ދިވެހި މަސްވެރިންނަކީ މިހާރު ދައުލަތުން ދަންނަ ބަޔަކަށް ވެއްޖެ: ޝިޔާމް

ދިވެހި މަސްވެރިންނަކީ މިހާރު ދިވެހި ދައުލަތުން ދަންނަ ބަޔަކަށް ވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް ވިދާޅުވީ މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ރަހުނަކާ ނުލައި 300،000 ރުފިޔާއާއި ހަމައަށް މަސްވެރިންނަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމަށްފަހު ވާހަކަދައްކަވަމުންނެވެ. އެގޮތުން ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް […]