ެުއުމުރާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ރާއްޖެއިން މިއަހަރު ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅޭ މީހުންގެ ތެރެއިން ދެ މީހަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ، ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕުގެ ދެ ޢުމްރާވެރިންނެވެ. އަދި މިއީ 2 ފިރިހެނުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މިގޮތުން އެ ދެމީހުންގެ ޖަނާޒާގެ ކަންތައްތައްވެސް މިހާރު ފުރިހަމަ ވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ
މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް: ހުތުބާ

މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ހުކުރު ހުތުބާދީފައި ވަނީ ”މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް“ މި މައުޟޫޢުގެ މައްޗަށެވެ. މިއަދުގެ ހުތުބާގައި ވަނީ އެ މައުޟޫޢުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފައެވެ. ހުތުބާގައި ބުނީ ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށާއި އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ ކަމެއް ކަމަށެވެ. ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރު ގޮތުގައި، ކުޅިވަރަށްކަމަށާއި، […]
ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި 2 މީހަކު ޖަލަށްލާން ހުކުމްކޮށްފި

ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި 2 މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ 2020 ވަނަ އަހަރު އެކި ދުވަސް މަތިން، އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށް 12 ދައުވާއެއް ކޮށްފައިވަނީ […]
ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި މިނިސްޓަރު ހައިދަރު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގެންފިއެވެ. މި ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ބަންގްލަދޭޝްގެ ދާކާގައެވެ.ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، މިނިސްޓަރ ޙައިދަރު ވަނީ ރައީސް މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބޮޑު ވަޒީރު، […]
ތެލެސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ދެނީ

ތެލެސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާދަމާއިން ފެށިގެން ކުރަން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އިބްރާހިމް ނާޒިމް ވިދާޅުވީ މާދަމާ އަކީ ރާއްޖެއަށް ވަރަށް ތާރީހީ ދުވަހެއް ކަމަށާއި […]
އައިނު ފިހާރަތަކާއި ކުލިނިކުތަކުން ހަދާ އައިނަށް އާސަންދަ ދެނީ

ކުލިނިކުތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ދިނުމަށް ނިންމާފައި ވާކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ. އެންސްޕާއިން ރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ކުލިނިކުތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ ލޮލުގެ ޑޮކްޓަރުން ދޭ ސިޓީތަކަށް އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައި ވާކަމަށެވެ. އެންސްޕާއިން ބުނީ، މިކަން ތަންފީޒު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލައި، އަންނަ މަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން […]
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ޝަންގްރިއްލާ އަލުން ހުޅުވައިފި

އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފިއެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި މި ރިސޯޓުގެ ޚިދުމަތްތައް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި އެ ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް […]
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެއެވެ. ގިނަދުވަސްވީ ބައެއް އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދެވި ޚާލިދާ ޒިޔާ، އަންގާރަ ދުވަހު ހެނދުނު 6 ޖެހިއިރު އަވަހާރަވިއިރު އުމުރު ފުޅަކީ 80 އަހަރެވެ. ވިހިއަހަރުގެ މުއްދަތަކަށްފަހު 1991ވަނަ އަހަރު ބަންގްލާދޭޝްގައި ބޭއްވުނު ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބް ކާމިޔާބް ކުރެއްވުމުން އެކަމަނާ ވެފައިވަނީ އެގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ. ޚާލިދާ ޒިޔާ ވަޑައިގެންނެވީ ތަފާތު އެތައް އާލާސްކަންފުޅަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެކަމަނާގެ ހާލުކޮޅު ވަރަށް […]
ދެބެންގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު ޒަހަމްކޮށްލައިފި

ދެބެއިންގެ ދެމެދު ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ. ފުލުހުން މިރޭ ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު މިރޭ އިރުއޮއްސި 6:30 ހާއިރު ފުލުހުންނަަށް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި މައްސަލާގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ […]
ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ކ. ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. ހުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުالله ނާޘިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އާއ،ި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީ އާއި […]