ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އަޅަނީ

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް، ބޭރުގެ އިންވެސްޓަރުންނާ ވާހަކަދައްކަވާފައިވާކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިހާރު ހުރި ސިނަމާ ކަމަށްވާ އޮލިމްޕަހުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން، ފިލްމު އުފައްދާ މީހުންނަށް ދަތިތަކާ ދިމާވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މަރާމާތަށް އޮލިމްޕަސް ބަންދުކޮށްފިނަމަ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް […]

 ޒުވާނުންނަށް އަމާޒުކޮށްގެން ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ބާއްވަނީ 

ޒުވާނުންނަށް އަމާޒުކޮށްގެން ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ. މިއީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި އޫރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޔޫތު މިިނިސްޓްރީން ބުނީ މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 24 ވަނަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ ދާއިރާތަކާއި، އެޕްރެންޓިސްޝިޕް ފުރުސަތުތަކާއި، އަދި ކުންފުނީގެ އޮނިގަނޑާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި […]

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް ބާކީ ދެ ދުވަސް

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް އަލުން ހުޅުވައިލި ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ. ފުރުސަތު ހަމަވާނީ އެ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ. ޔޫތު މިނިސްޓްރީން ބުނީ އެވޯޑަށް އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލްލިންކް ނުވަތަ ޔޫތު މިނިސްޓްރީ (ސޯޝަލްސެންޓަރ) އަށް ކަމަށާއި އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30 އިންމެންދުރު 14:00 އަށް ކަމަށެވެ. […]