ތައިލެންޑުގެ ޖަލެއްގައި ހުރި ދިވެއްސަކު ނިޔާވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު ޖަލުގައި އޮއްވާ ނިޔާވެއްޖެއެވެ. ދިވެހި ފުލުހުން މިއަދު ބުނީ ނިޔާވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އުމުރުން 22 އަހަރުގެ އިބްރާހިމް ނަބީހް ނަސީމް ކަމަށެވެތަފްސީލް އަންނަނީ..

ސީރިއާގެ ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވެފައި ތިބި ދެމައިން ރާއްޖެ ގެނެސްފި

ސީރިއާގެ ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވެފައި ތިބި ދެމައިން ރާއްޖެ ގެނެސްފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ. ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެއިން ދިޔަ ބައެއް މީހުންނާއި އެފަދަ މީހުން ގެންދިޔަ އާއިލާގެ މީހުން ރާއްޖެ ނާދެވި ހާލުގައި ޖެހިފައި އެބަ ތިބި ކަމަށާއި ސީރިއާގެ ދެ ސަރަހައްދެއްގައި ތިބި 60 ވަރަކަށް މީހުން ގެނައުމުގެ މަސައްކަތާއި އެހެން ބައެއް […]

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ރާއްޖޭގައިވެސް ތެލުގެ އަގު ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ރާއްޖޭގައިވެސް ތެލުގެ އަގު ބޮޑުކޮށްފިއެވެ. ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު 5 މާރިޗް 2026 އިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ އެފްއެސްއެމް އިން ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި މި ބަދަލާ އެކު، ޕެޓްރޯލާއި ޑީސަލްގެ އާ އަގުތައް އިއުލާނުކޮށްފައެވެ. އެގޮތުން އަލަށް ގެނައި ބަދަލާއެކު، ކުރިން 13.50 ރުފިޔާއަށް […]

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އީދަށް ފަށަން ތައްޔާރުވެއްޖެ

ސަރުކާރުން ތައާރަފް ކުރުމަށް ނިންމާފައިވާ ޓެކްސީލައިންގެ ހިދުމަތް ފިތުރު އީދަށް ފަށަން ތައްޔާރުވެއްޖެއެެވެ. މިކަންހާމަކުރައްވާފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ ފުރަތަމަ ބެޗް މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.އެ ޓެކްސީ ލައިންގެ ދެވަނަ ބެޗް އަންނަނީ ޗައިނާއިން ކަމަށާއި ބާކީއިން މޮޑެލް އަންނަނީ ތައިލެންޑުން […]

އެޗްޑީސީ އާއި ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް، އެޗްޑީސީއާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި އިއްޔެ އެޗްޑީސީ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި ތެލެސީމިއާ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން، އިމާން މުހައްމަދު އެވެ. އެޗްޑީސީން ބުނީ އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ސޮސައިޓީގެ މަސައްކަތްތަކަށް ހުޅުމާލެއިން […]

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތަކުން މީހަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގައި މަސައްކަތްކުރަން އުޅުނު ބިދޭސީއަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ އެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލާދޭޝްގެ، އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ. އަދި އެ ހާދިސާ ހިނގީ ހުޅުމާލޭ 2 ގައި ހަދަމުން އަންނަ ރެޑްވޭވް މޯލްގެ މަސައްކަތުގައި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.އެނގިފައިވާ ގޮތުގައި އޭނާ ވެއްޓި ގޮހޮރަށް ދަގަނޑު ހެރުމުގެ ސަބަބުން ގޮހޮރު ފަޅައިގެން ގޮސްފައި ވާތީ އެކަމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ އޮޕަރޭޝަން […]

މއ. ސިޓީވިލާގައި ރޯވި އަލިފާންގަނޑު ނިއްވާލެވިއްޖެ: އެމްއެންޑީއެފް

ރޭ ހާރުދަމުގެ ވަގުތުގައި މއ. ސިޓީވިލާގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވާކަމަށް މޯލްޑިވްސް ނޭޝަލަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ ހާރުދަމު 3:05ގައި ކަމަށެވެ. އެއާއެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:15 ވަނިކޮށް ކަމަށާއި، މި ހާދިސާގައި އެ ގޭގެ އެކި ބައިތަކަށް ގެއްލުންވެފައި ވާކަމަށެވެ. މި […]

ކުނި ބަރުކޮށްގެން ބުރިޖުން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައިފި

މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ސިނަމާލޭ ބްރިޖުގައި ފުރޮޅާލައިފިއެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު 09:45 އެހާކަންހާއިރުއެވެ.ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ ޕިކަޕް ފުރޮޅާލަން މެދުވެރިވީ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް، އަރި އަޅާލައި ފެންސުގައި ޖެހުމުގެ ސަބަބުން ކަމަށެވެ.ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އިސްލާމީ ތާރީހުގެ އެންމެ ހިތާމަވެރި ސަފްހާގެތެރެއިން

ކިއުންޔެރިންނަށް މި ބަރަކާތްތެރި ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުގައި މި ގެނެސްދެނީ ސުރުޚީއާ ގުޅޭގޮތުން ޕާކިސްތާނުގެ އިލްމުވެރި މައުލާނާ ތާރިގް ޖަމީލް ދެއްވާފައިވާ ދަރުސެއްގެ އުސް އަލިތަކެވެ. އެ ބޭފުޅާގެ ޢިލްމުވެރި ބަސްމޮށުންތެރި ކަމާއި މައުޟޫއަށް އިންސާފު ކުރައްވާފައިވާ ފުރިހަމަކަން އަޅުގަނޑުމެންގެ ލިއުމުގައި ނުހުންނާނެކަން ގަބޫލުކުރަމެވެ. އެހެންނަމަވެސް މައުޟޫގެ އިމުގެތެރޭގައި މި ލިއުން އެކުލަވާލަން ގަދައަޅާ މަސައްކަތް ކުރެވިފައިވާނެއެވެ.https://sandhaanu.today/65827/ ދުޢާއަކީ މި ލިއުމުގެ ވަސީލަތުންވެސް ކިއުންތެރިންނަށް ހެޔޮމަގު އިޚްތިޔާރު ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދިއުމެވެ.ލިއުމުގައި މައުޟޫއަށް އެކަށީގެންނުވާ ބަހެއް […]

އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތަކަށް ބަދަލުގެނެސްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތަކަށް ބަދަލުގެނެސްފިއެވެ. ެެެެއެސްޓީއޯ އިން ބުނީ ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ހެޔޮކޮށްފައިވާ ކަމަށާއި އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ވަނީ ތިރިވެފައި ކަމަށެވެ.އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ލިބޭނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން […]