ޓްރަމްޕް ދިން 48 ގަޑިއިރުގެ ”ޑެޑްލައިން“ އަށް އީރާނުން ފުރަތަމަ ފަހަރަށް ރައްދެއްދީފި

އީރާނަށް ގޮތެއް ނިންމަން މިދެނީ 48 ގަޑިއިރު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވުމާއި ގުޅިގެން އީރާނުން ރައްދު ދީފިއެވެ. ފުރަތަމަ ފަހަރަށް ޖަވާބު ދެމުން އީރާނުން ބުނެފައިވަނީ ޓްރަމްޕްގެ އެ ބުނުމުން ހާމަވަނީ އެމެރިކާއަށް މިހާރު ގޮތް ހުސްވެފައިވާ ކަން، ކަމުގައެވެ. އީރާންގެ ސެންޓްރަލް މިލިޓަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި އީރާނުން ބުނެފައިވަނީ ބިރުދެއްކުމުގެ އިންޒާރު ބަލައި ނުގަންނަ ކަމުގައެވެ.ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ ސުލްހައިގެ އެއްބަސްވުމަކަށް ގޮސް ހޮރްމޫސް ކަންޑުއޮޅި […]
އީރާނުން ހަނގުރާމަކުރަނީ ދިރިދެމިތިބުމަށްޓަކައެވެ. އެކަމުގައި ފަހަތަށް ނުޖެހޭނެއެވެ.

އީރާނުގެ ޚަރްގް ޖަޒީރާގެ ތެޔޮ ވަޅުތަކަށް ލޯއަޅައިގެން ހުންނަވާ އެއްގަމު މަގުން އެ ޖަޒީރާއަށް އަރާގަތުމަށްޓަކައި އެމެރިކާގެ ރައީސް ގެންދަވަނީ ގަލްފް ސަރަހައްދަށް އެމެރިކާގެ ސިފައިން ޖަމާކުރަމުންނެވެ. އީރާނުގެ ސާފު ނުކުރާ ތެލުގެ ބޮޑު ހިއްސާއެއް އެކްސްޕޯރޓް ކުރެވެނީ ޚަރްގް ޖަޒީރާތެރެއިން ލާފައެވެ. އަދި އީރާނުން ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނަމަ އެމެރިކާގެ ހޫނު ހަމަލާތަކެއްގެ ވާރޭ އީރާނުގެ މައްޗަށް ވެހިގަންނަން ފަށާނެކަމަށް ވެސް ރައީސް ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ. ޚަރްގް ޖަޒީރާއަކީ އީރާނުގެ އިގްތިސާދުގެ […]
އީރާނުން އެމެރިކާގެ 500 މިލިއަން ޑޮލަރުގެ ހަނގުރާމަމަތީ ލޭނާރު ބުރިކޮށްލައިފި

މިހާތަނަށް އެމެރިކާގެ މިލިޓްރީ ކޮމާންޑަރުން އެތައް ސަތޭކަ މޭލެއްގެ ދުރުން އެއްގަމާއި ޖައްވުތެރޭގައި ހިނގާ ހަރަކާތްތަކަށް ފާރަލުމަށް ބޭނުންކުރި އެގައުމުގެ މިލިޓްރީ ތާޖުގެ ޖަވާހިރު އެހެން ގޮތަކަށް ބުނާނަމަ 500 މިލިއަން ޑޮލަރުގެ އަގުބޮޑު “ އުދުހޭ ހަނގުރާމައިގެ މައިދާން “ އީ-3 ސެންޓްރީ އެއާރކްރާފްޓް ސައޫދީ އެރޭބިއާގެ ޕްރިންސް ސުލްތާން އެއާރބޭސްގެ ރަންވޭގައި މިއަދު ފެންނަން އެ އޮތީ ފިޔަތައް އުފުރާލައި ބަނޑުފަޅާލާފައިއޮތް ބިޔަ ދޫންޏެއްގެ ސިފައިގައެވެ. ހަތަރު އިންޖީނު ލާފައިހުރި ޔޫ އެސް އެއާރފޯސްގެ […]
އެމެެރިކާ ސިފައިން އެއްގަމު މަގުން އީރާނަށް އަރާނެކަމުގެ އިންތިޒާރުގައި 45 އަހަރު

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އީރާނަށާއި އިސްރާއީލަށް އަދި މެދުއިރުމަތީގައި ހިމެނޭ އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާއި ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުން އުފުލަން ޖައްސާފައި ބިރުވެރި ނާމާންކަން މިވަނީ އިންތިހާއަށް ގޮސްފައެވެ. ހަނގުރާމައާގުޅޭގޮތުން މީޑިއާތަކަށް ފޯރުކޮށްދެނީ ބޭނުން ކުލައެއް ޖައްސާފައި ހުންނަ މައުލޫމާތު ތަކެކެވެ. އަދި މީޑިއާތަކުން ގެންދަނީ އެމީހުން ބޭނުންވަރަކަށް އެ ކުލަތައް ގަދަކުރަމުންނެވެ.ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ ރައީސް އަދި ދިފާއީ ވަޒީރާއި ޕެންޓަގަންގެ ވާހަކަތައްވެސް ދިމާލެއް […]
ޑިޕްލޯމެޓިކް ސުޕަރ ސްޓާރ އައްބާސް އަރާގްޗީގެ ކުރު ޚުލާސާއެއް

އީރާނުގެ ނިއުކްލިއަރ މަޝްރޫއުގައި އެމެރިކާއާއެކު އީރާނ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެ ގައުމުގެ ޚާރޖީ ވަޒީރު އައްބާސް އަރާގްޗީ އެ މަޝްވަރާތަކުގައި އީރާނު ތަމްސީލު ކުރައްވަމުން ގެންދެވި ސިޔާސަތުގެ ފުރިހަމަކަމާއި އަދި މިހާރު އެމެރިކާއާއި އިސްރާއީލުން އީރާނާދެކޮޅަށް ހިންގަމުންގެންދާ ހަނގުރާމައިގެ ސިޔާސަތުތައް ބައިނަލް އަގްވާމީ ގޮތުން ހާމަކުރެއްވުމުގައި ބޭނުންކުރައްވަމުން ގެންދަވާ ޚާރިޖީ ސިޔާސަތުގެ މަޑުމައިތިރި ބަސްމަގު ފާހަގަކޮށް ސިޔާސީ މައިދާން ދުނިޔެއަށް ހާމަކޮށްދޭ ތަޖުރިބާކާރު އެނަލިސްޓުން އެމަނިކުފާނަށް ޑިޕްލޯމެޓިކް ސުޕަރ ސްޓާރގެ ނަމުން މުޚާތަބު ކުރަން […]
އިރާގުން އީރާނާ އެއްކޮޅަށް ތެދުވެ އެމެރިކާގެ ރައްޔިތުން އިރާގުން ފޭބުމަށް އަމުރުކޮށްފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ހަގީގަތް ދެނެގަތުމަށްޓަކައި ބައިނަލްއަގްވާމީ މީޑިއާ ތަކުން ދައްކާ ވީޑިއޯތަކާއި ހާމަކުރާ މައުލޫމާތުގެ މައްޗަށް ބުރަވުމުގެ ކުރިން ވަކިފަރާތަކަށްނުޖެހޭ ތަޖްރިބާކާރު އެނަލިސްޓުން އެ ހަނގުރާމަ ހިނގަމުންދާ ގޮތާއި އަދި ކުރިމަގު ލަފާކުރެވޭގޮތާ ދޭތެރޭ ދެއްވަމުންގެންދަވާ ޚިޔާލުތައް އަޑުއަހާލުން ރަނގަޅުވާނެއެވެ. ސަންދާނުގެ ކިއުންތެރިންނަށް މި ގެނެސްދެނީ މި މައުޟޫއުގައި ފޯރަމް ރިޕޯރޓުގެ ބައެއް އުސްއަލިތަކެވެ.އިރާގާ ދެކޮޅަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން 2011 ވަނައަހަރު ކުރި ހަނގުރާމައިގާ އެގައުމު ސުންނާފަތިކޮށްލައި އެތައް މިލިއަން […]
އަހަރެމެންނަކީ އަވަށްޓެރިންނެވެ. އެގޮތުގައި ތިބުމަށް މަގުހޯދާނަމެވެ.

