ހޭންޑީ ވޯޓާގެ ބިއްލޫރިފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރަން އެމްއެފްޑީއޭ އިން އަންގައިފި

ހޭންޑީ ވޯޓާގެ ބިއްލޫރިފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީ(އެމްއެފްޑީއޭ) އިން އަންގައިފި އެވެ. އެމްއެފްޑީއޭ އިން ބުނީ ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާ 330 އެމްއެލް އާއި 550 އެމްއެލް އަދި 1 ލީޓަރުގެ ބިއްލޫރި ފެން ފުޅީގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށެވެ. އެގޮތުން އެ ފެންފުޅިތަކުގެ ތަހުލީލު ނަތީޖާ ދައްކާ ގޮތުން އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޯފެނުގެ […]
ދެ އިންތިހާބު އެއްކޮށްލުމާ މެދު އޭޕްރީލް ހަތަރެއްގައި ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. މިގޮތަށް ނިންމަވާފައި ވަނީ ރައީސް މިއަދު ނެރުއްވި ގަރާރަކުންނެވެ. ރައީސް އޮފީހުން މިއަދު ބުނީ، އެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، އެ އިސްލާހުތައް ގާނޫނުއަސާސީ އަށް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުން […]
ޖަލުގައި ހުރި ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ގޭބަންދަށް

ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖަލަށްލާފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފިއެވެ. ސައީދު ޖަލަށްލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހަތަރު އަހަރު ދުވަހުގެ ހުކުމެއްގައެވެ. ސިއްހީ ސަބަބުތަކަކާ ގުޅިގެން ސައީދު ގޭބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގައެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ސައީދު ޖަލަށްލީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން […]
ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ (35އ) އެވެ. ފުލުހުން މިއަދު ބުނީ ފާޠިމަތު ރީމާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރ 29 ވަނަ ދުވަހު ކަމަށެވެ. ”މި މައްސަލާގައި، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށް“ ފުލުހުން ބުނެފައި ވެއެވެ. މި މައްސަލަ […]
މުދާތަކެއްގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރު ކުރީ މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ)އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މުދާތަކެއްގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި […]
މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ ފައިސާ ހޯދި ނޭޕާލު މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީަ ނަކުލް ކޭ ސީ، ނޭޕާލް (23އ) އެވެ.މީނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ […]
15 މީހުނާއެކު ދަތުރުކުރަނިކޮށް އަލިފާން ރޯވި މަސްދޯނިން 5 މީހަކަށް ފަރުވާ ދެނީ

15 މީހުންނާއެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވި މަސްދޯނިން ދަތުރުކުރި 5 މީހަކަށް ފަރުވާދޭން ފަށަައިފިއެވެ. މި ހާދިސާ ހިނގީ ”ފްރެޝް ފްރޮމް ދަ ސީ“ ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައެވެ. މިއަދު މެންދުރު ފަހު 14:54 ހާއިރު ހިނގި އެ ހާދިސާގައި ފަރުވާ ދެމުން ދަނީ 2 ދިވެހިންނަށާއި ތިން ބިދޭސީންނަށެވެ. ފުލުހުން ބުނީ އެ މީހުނަށް ފަރުވާދިނުމަށް މާލެ ގެނެސްފައި ވަނީ ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގެ އެހީގައި ކަމަށެވެ.
މާލެ ސަރަހައްދުގައި 53 ހާހަށް ވުރެ ގިނަ މަސް ކޭސް ދޫކޮށްފި

މި އަހަރުގެ ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 53،308 މަސްދަޅު ކޭސް ދޫކޮށްފިއެވެ. މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ފެށީ ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާއިރު، އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ޙަވާލުނުވާ ފަރާތްތަކަށް ދެން މަސްދަޅު […]
ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާ ދަނީ ގަދަޔަށް ފެތުރެމުން: އެޗްޕީއޭ

ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާ މި ދުވަސްވަރު ދަނީ ގަދަޔަށް ފެތުރެމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ. އެޗްޕީއޭން ވަނީ މިކަމާ ގުޅިގެން ސަމާލުކަންދޭންވީ ބައެއް ކަންތައްތަކާގުޅޭ އިރުޝާދު ދީފައެވެ. މިގޮތުން ސަމާލުކަންދޭންވީ ކަންކަމުގެ ތެރޭގައި، ކައްކައި ކާން ތައްޔާރުކުރުމުގައި ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމާއި، ކާތަކެތީގައި މަތިޖަހާފައި ބެހެއްޓުމާއި، އަދި ކާތަކެތި ގިނައިރު ބަހައްޓަން ޖެހިއްޖެނަމަ އައިސްއަލަމާރީގައި ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ފާޚާނާކޮށް ނިމިގެން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން ހިމެނެއެވެ. އަދި ހޮޑުލައި، ބޭރަށްހިންގާނަމަ […]
މާފުށީގެ ނަރުދަމާ އަޕްގްރޭޑްކޮށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފި

ކ. މާފުށީގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށާއި އެ ރަށުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް މާލެ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމް.ޑަބްލިއު.އެސް.ސީ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އެވެ.މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު […]