ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ޤާއިމް ކޮށްފި

ފުވައްމުލައް ސިޓީގައި ތަރައްްގީކުރި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ އެ ލެބޯޓަރީ ޚާއްޞަކުރެވިފައި ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގޭ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކާއި، ހާއްސަ ލެބޯޓަރީގެ އިންފްރާސްޓްރަކްޗާގެ މަދުކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން މިކަމުގެ ސަބަބުން ދަނޑުތަކުގެ އުފެއްދުންތެރިކަމާއި، ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލް ކުރުމުގެ އިތުރުން ގައުމީ ބަޔޯސެކިއުރިޓީ ވަރުގަދަކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ”ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީން […]
މާލޭގައި 13،000 ޓަނުގެ ދެ ފެން ތާނގީ ބެހެއްޓުމުގެ މަސައްކަތް ފަށައިފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން މާލޭގައި 13،000 ޓަނުގެ 2، ފެން ތާނގީ ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ. އެމްޑަބްލިޔުއެސްސީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ބަހައްޓާ 13،000 ޓަނުގެ ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތުގެ ދަށުން ގްރައުންޑް ތައްޔާރުކޮށް އެކަމަށް ބޭނުންވާ ސާމާނު ގެނެސް ތައްޔާރުވެފައިވާ ކަމަށެވެ.އެގޮތުން ފައުންޑޭޝަންގެ މައިގަނޑު މަސައްކަތްތަކަށް ތައްޔާރުވުމުގެ ގޮތުން ޓެސްޓް ޕައިލިންގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީގެ ޕޯސްޓުގައި ބުނެފައި ވެއެވެ. މީގެ އިތުރުން އަލަށް ބަހައްޓާ […]
ތިލަފުށިން ގެއްލުނު ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މި ޖެނުއަރީ މަހުގެ 26ވަނަ ދުވަހުން ފެށިގެން ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އަމީން މިއާ ކަމަށާއި، ނިޔާވެފައިވަނީ އޭނާ ގެއްލުނު ދުވަހު ހިނގި ހާދިސާއެއްގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. އެއީ ކޮން ހާދިސާއެއްކަން އަދި ހާމަކޮށްފައި ނުވިނަމަވެސް، ފުލުހުން ބުނީ ތަޙުޤީޤު ކުރިއަށްދާ ވަރަކުން މަޢުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. ޚަބަރު ލިބޭގޮތުގައި […]
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ނަގާ ފީ %50 ކުޑަކޮށްފި

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ނަގަމުން އަންނަ ފީއާއި ކެޓަގަރީ ފީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން 50 އިންސައްތައަށް ކުޑަކޮށްފިއެވެ. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް، ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިންތިޤާލީ އުސޫލުގެ ދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުމަށް ނަގަމުންދާ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ކުޑަކުރުމަށް ނިންމާފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެ އޮތޯރިޓީން ބުނިގޮތުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ 50 […]
ތިލަފުށީގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި

ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސިއަކު މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ވެސްޓު ބެންގޯލް އިން ނިޕާ ވައިރަސް ފެނުމުން ސަމާލުވާން އެދިއްޖެ

.ވެސްޓް ބެންގޯލް ސަރަހައްދުގައި ނިޕާ ވައިރަސް ފެތުރޭތީ، އެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިގޮތަށް ޢިލްތިމާސްކުރީ، ވެސްޓް ބެންގޯލްއިން މި މަހުގެ ތެރޭގައި ނިޕާ ވައިރަސްގެ 3 ކޭހެއް ފެނުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.އެޗްޕީއޭއިން ބުނީ، މި ވަގުތު ރާއްޖެއަށް ނިޕާ ވައިރަސްގެ ނުރައްކާ އޮތް މިންވަރު ކުޑަ ކަމަށެވެ. ނަމަވެސް އިންޑިއާގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށާއި ވެސްޓް ބެންގޯލަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުން […]
އެފް.އެސް.އެމް އިން ވިއްކާ ޕެޓްރޯލް ގަޑުބަޑުވެފައި ކަމަށް ބުނެ ޝަކުވާތައް އިތުރުވަނީ

ބ. ހިތާދޫއަށް ފޯރުކޮށްދިން ޕެޓްރޯލްގައި މައްސަލަޖެހި އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ. ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބ. އަތޮޅުގެ ބައެއް ރަށްތަކަށް ފޯރުކޮށްދީފައިވާ ޕެޓްރޯލްގެ ފެންވަރު ދަށްވެ، އޭގައި އިތުރު ކެމިކަލްތަކެއް ހުރިކަމަށް ބެލެވިގެން ގިނަ އަދަދެއްގެ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްބުނެ ޕެޓްރޯ ވިއްކާފަރާތަކާއި ގަންނަފަރާތްތަކާއި ދެމެދު މައްސަލަތައް އިތުރުވެ ޒުވާބު އުފެދޭގޮތްވަނީ ވެފައެވެ. ގަނެ ބޭނުންކުރާ ފަރާތްތަކުން ބުނެ ޝަކުވާ ކުރަމުން އަންނަނީ […]
ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަން އިއުލާނުކޮށްފި

ޏ.ފުވައްމުލަކު މީހަކު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ ޢަބްދުލްޢަޒީޒު މުޙައްމަދު (64އ) ދުންފިނިގެ/ދޫޑިގަން،އެވެ. ފުލުހުން މިއަދު ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައި […]
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ފެސިލިޓީއެއް ތަރައްގީކުރަން ސޮއިކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް، އައިސޮލޭޓް ކުރެވޭގޮތަށް ފެސިލިޓީއެއް އެޅުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ 53،560،648.01 ރުފިޔާ (ފަންސާސް ތިން މިލިޔަން ފައްސަތޭކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސާޅީސް އަށް ރުފިޔާ އެއް ލާރި) އަށެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 435 ދުވަހުގެ ތެރޭގައެވެ.ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް […]
ސަރުކާރުންދޭ ރޯދަ ހަދިޔާ ރަށްރަށަަށް ފޮނުވަން ފަށައިފި

1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް އަތޮޅު ތެރެއަށް ފޮނުވުމުގެ މަސައްކަތް ކައުންސިލް މިނިސްޓްރީން ފަށައިފިއެވެ. އަތޮޅު ތެރެއަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މި ހިނގާ ޖަނަވަރީ މަހުގެ 24 ގައެވެ. މި މަސައްކަތް ކުރިއަށް ދަނީ މިނިސްޓްރީއާ، ސަރުކާރު ހިއްސާވާ […]