މެދުއިރުމަތީގެ އަރަބި ގައުމުތައް އެމެރިކާއިން އަޅުވެތިކޮށްފައިވާ މިންވަރު މިހާރު ދަނީ ފެންނަމުންނެވެ. އެމެރިކާގެ މަގްސަދާއި އަމާޒުކޮށްފައިވާ ލަނޑުދަނޑި އެ ގައުމުތަކުގެ އާންމު ރައްޔިތުންނާއި ވެރިކަމުގެ ފަރާތަށް ރަނގަޅަށް އެނގި ހާމަވެފައިވާއިރުވެސް އިސް އުފުލާލާފައި އެމެރިކާއާ ދިމާލަށް ނޫނެކޭ ބުނަން ޖެހިލުންވާކަހަލައެވެ. ދާދިފަހުން މީޑިއާއަށް ލީކުވެފައިވާ ވީޑިއޯއެއްގައި ގަތަރުގެ ޚާރިޖީ ވަޒީރު މަޖީދު އަލް އަންސާރީ ވިދާޅުވިކަމަށް ބުނެފައިވެއެވެ. ”އަހަރެމެން އަވައްޓެރި ގައުމުތަކެއްގެ ގޮތުގައި ދިރިދެމިތިބޭތާ ޒަމާންތަކެއް ވެއްޖެއެވެ. ކުރިއަށް އޮތް ތަނުގައިވެސް އަހަރެމެން ދެމިތިބޭނީ އެގޮތުގައެވެ. އެކަމަށް […]
ނޭޕާލުގައި ސަރުކާރާދެކޮޅަށް ކުރެވުނު މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައިވާތީ ކުރީގެ ބޮޑުވަޒީރު ހައްޔަރު ކޮށްފި

2025ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލުގައި ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކުގައި ސަރުކާރު ސިފައިން ނަހަމަ ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް އަނިޔާވި މައްސަލައިގައި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. ހޮނިހިރު ދުވަހު ހެނދުނު އޮލީ ހައްޔަރު ކުރުމުގެ ކުރިން، އާންމު އުސޫލުގެ މަތިންވަނީ ހޮސްޕިޓަލަށް ގެންގޮސް ފުލް ޗެކްއަޕްއެއްހަދާ އަދި ޓެސްޓް ތައް ވަނީ ހަދާފައެވެ.ސަރުކާރާ ދެކޮޅަށް މިދިޔަ […]
މަރުުގެ ކުރިމަތިން އިސްރާއީލުގެ ސިފައިން ހިޔަނިތަކަށްވެސް ފިލައިގެން ނުދެވޭނެއެވެ.

ބައިނަލް އަގްވާމީ ބޮޑެތި މީޑިއާތަކުގައި މިއަދު އެންމެބޮޑަށް ފާހަގަކުރަމުންގެންދަނީ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއްދިން ޚަބަރެވެ. އޭގެ ރައްދުގައި އީރާނުން އިސްރާއީލުގެ ބެންގޫރިއަން އެއާރޕޯރޓް ގޮއްވާލައި އަދި ނޭސިއޯނާ ސަރަހައްދުގައިހުރި އެގައުމުގެ ސިއްރު ބައޯވެބް އެއްކޮށް ބިމާހަމަކޮށްލި ޚަބަރު އާންމުކުރާކަށް ބޭނުމެއް ނުވެއެވެ. މީޑިއާއަށް ތިލަ ވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކަށް ބަލާއިރު އެތަނަށް ލިބިފައިވާގެއްލުން ހިތަށްވެސް ވަޒަން ނުކުރެވޭނެކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ވުރެން އިސްރާއީލަށް އެގައުމުގެ ސިއްރު […]
އީރާނާ ދެކޮޅަށް ހަނގުރާމަކުރަނީ ގްރޭޓަރ އިސްރާއީލަށް މަގުފަހިކޮށްދިނުމަށް

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ބޭނުމަކީ މެދުއިރުމަތީގެ ގައުމުތަކުގެ މުއްސަނދިކަން އެހެން ބަޔަކު ފޭރިގަތުމަށް މަގުތަނަވަސްކުރުން ކަމަށާއި މި ހަނގުރާމައިގާ ގަލްފުގެ ގައުމުތަކަށް އޮތީ ގެއްލުމާއި އަދިވެސް ގެއްލުންކަން ގަލްފް ކޯޕަރޭޓިވް ކައުންސިލްގެ މެމްބަރުންނަށް ގަތަރުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމް އަލްސާނީ އިންޒާރު ދެއްވި ޚަބަރު މީޑިއާތަކުން ރަތް ސުރުޚީގެ ގޮތުގައި ފާހަގަ ކުރަމުން އެބަ ގެންދެއެވެ. އެމަނިކުފާނުގެ އިންޒާރުގައި ވިދާޅުވެފައިވަނީ ހަނގުރާމައިގެ ވަކި ހިސާބަކުން އެމެރިކާ އެއްފަރާތަށް […]