ޓްރަމްޕާއި އިޒްރޭލުގެ އޭޖެންޓް، އެޕްސްޓީންއާއި ގުޅުމެއް އޮތްކަމަށް ސުވާލު އުފައްދައިފި

ބައިނަލްއަޤްވާމީ ބިލިއަނަރު މަހުޖަނުންނަށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުތަކެއް އުފުލާފައިވާ އިޒްރޭލުގެ އަސްކަރީ ޖާސޫސީ އޭޖެންޓެއްކަމަށްވާ، ޖެފްރީ އެޕްސްޓީން ހިންގި ޖަރީމާތަކުގައި އޭނާގެ ބައިވެރިއެއްކަމުގައިވާ، ގިސްލޭން މެކްސްވެލް ޕްލީ ޑީލްއެއްގެ މަޝްވަރާތައް ފެށުމާއެކު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އެޕްސްޓީންއާއި ގުޅުމެއްވާކަމުގެ އިޝާރާތްތަކެއް ވާން ފަށައިފިއެވެ. އެޕްސްޓީން ބްލެކްމެއިލް ކުރި މީހުންގެ ލިސްޓުގައި އެމެރިކާގެ ކުރީގެ ރައީސް ކްލިންޓަންއާއި، ވިޔަފާރިވެރިޔާ ބިލް ގޭޓްސްގެ އިތުރުން ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި، ސިޔާސީވެރީން ހިމެނެއެވެ. އެޕްސްޓެއިންގެ އިތުރުން، މެކްސްވެލްގެ ބައްޕަ މެދުވެރިކޮށް […]
ޣައްޒާގެ ކުޑަކުދިންނަށްދޭ ކިރާއި ކާނާ ހުސްވެފައިވުމުން ގިނަ އަދަދެއްގެ ކުދިން މަރުވުމުގެ ބިރު އެބައޮތް

ޣައްޒާގެ ކުޑަކުދިންނަށްދޭ ކިރާއި ކާނާގެ ބާވަތްތައް ހުސްވެފައި ވުމުގެ ސަބަބުން އެއްލައްކަޔަށް ވުރެ ގިނަ ކުޑަކުދިން، 40ހާސް އެންމެ ތުއްތުކުދިން ހިމެނޭ ގޮތުން ދާދި އަވަހަށް ބަނޑަށް މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ގައްޒާގެ މީޑިޔާ އޮފީހުން ހޮނިހިރު ދުވަހު ބުނެފިއެވެ. މީޑިޔާ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުގެ ޣައްޒާގެ ހާލަތު ސިފަ ކުރެވެނީ ”ސްލޯ މޯޝަން“ ގައި ހިންގަމުންގެންދާ ގަތުލު އާންމެއްގެ ގޮތުގައެވެ. އަދި ހުރިހާ ބޯޑަރ ކްރޮސިންގތައް ބަންދުކޮށް، އިޒްރޭލުން […]
ސައޫދީ ރައްޔިތުން ނޫން މީހުންނަށް އެގައުމުން ބިން ގަތުމަށް މަގުފަހި ކޮށްދޭ ގާނޫނާއި އިތުރު ތަފްސީލްތައް ހާމަކޮށްފި

ގައުމުން ބޭރު މީހުންނަށް ސައޫދީއަރަބިއްޔާގައި ”ރިޔަލްއެސްޓޭޓް އޯނަރޝިޕް“ ނުވަތަ ބިންވެރިކަން އަދި އެޔާގުޅޭ ވިޔަފާރި ކުރުމުގެ ހުއްދަދިން ގާނޫނު އަދިއެޔާބެހޭ ގަވާއިދުތައް އެ ގައުމުން އިއުލާން ކޮށްފިއެވެ. މިގާނޫނު އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފައި ވަނީ މި މަހުގެ ކުރީ ކޮޅުއެވެ. ވަރަށް ފުޅާ ދާއިރާއެއްގައި އެކުލަވާލާފައިވާ، ބޭރު މީހުންނަށް ބިންގަނެ ވިއްކުމާބެހޭ ގާނޫނު އަދި އެއާބެހޭ ގަވާއިދުތައް ގެޒެޓް ކުރެވިފައި ވަނީ ހުކުރު ދުވަހުއެވެ. އަދި މިގާނޫނަށް އަމަލު ކުރަންފަށާނީ 6މަސްދުވަސް ފަހުންނެވެ. ބޭރު މީހުންނަށް […]
ފްރާންސުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން ތައްޔާރު: މެކްރޯން

