އެޗްޑީސީން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރަން އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ލޯންޗުކޮށްފި

އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ޚިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވި ”ސޭފާ ހުޅުމާލެ“ގަ އެވެ. ރޭ ފަރުކޮޅުފުށީގައި ސޭފާ ހުޅުމާލޭ އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް އިފްތިތާހު ކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސްގެ ޔުނީފޯރމާއި އަދި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ.އެޗްޑީސީން ބުނީ އެސްޓޭޓް ސެކިއުރިޓީ […]

އަންނަ ބުދަ ދުވަހު ރައީސް ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަންނަ ބުދަ ދުވަހު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ. އަދި މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ސިލްސިލާ […]

ގަނބައިގަތް ގޭގެ އެސެސްމަންޓެއް ހެދުމަށްޓަކައި އިމާރާތްކުރުން ހުއްޓުވައިފި

މާލޭގައި ގެއެއް އިމާރާތްކުރުމަށްޓަކައި ކޮންނަނިކޮށް ޖެހިގެން ހުރި ގެއެއް ގަނބައިގަތުމުގެ ސަބަބުން، އިމާރާތްކުރުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވައި، އެސެސްމަންޓެއް ހަދަން އަންގައިފިއެވެ. އިއްޔެ ހިނގި މި ހާދިސާ ހިނގާފައިވަނީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގެންފައިވަނީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މާލެ ސިތީގެ މޭޔަރު އާދަމް ޢާޒިމާ […]

އައިއެސްޑީބީ އިން 400،000 ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީދާއިރާއަށް ހަދިޔާކޮށްފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން 400،000 ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީ ދާއިރާއަށް ހަދިޔާކޮށްފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ފޯރަމުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ހަދިޔާ ކުރި 400،000 ޑޮލަރަކީ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން ދިން ހިލޭގެ އެހީ އެކެވެ. ”މި ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި، ޞިއްޙީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި […]

ކިޔުގައި ނުޖެހި މަސްކިރުވުމަށް ”މަސްކިރާ“ އެޕްލިކޭޝަން ތައާރަފުކޮށްފި

މަސްވެރިންނަށް ކިޔޫގައި ނުޖެހި މަސްކިރުވުމަށް ޚާއްސަކޮށް، އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ. އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޞިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާޙީމްއެވެ.”މަސްކިރާ“ގެ ނަމުގައި އިފުތިތާޙުކުރި މި އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރަން ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭގޮތަށް އަދި އެނޫންވެސް ގިނަ ފަސޭހަތަކެއް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ.މި އެޕުން މަސް ކިރުމަށް ޓޯކަން ޖެނެރޭޓް ކޮށް، ކިއު ނަންބަރު ވަގުތުން ބަލާލުމުގެ ފުރުސަތުވެސް […]

ސަރުކާރުތަކުގައި ކޮރަޕްޝަނާއި ފަސާދަ ހިންގެނީ ވެރިން އެގޮތް ބޭނުންވާތީ އެވެ.

ގައުމުތަކުގެ ވެރިން ބާރުތަށް މުށުތެރެއަށް އެއްކުރަނީ ރައްޔިތުން އަޅުވެތިކޮށް ރައްޔިތުންގެ ބައިތުލްމާލު ލޫޓުވާލުމުގެ ބޭނުމުގައެވެ. އެއްވެސް ގައުމެއްގެ ވެރިން ބޭނުންފުޅު ނުވާނަމަ އެ ގައުމުގެ ”ބޮޓުންނަށް“ ސަރުކާރުގެ ތެރެއިން ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދަ ނުހިންގޭނެއެވެ. އެތެރެވަރީގެ ބައެއް ގައުމުތަކުން ވަނީ ދުނިޔެއަށް އެކަން ސާބިތު ކޮށްދީފައެވެ. މިސާލަކަށް ޗައިނާއާއި ސިންގަޕޯރ ފަދަ ގައުމުތަކުގައި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޕްޝަނާއި ފަސާދަ ހިންގުމުގެ ދޮރުތައް އެގައުމުތަކުގެ ވެރިން އެވަނީ ބަންދު ކޮށްފައެވެ. އެއީ އެގައުމުތަކުގެ ވެރިން އެކަން ހިންގަން […]

މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މަސްވެރިކަމުގެ އުފެއްދުންތައް މާކެޓު ކުރުމަށް އެއްބަސްވުން އެކުލަވާލާ ސޮއި ކޮށްފައި ވަނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑާއެކުއެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހިމެވެ. އަދި […]

ހަތަރު މަސާޖު ޕާލަރެއް ބަންދުކޮށް، ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، އެ ހަތަރުތައް ވަގުތުން ބަންދުކުރުމުގެ ފިޔަވަޅުއަޅައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ‏މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި 11 ވަނަ ދުވަހު މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައި ވެއެވެ. މީގެ […]

2 ވިޔަފާރިއެއް ބަންދުކޮށް، 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހިންގަމުންދާ އޮޕަރޭޝަނުގެ ދަށުން މިއަދު 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މިއަދު ކުރިއަށްދިޔަ އޮޕަރޭޝަނުގައި ވަނީ މާލޭގެ 8 ތަނެއް ބަލައިފާސްކޮށް، ވިޔަފާރިކުރަމުންދިޔަ 2 ތަނެއް ބަންދުކޮށްފައެވެ. ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެ، އަދި އެކި މަސައްކަތްތައް ހުއްދަނެތި ކުރަމުންދާ ބިދޭސީން ދެނެގަނެ ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ދަނީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މެދުކެނޑުމެއްނެތި އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. […]

ކަނޑުގެމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓަކުން ދިހަ ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން ދިހަ ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން މި މަހުގެ 04ވަނަ ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަން ހިންގީ މާލޭ ކޮމާޝަލް ހާބަރުގައި ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ. ”މި އޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ […]