ޖަޕާނުގެ އިންތިޚާބު ބޮޑުވަޒީރު ޓަކައީޗީގެ ޕާޓީން ކާމިޔާބުކޮށްފި

ޖަޕާނުގައި އާދީއްތަ ދުވަހު ބޭއްވުނު އާންމު އިންތިޚާބް، ބޮޑުވަޒީރު ސަނާއޭ ޓަކައީޗީ ގެ ލިބަރަލް ޑޮމޮކްރެޓިކް(އެލް.ޑީ.ޕީ) ޕާޓީން، ބޮޑުތަފާތަކުން ކާމިޔާބް ކޮށްފިއެވެ. މިތާރީހީ ކާމިޔާބީ އާއި ގުޅިގެން ޖަޕާނުގެ ސްޓޮކް މާކެޓް ހޯމަ ދުވަހު ހުޅުވާލުމާއި އެކު ހިއްސާގެ އަގުތައް މައްޗަށް އަރައިގެން ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އާދީއްތަދުވަހުގެ އިންތިހާބުގައި، މަޖިލީހުގެ 465 ގޮޑީގެ ތެރެއިން އެލް.ޑީ.ޕީ އިން ވަނީ 316 ގޮޑި ކާމިޔާބު ކޮށްފައެވެ.މިއީ 1947 ވަނަ އަހަރު ޖަޕާނުގެ މަޖިލީހުގެ ތިރިގެ މިހާރުގެ ގޮތަށް […]

ކުރިޔަށް އޮތް ހައްޖު މޫސުމަށް ވިސާދޫކުރަން އާދީއްތަ ދުވަހު ފަށާނެ

ކުރިޔަށް އޮތް ހައްޖު މޫސުމަށް ވިސާދޫކުރަން އާދީއްތަ ދުވަހު ފަށާނެ ކަމަށް ސައޫދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން އިއުލާން ކޮށްފިއެވެ. ޝައުބާން މަހުގެ ވިހިވަނަ ދުވަހާދިމާކޮށް ވިސާދުކުރަން ފަށަނީ ހައްޖުގެ ދުވަސްވަރުގެ ހަތަރުމަސް ދުވަސް ކުރިންނެވެ. ސައޫދީ އިދާރާތަކުން ބުނި ގޮތުގައި މިހާ އަވަހަށް ވިސާދޫކުރަން ފަށަނީ ހައްޖުގެ އަޅުކަމަށް ފުރިހަމަޔަށް ތައްޔާރުވުމަށް އިދާރާތަކަށާ އަދި ހައްޖާޖީންނަށްވެސް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި މިއީ ސައޫދީ ސަރުކާރުން އެކުލަވާލާފައިވާ ”ވިޝަން 2030“ އާއި […]

ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 31 މީހުން މަރުވެ، ގިނަބަޔަކު ޒަޚަމް ވެއްޖެ

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ މިސްކިތެއްގައި މިއަދުގެ ހުކުރު ވަގުތު ބޮމެއް ގޮއްވާލުމުގެ ސަބަބުން 31 މީހުން މަރުވެ 170 މީހުންނަށް އަނިޔާތައް ލިބިފައިވާކަމަށް ޚަބަރުލިބެއެވެ. މިއީ 2023 ވަނަ އަހަރު ޕެޝާވަރުގައި ދިން ބޮމުގެ ހަމަލާއަށްފަހު ދިން އެންމެ ބާރުގަދަ ބޮމުގެ ހަމަލާއެވެ. އެފަހަރުގެ ހަމަލާގައި ސަތޭކައަށްވުރެގިނަ މީހުން ވަނީ މަރުވެފައެވެ. ލެއިން ފޯވެފައިވާ ހަށިތައް މިސްކިތުގެ ކާޕެޓް މައްޗަށް ވެޓިފައިވާތަން، ބޮން ގޮއްވާލި ތަނުގެ ފޮޓޯތަކުން ފެންނަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި މުޅިތަނުގައި ތެޅިފައިވާ […]

ބަންގްލާދޭޝްގައި ”ޖެން-ޒީ“ ނިކުމެ ޚުދުމުޚްތާރު ވެރިކަމެއް ވައްޓާލި ނަމަވެސް އަނެއްކާވެސް ”މުސްކުޅި“ ބާރުތައް އެނބުރި އައުމުގެ ކޮޅުމަތި ފެންނަން ފަށައިފި

