ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މުޢާޒް އިސްތިއުފާ ދެއްވައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މުޢާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ. މިއަދުން ފެށިގެން ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވައި ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީ މުޢާޒް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. މުޢާޒް ވިދާޅުވީ ފެނަކައިގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު، ހަމައެކަނި ހިންގުމުގެ ޚަަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށާއި، މި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ހިއްސާކުރެވިފައިވާ […]
ފެނަކަ އިން ވެސް ޖޫން މަހުގެ ބިލުން 40 އިންސައްތަ ޑިސްކައުންޓް ދެނީ

ޖޫން މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުންވެސް ނިންމައިފިއެވެ. ފެނަކަ އިން ބުނީ، އެ ކުންފުނިން ޖޫން މަހުގެ ރީޑިން ނަގާފައިވާނީ ގޭގެއަށް ގޮސްގެން ކަމަށެވެ. އަދި ބިލު ބޮޑުވެގެން ލިބުނީ އެންމެ ޝަކުވާއެއް ކަމަށާއި، އެކަމާ ގުޅިގެން ބެލި ބެލުމުން ފާއިތުވި ތިން މަހުގެ ތެރެއިން އެންމެ ކަރަންޓު ޔޫސޭޖު ކުޑައީ ޖޫން މަހު ނަމަވެސް، ސަބްސިޑީ ނުހިމަނާ ފޮނުވާފައިވާ ބިލަކަށްވާތީ، ބިލުގެ އެމައުންޓު ބޮޑު ކަމަށް ދައްކާ ކަމަށެވެ. […]