ކޮވިޑް ކޮންޓްރޯލްނުވެ ދިގުލާނަމަ ގައުމުތައް ސިއްހީގޮތުންނާއި އިގްތިސާދީގޮތުން އިނދަޖެހިދާނެ: ޑަބްލިޔުއެޗްއޯ

މިއަހަރުގެ ކުރީކޮޅަށްވުރެ ކޮވިޑް-19 މިހާރު ފެތުރެމުންދާ ވަރު މިހާރު މާ ބޮޑުކަމަށާ އެރޯގާ ކޮންޓްރޯލްނުވެ ދިގުލައިގެންދާނަމަ އިގްތިސާދީ ގޮތުންނާއި ސިއްޙީ ގޮތުން ގައުމުތައް އިނދަ ޖެހޭ ހިސާބަށް ކަންތައް ދިޔުމުގެ ބިރު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފިއެވެ. އެ ޖަމްއިއްޔާގެ ވެރިޔާ އަދި ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއެސުސް ވިދާޅުވީ ބައެއް ގައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދިނަމަވެސް އަނެއްބައި ގައުމުތަކުގައި ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުންދަނީ ބިރުވެރި މިންވަރަކަށް […]