އަންނަ ސެޕްޓެމްބަރުމަހު އޮންނަ އދގެ ޖެނެރަލް އެސެމްބްލީގައި ފްރާންސުން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯން ބުރާސްފަތި ދުވަހު ވިދާޅުވެފައިވެއެވެ. ފްރާންސުން މިގޮތަށް އަމަލު ކޮށްފިނަމަ ފްރާންސް ހިމެނިގެންދާނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތް ޖީ- ސެވަންގެ ފުރަތަމަ ގައުމު ކަމުގައެވެ. ފްރާންސްގެ އިތުރުން މިގްރޫޕްގައި ހިމެނެނީ އެމެރިކާ،އިގިރޭސިވިލާތް،އިޓަލީ،ޖަރމަނީ،ކެނެޑާ އަދި ޖަޕާނެވެ. ސޯޝަލްމީޑިޔާ ޕްލެޓްފޯމް އެކްސްގައި ލިއުއްވަމުން މެކްރޯން ވިދާޅުވެފައިވަނީ މިވަގުތު އެންމެ އިސްކަމެއް ދޭންޖެހިފައިވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމާއިއެކު ފަލަސްތީން އާބާދީ […]
ބަންގްލާދޭޝް އަށް ބޯޓުވެއްޓުނު ހާދިސާ އަށްފަހު 20 ކުދިން ސަލާމަތް ކުރި ޓީޗަރު ވެސް ވީ މަރު

ބަންގްލާދޭޝްގެ ސްކޫލެއްގެ މައްޗަށް އެއާފޯސް ފައިޓަރ ޖެޓެއް ވެއްޓުނު ހާދިސާއަށްފަހު ކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ޓީޗަރު، މުޅި ހަށިގަނޑު ފިހި،ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.ޓީޗަރު މަހްރީން ޗައުދްރީ ހާލުސީރިއަސްވެ އޮވެ އޭނާގެ ފިރިމީހާ ކައިރީ ބުނި ގޮތުގައި އޭނާޔަށް އިހުސާސްވީ ރޯވެފައިވާ ކްލާސްރޫމްތަކުގައި ތިބީވެސް އޭނާގެ އަމިއްލަ ކުދިންގެ ގޮތުގައި ކަމަށެވެ. އެހެންވެ ވީހާވެސް ގިނަ ކުދިން ސަލާމަތް ކުރެވޭތޯ ބެލީ ކަމަށް އޭނާބުނެފައި ވެއެވެ. މަހްރީން ޗައުދްރީ ގެ މަސައްކަތުން ވަނީ ވިއްސަކަށް […]
ދޮގުހެދުން ނޫން އެހެން ކަމެއްނުކުރާ މީހަކުގެ ބަސް އަހަރެމެން ގަބޫލެއް ނުކުރާނަން: ހޫތީ މުޖާހިދުން

އިސްރާއީލުން އިއްޔެ ޔަމަނުގެ ހުދައިދާ ބަނދަރަށް ވައިގެ މަގުން ހަމަލާދީފިއެވެ. މިއީ މި މަހުގެ ތެރޭގައި އިސްރާއީލުން ދިން ދެވަނަ ހަމަލާއެވެ. އިސްރާއީލުން އީރާނަށް ހަމަލާ ދިން ގޮތަށް ހޫތީންގެ ޔަމަނަށް ހަމަލާދީ ވިރާނާ ކޮށްލާފާނެކަމުގެ ބިރުވެރިކަން އަނެއްކާވެސް އުފެދިއްޖެއެވެ. އިސްރާއީލުން ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނަށް ހަމަލާދެމުންގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އިއްޔެގެ ހަމަލާތަކަށފަހު އިސްރާއީލުގެ ދިފާއީ ވަޒީރު ކަރްޒު ބުނެފައިވަނީ ޔަމަނަށްވެސް އިރާނަށް ކޮށްލި ވަރު ކޮށްލާނެ ކަމަށެވެ. އޭނާ އިޝާރާތް މިކުރަނީ […]
އިސްރާއީލުގެ ހަމަލާތައް ސީރިއާ ރައީސްގެ ގަނޑުވަރާ ހަމަޔަށް

ސީރިޔާގެ މިހާރު ރައީސް އަހްމަދު ޝަރާއު އަކީ އެމެރިކާއިން އެންމެ ބޮޑަށް ބޭނުން ވެގެން އުޅުނު އެމެރިކާއިން އެއްދުވަސްވަރެއްގައި މާނަކުރި އެންމެ ބޮޑު ޓެރަރިސްޓް އަދި އަލް ގާއިދާގެ މުޖާހިދު އަބޫ މުހަންމަދު އަލްޖަލާނީއެވެ. އެމަނިކުފާނު ޝަހީދު ކޮށްލި މީހަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއްވެސް އެމެރިކާއިން އޮތީ ހުށައަޅާފައެވެ. ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލެއްވުމަށްފަހު ސީރިޔާގެ ރައީސްކަން ލިބި ވަޑައިގަތުމުން އަހްމަދު ޝަރާޢު އިޚްތިޔާރު ކުރެއްވީ ކުރިން ސީރިޔާއަށް ވާގިވެރިވެ ދިން އީރާނާއި […]
ރެޑްސީން ދަތުރުކުރާ ބޯޓުފަހަރަށް އެހީ ފޯރުކޮށްދެވޭނެ ވަސީލަތެއް ޔޫރަޕުގެ ގައުމުތަކުގައި ނެތް

ހޫތީ މުޖާހިދުންގެ ހަމަލާތައް އަލުން ފެށުމާއެކު ޖެހިޖެހިގެން 2 ބޯޓު ވަނީ ފައްތާލާފައެވެ. ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަރަކާތްތެރިވަމުންގެންދާ ޔޫރަޕިއަން ޑިފެންސްގެ ކޮމާންޑަރ ރެއަރ އެޑްމިރަލް ވަސިލޯސް ރިޕަރިސް ބުނެފައިވަނީ އެއިން އެއްވެސް ބޯޓަކުން އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެދިފައި ނުވާކަމަށެވެ. އަދި ރެޑް ސީގެ ތެރެއިން ދަތުރުކުރާ ބޯޓުފަހަރަށް ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދެވިދާނެ މިންވަރަށް ޔޫރަޕްގެ ގައުމުތަކުގައި މަނަވަރުވެސް ދޫކުރެވެން ނެތް ކަމަށެވެ. ޔޫރަޕްގެ މިޝަނުން ބަލަމުން ގެންދަނީ ދިފާއީ ގޮތުން ފޯރުކޮށްދެވިދާނެ އެހީތަކަށެވެ. އެ […]
20އަހަރު ކޯމާގައި އޮންނެވުމަށްފަހު ސައޫދީ ޕްރިންސް އަލް ވަލީދް ބިން ޚާލިދު އަވަހާރަ ވެއްޖެ

”ސްލީޕިންގ ޕްރިންސް“ގެ ނަމުން މަޝްހޫރުވެފައިވާ ސައޫދީ ޕްރިންސް އަލް ވަލީދް ބިން ޚާލިދު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވިކަން އިއުލާން ކުރައްވާފައިވަނީ ބައްޕަ،ޕްރިންސް ޚާލިދު ބިން ޠަލާލް އެވެ. ޕްރިންސް އަލް ވަލީދް ބިން ޚާލިދު ބިން ޠަލާލް ކޯމާގެ ހާލަތަށް ދިޔައީ ކިޔަވާ ވިދާޅުވަން ލަންޑަންގައި ހުންނެވިއިރު 2005 ވަނަ އަހަރު ހިނގި ނުރައްކާތެރި ޓްރެފިކް އެކްސީޑެންޓަކަށް ފަހުއެވެ. އެދުވަހުން ފެށިގެންވެސް ލައިފް ސަޕޯޓުން ނަގަން ބައްޕާފުޅު ޕްރިންސް ޚާލިދު ބިން ޠަލާލް ވަނީ ދެކޮޅު […]
އިންޑޮނީޝިޔާގައި ބޭބީ ޓްރެފިކް ކުރާބަޔަކު ހައްޔަރުކޮށްފި: ބަނޑުގަ އޮއްވާ ދަރިފުޅު ރިޒާރވް ކޮށްފައި އެބަހުރި

އިންޑޮނީޝިޔާގައި ބޭރު ގައުމުތަކަށް ތުއްތުކުދިން ވިއްކަމުން ގެންދިޔަބަޔަކު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ. މި މީހުން 2023ން ފެށިގެން މަދުވެގެން 25 ބޭބީ ނުވަތަ އެންމެ ތުއްތު ފުރައިގެ ކުދިން ސިންގަޕޫރުގެ އެކިފަރާތްތަކަށް ވިއްކާފައިވާކަމަށް ވެއެވެ.އިންޑޮނީޝިޔާގެ ދެ ސިޓީއެއްގައި މި ހަރަކާތް ހިންގަމުން ދިޔައިރު މިކަމުގައި ބައިވެރިވި 13 މީހަކު ވަނީ މިހާރު ހައްޔަރު ކޮށްފައެވެ. އަދި ވަރަށް އަވަހަށް ބޭރަށް ފޮނުވުވުމަށް ތައްޔާރު ވަމުންދިޔަ ހަ ކުދިން ވަނީ ސަލާމަތް ކޮށްފައެވެ. މިހުރިހާ ކުދިންނަކީވެސް އެއްއަހަރުން […]