ދެބަސްވުންތަކަށް ސިޔާސީ ހައްލެއް ހޯދަންކުރާ މަޝްވަރާގައި މިލިޓްރީންނަށް ޖާގަ ނުދެވޭނެ

އެމެރިކާއާއި އީރާނުގެ ދެބަސްވުންތަކަށް ސިޔާސީ ގޮތުން ހައްލެއް ހޯދަން އޮމާނުގެ ވެރިރަށް މަސްކަތުގައި އެމެރިކާއާއި އީރާނުގެ ވަފުދުން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ރައީސް ޓްރަމްޕްގެ ޚާއްސަ އެންވޯއި ސްޓީވް ވިކްޓޯފް އަދި ރައީސް ޓްރަމްޕްގެ ދަނބިދަރި ޖެރާޑް ކުޝްނަރ ގެއިތުރުން އެމެރިކާގެ މިލިޓްރީގެ އެޑްމިރަލް ބްރެޑް ކޫޕަރ ބައިވެރިވެ ވަޑައިގަތުމުން އެ މަޝްވަރާތައް ބޭއްވުނު ކޮޓަރިކޮޅުން ނިކުމެ ވަޑައިގަންނަވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީ ވިދާޅުވީ މިއީ މިލިޓްރީ ސްޓްރެޓެޖީއެއް ރާވަން ބޭއްވޭ މަޝްވަރާތަކެއް ނޫންކަމަށާއި ސުލްހަވެރި […]
އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށައިފި

އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށައިފިއެވެ. މިކަން ވަނީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރުވެސް ޔަގީން ކޮށްދެއްވާފައެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި މިހަމަލާ ތަކުގެ އަމާޒަކީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ނިޒާމުގެ ބާރު ކަނޑުވާލުމެވެ.އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވެސް ވަނީ ވައިގެ މަގުންނާއި އަދި ކަނޑުމަގުން އީރާނަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. އަދި މިހަމަލާ ތަކުގެ ބޭނުމަކީ އީރާނުގެ މިސައިލް ނިޒާމް ހަލާކުކޮށްލުންކަމަށް ބުނެފައިވެއެވެ. އީރާނުން ލިބޭ ޚަބަރު ތަކަށް ބަލާއިރު ހެނދުނު އެތާގަޑިން ދިހައެއްޖަހާއެހާއިރު ވެރިރަށް […]
ނޭޕާލްގައި ފަރުބަދަ މަތިން ބަހެއް ވެއްޓި 19 މީހަކު މަރުވެ 25 މީހަކު ޒަހަމްވެއްޖެ

ނޭޕާލްގައި ފަރުބަދަ މަތިން ދަތުރު ކުރަމުންދިޔަ ބަހެއް ވެއްޓި 19 މީހަކު މަރުވެ 25 މީހަކު ޒަހަމްވެއްޖެއެވެ. ހައިވޭއަކުން ވެއްޓުނު މި ބަސް ދަތުރުކުރަމުން ދިޔައީ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށެވެ. ފުލުހުން ބުނީ ގިނަ އަދަދެއްގެ ފަސިންޖަރުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ އެ ބަސް ވެއްޓުނީ ޕްރިތުވީ ހައިވޭގައި ދަތުރު ކުރަމުންދަނިކޮށް ކަމަށެވެ. އޭބީސީ ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ބަސް ވެއްޓުނީ ކަތުމަންޑޫގެ ހުޅަނގުން 80 ކިލޯމީޓަރު ދުރުގައި އޮންނަ ބެނިގަޓް […]
މުސްލިމް ވަރލްޑް ލީގުގެ ބެލުމުގެ ދަށުން 70ހާސް މީހުން ޤުރުއާން ހިތުދަސްކޮށްފި

މުސްލިމް ވަރލްޑް ލީގުގެ ފަރާތުން ހިންގާ ޚާއްސަ ކްލާސް ތަކުގައި ބައިވެރިވެގެން ކީރިތި ޤުރުއާން ހިތުދަސް ކުރި 70ހާސްމީހުންގެ ގްރެޖުއޭޝަން ބާއްވައިފިއެވެ. ރުވަންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ގްރެޖުއޭޝަން ޖަލްސާގެ ޝަރަފްވެރި މެހްމާންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މުސްލިމް ވަރލްޑްލީގް ގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ މުހައްމަދު އަލް އީސާ އެވެ. އޭނާއަކީ އޯގަނައިޒޭޝަން އޮފް މުސްލިމް ސްކޮލާސް ގެ ޗެއާމަންވެސް މެއެވެ. ކީރިތި ޤުރުއާން ހިތުދަސް ކުރި ޒުވާނުންނާއި މީހުންނަކީ އެތައް ގައުމެއްގައި،ޚާއްސަކޮށް އެފްރިކާގެ ގިނަ […]
ދުނިޔޭގެ ފެންވަރުގެ އޭ.އައި ސަމިޓެއް އިންޑިޔާގައި ބާއްވަނީ

”އޭއައި އިމްޕެކްޓް ސަމިޓް“ ގެ ނަމުގައި ބާއްވާ މުހިއްމު ސަމިޓް ބައްދަލުވުމެއް މާދަމާ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ފެށޭނެއެވެ. މިބައްދަލުވުން ވެގެންދާނީ އާޓިފިޝަލް އިންޓެލިޖަންސްގެ ދާއިރާއިން މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ފަރާތްތަކާ، ތަފާތު އެތައް ލީޑަރުންނާއި އަދި އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތައް އެއްކޮށް ފެނިގެންދާނެ މުހިއްމު މަޖިލީހަކަށެވެ. އާޓިފިޝަލް އިންޓެލިޖަންސް ނުވަތަ އޭއައި އަކީ އިލެކްޓްރިސިޓީ ގެ އީޖާދަށް ފަހު ދުނިޔެއަށް ބޮޑެތިފަސޭހަތަކަކާއި ބޮޑު ބަދަލުތަކެއް ގެންނަމުންދާ ޓެކްނޮލޮޖީއެއް ކަމަށްވާއިރު، އޭއައި އަށް މިވަގުތު ވަނީ ދުނިޔޭގެ […]
ބަންގްލާދޭޝްގައި ބޭއްވުނު އާންމު އިންތިޚާބުގައި ބަންގްލާދޭޝް ނެޝަނަލިސްޓް ޕާޓީއަށް ބޮޑުމެޖޯރިޓީއެއް ލިބިއްޖެ

ބަންގްލާދޭޝް ގައި ބުރާސްފަތިދުވަހު ބޭއްވި އާންމު އިންތިޚާބްގައި، އަވަހާރަވެފައިވާ ކުރީގެ ބޮޑުވަޒިރު ޚާލިދާ ޒިޔާގެ ބަންގްލާދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ބޮޑު އަގުލަބިއްޔަތެއް ލިބިއްޖެއެވެ.ޕާޓީގެ މިހާރުގެ ލީޑަރަކީ ޚާލިދާގެ ދަރިކަލުން ޠާރިގް ރަހްމާން އެވެ. އޭނާ މީގެ ކުރިން ހުންނެވީ އަމިއްލަފުޅަށް އިގިރޭސިވިލާތަށް އަރުވާލެއްވިގެންނެވެ. އެއީ ޝެއިހް ހަސީނާގެ ވެރިކަމުގައި އޭނާގެ މައްޗަށް ތަފާތު ކުށްތައް ސާބިތުކުރުމާއި ގުޅިގެން އެހުކުމްތަކުން ނެއްޓި ލަންޑަންއަށް ވަޑައިގެންނެވުމަށްފަހުއެވެ. އޭނާ ވިދާޅުވި ގޮތުގައި އެހުކުމް ތަކަކީ ސިޔާސީ މަގްސަދެއްގައި އޭނާގެ […]
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 18،600 އަށްވުރެ ގިނަ މިސްކިތް ފުރިހަމަކުރުމުގެ މަސައްކަތްކޮށްފި

ފެށެން އުޅޭ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ސައޫދީ އަރަބިއްޔާގައި، 18،600އަށް ވުރެ މިސްކިތް އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތުން ބޮޑުބައެއްނިމި،އަދިވެސް ބައެއް މަސައްކަތްތައް ކުރިޔަށްދާ ކަމަށް ޚަބަރު ލިބެއެވެ. މިގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް އިން މިސްކިތްތަކަށް އަމާޒުކޮށް 102 ދާއިރާއަކުން މެއިންޓެނަންސްގެ މަސައްކަތްތައް އަދިވެސް ފުރިހަމަ ކުރަމުން ދާކަމަށް ވެއެވެ. މިޕްރޮގްރާމްގެ ދަށުން 18،691 މިސްކިތެއްގައި ސާފުތާހިރު ކުރުން،ފެންވަރު މަތިކުރުން،ހިންގުމުގެ އިންތިޒާމްތައް ރަގަޅުކުރުން، ޓެކްނިކަލް މައްސަލަތައް ރަގަޅު ކުރުން ފަދަ […]
އެޕްސްޓައިން ގޭންގުގެ މުޑުދާރު ފައިލުން ކުޑަ މިންވަރެއް

