަލް ޖަޒީރާއިން ބުނެފިއެވެ. ނަތަންޔާހޫ މަރާލާފައިވާކަމަށް މީޑިއާތަކުގައި ތުންތުންމަތިން ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް އޭނާ ދުނިޔޭގައިހުރިކަން ދެއްކުމަށްޓަކައި އެކިސިފަސިފައިގާ ނަތަންޔާހޫގެ ފޮޓޯތަކާއި އިންޓަރވިއުތައް އިސްރާއީލާ ގުޅުންހުރި މީޑިއާތަކުން ގެންދަނީ އަދިވެސް ހާމަކުރަމުންނެވެ. އިސްރާއީލުގައި ވަގުތީ ބޮޑު ވަޒީރެއް އައްޔަންކޮށްފައިވާ ކަމުގެ ޚަބަރުތަކެއްވެސް މިހާރު މީޑިއާގައި ދައުރު ވަމުން […]
އަހަރެން މަރެއް ނުވޭ، އަދި އަހަރުމެން އީރާން މުޅިން ”ޗަސް“ ކޮށްލާނަން: ނަތަންޔާހޫ

އޭނާ މަރުނުވެ އަދި ދުނިޔޭގައި އެބަހުރި ކަމަށާ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އީރާން މުޅިން ޗަސް ވަންދެން ހަމަލާ ދޭނެ ކަމުގައި އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ ކަމަށް ވިއޯން ޗެނެލުން ބުނެފިއެވެ. ނަތަންޔާހޫ މިހެން ވިދާޅުވި ކަމަށްވަނީ ބުރާސްފަތިދުވަހު ޖެރޫސަލަމް ގައި ހުންނަ އިޒްރޭލް ސަރުކާރުގެ ޕްރެސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކަމަށް ވެއެވެ.ނަތަންޔާހޫ ވިދާޅުވި ކަމަށް އެނޫހުން ބުނެފައިވާ ގޮތުގައި ހަނގުރާމަޔަށް 20 ދުވަސްވީއިރު އީރާނުގެ ކިބައިން ޔުރޭނިއަމް ފައްކާކުރުމުގެ ބާރުވެސް […]
މެދުއިރުމަތީގެ ހަނގުރާމައިގެ ބައެއް އުސްއަލިތަކާއެކު އެނަލިސްޓުންގެ އިންޒާރު

ހޮރްމުޒް ކަނޑުއޮޅިއަކީ ހަމައެކަނި ކަނޑުދަތުރުފަތުރަށް މުހިންމު ކަނޑުއޮޅިއެކޭ ބުނެފައި ހުއްޓައެއް ނުލެވޭނެއެވެ. އެއީ ދުނިޔޭގެ އިގްތިސާދު ދެމިއޮތުން އޭގެ މައްޗަށް ބުރަވެފާއޮތުން ލާޒިމްކުރުވާ ހަމައެކަނި ލޭނާރުކަމަށް ބުނެވިދާނެއެވެ. ކަނޑުދަތުރުފަތުރާ ގުޅުންނެތި އެއްވެސް ގައުމެއްގެ ރައްޔިތުންގެ އަތް އަނގަޔާ ހަމަޔަށް ނުފޯރާނެއެވެ. މިއީ ގަބޫލުކުރަން މަޖުބޫރު ހަގީގަތެއްކަމަށް މިއަދުގެ މީޑިއާތަކުން ކެނޑިނޭޅި ގޮވަމުން އެބަދާކަން ފާހަގަ ކުރެވެއެވެ.މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ކަންކޮޅުތަކަށް ބޭނުންވާ ތެލާއި ގޭހާއި އެހެނިހެން ބާވަތްތަކުގެ މުދާ ފޯރުކޮށްދިނުމަށްޓަކައި ސުޕަރ ޓޭންކަރު […]
އެމެރިކާއާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މައި މަރުކަޒު ފޯޅަވައްސަށް

މެދުއިރުމަތީގެ ޖިއޯޕޮލިޓިކްސް އާއި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައާއި އީރާނުގެ ދިފާއު އަދި މެދުއިރުމަތީގެ ގައުމުތަކާ އެމެރިކާގެ ގުޅުން ދިރާސާ ކުރައްވާ ބޭފުޅުންގެ ތަސައްވުރުގެ މުހިންމުބައިތައް މިހިސާބުން ކިއުންތެރިންގެ މައުލޫމާތަށްޓަކައި ގެނެސްދޭނަމެވެ. ގައުމުތަކުގެ ބިމުގައި މިލިޓްރީ ބޭސްތައް ގާއިމް ކުރަން ހުއްދަދެނީ އެގައުމުތައް ދިފާއުކޮށްދޭނެ ކަމުގެ އުންމީދުގައެވެ. އެ ގައުމުތަކުގެ ބިން ބޭނުންކޮށްގެން އެހެންގައުމުތަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭކަށްނޫނެވެ.އަރަބިގައުމުތަކުގައި އެމެރިކާގެ މިލިޓްރީ ބޭސްތައް ގާއިމު ކުރުމުގެ ހުއްދަ ދީފައިވަނީވެސް ބާރުގަދަ އެހެން ގައުމުތަކުގެ އުނދަގުލުން […]
އަފްޣާނިސްތާންގެ ހޮސްޕިޓަލަކަށް ދެވުނު ހަމަލާއެއްގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ، ޑްރަގް ފަރުވާދޭ ހޮސްޕިޓަލަކަށް ދެވުނު ވައިގެ ހަމަލާއެއްގައި އެތައް ސަތޭކަ މީހުން މަރުވެފައިވާކަމަށް ޚަބަރުލިބެއެވެ. އަފްޣާނިސްތާނުން ބުނަނީ ހަމަލާދީފައިވަނީ ޕާކިސްތާނުން ކަމުގައެވެ.ސަރުކާރުގެ ތަރުޖަމާނު އެކްސްގައި ލިޔަމުން ބުނެފައިވަނީ ހަމަލާދީފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.އަދި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު،ހަމައެހާގިނަމީހުން ޒަޚަމްވެސް ވެފައިވާ ކަމަށް އަފްޣާނިސްތާން ސަރުކާރުން ބުނެފައި ވެއެވެ.ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ ހޮސްޕިޓަލަށް ހަމަލާދިންކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ.އަދި އެގައުމުން ހަމަލާދިނީ މިލިޓަރީ ތަންތަނަށާ […]
ކެންޔާއަށް މޫސުން ގޯސްވެ ފެން ބޮޑުވުމުގެ ސަބަބުން 66 މީހުން މަރުވެއްޖެ

ކެންޔާއަށް މޫސުން ގޯސްވެ ބޮޑެތި ހިސާބު ތަކެއްގައި ފެންބޮޑުވެ ހިނގި ތަފާތު ހާދިސާތަކުގައި މަދުވެގެން 66 މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. އެ ގައުމުގެ އެކި ހިސާބުތަކަށް މޫސުންގޯސްވެ ވާރޭ ވެހެމުން ދާތާ ހަފްތާއެއްހާދުވަސްވަނީ ވެފައެވެ.ވެރިރަށް ނައިރޯބީ އަށް އާދީއްތަދުވަހުގެ ރޭވެސް ބޯކޮން ވާރޭވެހިފައިވީނަމަވެސް އިތުރު މީހަކު މަރުވެފައި ނުވާކަމަށް ވެއެވެ.ފެންގަނޑުބޮޑުވެ މިނީ ބަހެއް ކުރިޔަށް ނުދެވި ހުއްޓިފައިވަނިކޮން އޭގައި ތިބި 11 މީހުން ނާއި ފެންބޮޑުވި ގެއެއްގައި ތިބި ކުޑަދެކުދިން ސަލާމަތް ކޮށްދީފައިވާ ކަމަށް ކެންޔާގެ […]