އީރާނުގެ ނިއުކްލިއަރ މަޝްވަރާތަކާބެހޭގޮތުން ރަޝިޔާއާއި އޮމާނުގެ ވެރިން ވާހަކަ ދައްކަވައިފި

މޮސްކޯއަށް މިހާރު ވަޑައިގެން އުޅުއްވާ އޮމާނުގެ ރަސްގެފާނު ސުލްތާން ހައިތާމް ބިން ތާރިގް އަލް ސައީދު އާއެކު ރައީސް ޕޫޓިން ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމެރިކާއާއި އީރާނާ ދެމެދު ފެށިފައިވާ ނިއުކްލިއަރ މަޝްވަރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ. އޮމާނުން ގެންދަނީ އެމެރިކާއާއި އީރާނުން ކުރަމުންގެންދާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ބައި އަދާކުރަމުންނެވެ. އެމެރިކާއިން ދެކެމުންދަނީ އީރާނުގެ މަޝްރޫއަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ހިންގަމުންގެންދާ މަޝްރޫއެއް ކަމަށެވެ.                       ކްރެމްލިންގެ ފޮރިންޕޮލިސީ އެއިޑް ޔޫރީ އުޝާކޯވް އިންޓަރފެކްސްގައި ބުނެފައިވަނީ ދެ […]

ޕްރިންސް އެންޑްރޫ އަށް ޖިންސީ ގޯނާ ގެ ތުހުމަތު ކުރި އަންހެންމީހާ ”އަމިއްލައަށް“ މަރުވެއްޖެ

އިގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫގެ މައްޗަށް މީގެ އަހަރު ތަކެއް ކުރިން ޖިންސީ ގޯނާގެ ތުހުމަތުކުރި ވަރޖީނިއާ ޖުފްރޭ، އުމުރުން 41 އަހަރުގައި މަރުވެއްޖެއެވެ. އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ޖުފްރޭ މަރުވެފައި ވަނީ އަމިއްލައަށެވެ. ޖުފްރޭ އަކީ ޖިންސީ ގޯނާގެ ގިނަ މައްސަލަ ތަކެއްގައި ކުށް ސާބިތުވެފައިވާ، ޖެފްރީ އެޕްސްޓައިން ގެ އަމަލުތައް ކުށްވެރިކޮށް އެންމެ ގަދަޔަށް އަޑުއުފުލި އެއްފަރާތެވެ. އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާގެ އުމުރުން 17 އަހަރުގައި އެޕްސްޓައިން ވަނީ އެޕްސްޓައިންގެ ގާތް ރަހުމަތްތެރިއެއްކަމަށްވާ […]

އިންޑިއާ ދެފަޅިވަޅިވަމުންދާތީ ޖިއޯލޮޖިސްޓުންގެ އިންޒާރު

މި ރިޕޯރޓްގައި ބުނެފައިވާ ހޯދުންތައް ދެނެގަނެފައިވާ ނަމަވެސް މޮނާޝް ޔުނިވަރސިޓީގެ ޖިއޯޑައިނަމިސްޓް ފެބިއޯ ކެޕިޓާނިއޯ ބުނެފައިވަނީ މިހާރު ލިބިފައިވާ ޑޭޓާތައް ފުރިހަމަނުވާތީ އިތުރަށް ދިރާސާކޮށް ގިނަ މައުލޫމާތުތަކެއް ހޯދަން ބޭނުންވާކަމަށެވެ. ކިއުންތެރިންގެ ސަމާލު ކަމަށްޓަކައި މިކަން ފާހަގަކޮށްލީއެވެ.         ސަންދާނު ކިއުންތެރިންނަށް އަޅުގަނޑުމެން މިގެނެސްދެނީ އެމެރިކަން ޖިއޯފިޒިކަލް ޔުނިއަނުން އިންޑިއަން ޓެކްޓޯނިކް ޕްލޭޓް ދެ ފަޅިވުމުގެ ނިޝާންތައް ފެންނަމުންދާތީ މި ސަރަހައްދުގެ ޖިއޯލޮޖިކަލް ލޭންޑް ސްކޭޕަށް އަތުވްދާނެ ބަދަލުތަކާބެހޭގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯރޓެއްގެ އުސްއަލިތަކެއްގެ ޚުލާސާއެކެވެ. އިންޑިއަން […]