އެޕްސްޓެއިން ފައިލްތަށް ލީކުވެ، ދުނިޔޭގެ ބޮޑެތި ގައުމުތަކާ އަދި ބައެއް އިސްލާމީ ގައުމުތަކުގެ ވެރިންވެސް މި ނެޓްވޯކްގެތެރޭގައި ވާކަން ހާމަވުމަކީ އެއީ އާދައިގެ ކަމެއް ނޫނެވެ. މިކަމަކީ ދުނިޔޭގެ ރިކޯޑް ކުރެވިފައިވާ ހިސްޓްރީގައި މިހާހިސާބަށް އެއްވެސް ޒަމާނެއްގައި ހިންގާފައިވާކަން އެގެން ނެތް ފާހިޝް އަދި ވަޙުޝީ އަމަލުތަކެކެވެ. އިންސާނެއްގެ ހިތަށްވެސް ނުގެނޭވޭފަދަ ޝައިޠާނީ އަމަލުތަކެކެވެ.އޭގެތެރޭގަ ތުއްތު ކުދިން މެރުމާއި، ޝައިޠާނާއަށް ގުރުބާން ކުރުމާއި، މިނިމަސް ކެއުން ހިމެނޭ ކަމުގައި ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.ދުނިޔޭގެ ވަރުގަދަ އެއް މިލިޓަރީ […]
ސޮމާލިޔާގައި މަތިންދާ ބޯޓަކަށް މައްސަލައެއް ދިމާވުމުން މޫދުގައި ބޯޓުޖައްސާ އެންމެން ސަލާމަތްކޮށްފި

ސޮމާލިޔާގެ އެއާޕޯޓެއްގައި ޖައްސަން އުޅުނު ބޯޓަކަށް ޓެކްނިކަލް މައްސަލަ އެއް ކުރިމަތިވުމުން މޫދުގައި ބޯޓުޖައްސާ އެންމެން ސަލާމަތް ވެއްޖެ ސޮމާލިޔާގެ ވެރިރަށުގައި އޮންނަ އިންޓަރނޭޝަލް އެއާޕޯޓްގައި ޖައްސަން ދިޔަ މަތިންދާބޯޓަކަށް ޓެކްނިކަލް މައްސަލަ އެއް ކުރިމަތިވުމުން، ކެޕްޓަން ހިކުމަތްތެރިކަމާއިއެކު މޫދުގެ ތިލަ ހިސާބެއްގައި ބޯޓުޖައްސާ އެއްމެން ސަލާމަތް ކޮށްފިއެވެ. މިކަމާބެހޭގޮތުން ބޯޓު ނިސްބަތްވާ ސްޓާ ސްކައި އެވިއޭޝަނުން ވަނީ ޕައިލެޓްގެ ކުއްލި ނިންމުމަށް ތައުރީފް ކޮށްފައެވެ.މިހާދިސާ ހިނގި އިރު ބޯޓުގައި 55 މީހުން ތިއްބެވެ.އެއީ 50 ފަސިންޖަރުންނާއި […]
ކަނޑުމައްޗަށް ދޫކޮށްލާފައި ހުންނަ ބޮޑެތި ބޯޓުތައް ގިނަ ވަނީ

ބޮޑެތި ތެޔޮ އުފުލާ ޓޭންކަރުތަކާއި އެހެންވެސް ބޮޑެތި ވިޔަފާރި އުޅަދުތައް ،އޭގެ ވެރިފަރާތުން ދޫކޮށްލާފައި ހުންނަ އަދަދު ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭ ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިހެންވަމުންދާ ސަބަބަކީ ކޮބާހެއްޔެވެ؟ އަދި މިކަމުން ބޯޓުތަކުގައި މަސައްކަތްކުރާ މީހުންނަށް،ނުވަތަ އެ އިންޑަސްޓްރީއަށް ކުރާ އަސަރަކީ ކޮބާ ހެއްޔެވެ؟ ޗައިނާގެ ޓެރިޓަރީން ބޭރަށް ދޫކޮށްލާފައި އޮތް ރަޝިޔާގެ ބޮޑު އޮއިލް ޓޭންކަރެއްގައި މަސައްކަތް ކުރާ މީހަކު ބީބީސީ އަށް ކިޔާދިން ގޮތުގައި ބޮޑެތި […]