ބަންގްލާދޭޝް ގެ އާންމު އިންތިޚާބް ފެށޭ ހަފްތާގައި ބޭއްވުމުގެ ތައްޔާރީތައް ކުރިޔަށް ދާއިރު، ޖެންޒީ ނިކުމެ ޚުދުމުޚްތާރު ވެރިކަމެއް ވައްޓާލި ނަމަވެސް އަނެއްކާވެސް ”މުސްކުޅި“ ބާރުތައް އެބުރި އައުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ޝޭހް ހަސީނާގެ ވެރިކަމާ ދެކޮޅަށް ޒުވާނުން ނިކުމެ ކުރި މުޒާހަރާތަކާދެކޮޅަށް ސިފައިން ހާލަތާ ނުބައްދަލް ބާރު ބޭނުން ކޮށް ގިނަ ބަޔަކު މަރުވެގެން ދިޔަ ނަމަވެސް ޒުވާނުން ހިއްވަރު ދޫކޮށްފައެއް ނުވެއެވެ. އެންމެ ފަހުނުން ޝޭޚް ހަސީނާއަށް މަގާމުން […]

އިންޑިޔާގައި ދެދީނެއްގެ ޒުވާނުން ކައިވެނި ކުރުމުން އެމީހުން މަރާ މައްސަލަ ބޮޑުވެފައި  

އިންޑިޔާގައި ދެ ދީނެއްގެ ޒުވާނުން ކައިވެނި ކުރުމުން އެމީހުން މަރާލާ މައްސަލަ ވަރަށް ބޮޑުވެފައިވާކަމަށް ޚަބަރުލިބެއެވެ. މިމައްސަލަ މިވަގުތު އެންމެ ބޮޑުވެފައިވާ އެއް ތަނަކީ  އުއްތަރުޕްރަދޭޝް ގެ އުތުރު ހިސާބެއްގައިވާ އުމްރީ ކިޔާ ކުޑަ އަވަށެކެވެ. ނިމުނު ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުވެސް ވަނީ އެއަވަށުން އެފަދަ ދެމީހުންގެ ހަށިގަޑު ފެނިފައެވެ. މަރާލާ ވަޅުލާފައިވަނޮށް ފެނުނު އަންހެން ކުއްޖާއަކީ 19 އަހަރުގެ ހިންދޫ ދީނުގެ މީހެކެވެ. އޭނާކައިވެނި ކުރިކަމަށްބުނާ،އުމުރުން 27 އަހަރުގެ މުހައްމަދު އަރުމާން އަކީ […]

ދުނިިޔޭގައި ކުރެވޭ މާލީ މުއާމަލާތުތަކުގައި ބްރިކްސްގެ ފުރަތަމަ ފިޔަވަޅު

ދުނިޔޭގައި ކުރެވޭ މާލީ މުއާމަލާތުތަކުގައި އެމެރިކާ ޑޮލަރުގެ ބޭނުން އެއްފަރާތްކުރަން ބްރިކްސްގައި ހިމެނޭ ގައުމުތަކުން ކުރަމުންގެންދާ މަސައްކަތަކީ މި ވަގުތަށް ތަންކޮޅެއް ދުރު ހުވަފެނެކޭ ބުނެވިދާނެއެވެ. އެހެންނަމަވެސް އެމެރިކާގެ ސްވިފްޓްގެ ބަދަލުގައި އެ ޖަމާއަތުން ތަޢާރުފް ކުރަން ގަސްދުކުރާ ޑިޖިޓަލް ފައިސާގެ ނިޒާމް އޮތީ އަތުޖެހޭ ހިސާބު ކައިރީގައެވެ. މިއަހަރު ފަހުކޮޅު ބްރިކްސް ޖަމާއަތުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުން އިންޑިއާގައި ބޭއްވުމުގެ އިންތިޒާމްތައް ކުރެވެމުންދާއިރު އެޖެންޑާގައި އެންމެ އިސް ކަމެއްގެ ގޮތުގައި ފޯކަސް ކުރެވޭނެކަމަށް ބެލެވެނީ އެ […]

އިނގިރޭސިވިލާތުން ބިމަށް ތުން ހަރާލައިގެން ނުތިބޭނެ: ބޮޑުވަޒީރު ސްޓަމަރ

ދުނިޔޭގައި ދެވަނައަށް އެންމެ ބިޔަ އިގްތިސާދުގައި އިނގިރޭސި ވިލާތުގެ ކުންފުނިތަކަށް ލިބިދާނެ ފުރުސަތުތައް ދެނެގަތުމަށްޓަކައި ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި މިދިޔަ ހުކުރުދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓަމަރ، ޗައިނާގެ ވިޔަފާރި މަރުކަޒް ޝެންގހާއި އަށް ވަޑައިގެންފިއެވެ. ބޮޑުވަޒީރު ޗައިނާއަށް މި ވަޑައިގަތީ ލަންޑަނާއި ބެއިޖިންގ ވެވޭ ކޮންމެ އެއްބަސްވުމަކަށް އެމެރިކާއިން ދެކޮޅު ހައްދަވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މިއީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރަކު ފާއިތުވެގެންމިދާ 8 އަހަރު ދުވަހުގެތެރޭގައި ޗައިނާއަށް ކުރެއްވި […]

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ނަގާ ފީ %50 ކުޑަކޮށްފި

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ނަގަމުން އަންނަ ފީއާއި ކެޓަގަރީ ފީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން 50 އިންސައްތައަށް ކުޑަކޮށްފިއެވެ. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް، ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިންތިޤާލީ އުސޫލުގެ ދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުމަށް ނަގަމުންދާ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ކުޑަކުރުމަށް ނިންމާފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެ އޮތޯރިޓީން ބުނިގޮތުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ 50 […]

ރިޝްވަތު ނެންގެވުމުގެ ކުށުގައި ދެކުނު ކޮރެޔާގެ ކުރީގެ ފަސްލޭޑީ ޖަލަށް ލައިފި

ރިޝްވަތު ނެންގެވުމުގެ ކުށުގައި ދެކުނު ކޮރެޔާގެ ކުރީގެ ފަސްލޭޑީ ކިމް ކިއޯން ހީ، 20 މަސްދުވަހަށް ޖަލަށް ލައިފިއެވެ. އެ ކަމަނާގެ މައްޗަށް ކުރެވުނު އެހެން ދެ ދައުވާއެއްވަނީ ސާބިތު ނުވެފައެވެ. އެއީ ސްޓްކް އެކްސްޗޭންޖް ގެ އަގުތައް ކޮންޓޮރޯލް ކުރުމަށް އުސޫލުން ބޭރުން ފިޔަވަޅުތަކެއް އެޅުއްވުމާއި އަދި އޮޕީނިއަން ޕޯލް ތައް ކޮންޓްރޯލް ކުރެއްވުމަށް ކަންތައްތަކެއް ކުރެއްވުމެވެ.ކުރީގެ ފަސްޓްލޭޑީ ކިމް ކިއޯން ހީ މިމޭރުމުން ކަންތައް ކުރައްވާފައިވާކަމަށް އަޑުފެތުރިގެން ދިޔައީ 2022 ވަނަ އަހަރު ބޭއްވުނު […]

ރަޖަބު މަހު އެކަނިވެސް 14.8 މިލިއަން މީހުން އުމްރާއަށް ދިޔަ

ސައޫދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހާމަ ކޮށްފައިވާ ގޮތުގައި ނިމުނު ރަޖަބް މަހު އެކަނި 14.8 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކޮށްފައިވެއެވެ. މީގެ ތެރެއިން ދެމިލިއަނަށް ވުރެގިނަ މީހުން ގޮސްފައިވަނީ ގައުމުން ބޭރުންނެވެ. އުމްރާއަށް ދިޔަ މީހުން ގެ އަދަދު މިހާ މަތިވެފައިވަނީ ސައޫދީ ސަރުކާރުން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް އަދި އިތުރު ޚިދުމަތްތައް ތައާރަފްކޮށްފައި ވުމުން ކަމަށް ޚަބަރުތައް ބުނެއެވެ. ހައްޖު އަދި އުމްރާ އަދާކުރުމަށްދާ […]