ފައިނު އެކްސިޑެންޓުގައި އަނިޔާވި ބޮޑު މީހަކާއި ކުޑަކުއްޖަކު މާލެ ގެނެސްފި

ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބޮޑު މީހަކާއި ސްކޫލް ދަރިވަރަކު މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، އެކްސިޑެންޓުވި ދެ މީހުންގެ ތެރޭން އެކަކުގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، އަނެއް މީހާއާއި ކުޑަ ދެ ކުދިންނަށްވެސް އެކިވަރުގެ ބޮޑެތި އަނިޔާތައް ވެފައިވެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ އެ ރަށު ސޯސަންމަގުގައި ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވަންތިބީ […]

ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އެ ރަށު ސޯސަންމަގުގައި ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އަދި މި ސައިކަލު ދުއްވަންތިބީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ރ. ފައިނު ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބިފައިވެއެވެ.

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެއަށް

އަންގާރަ ދުވަހުގެ ރޭ ޅ. މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ޑިންގީގެ ކެޕްޓަނަށާއި އިތުރު މީހަކަށް ކަމަށާއި، އެ މީހުން މާލެ ގެނައީ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ އެކްސިޑެންޓުވި ޑިންގީ ގެއްލިފައިވާކަމަށާއި، ބޮޑަށް […]

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. އެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިސްކަންދަރު ބިލްޑިންގްގައެވެ. އެ ރަސްމިއްޔާތުގައި ހުވާކުރި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޢަބްދުލް ނާސިރު ޝަފީޤުއެވެ. މި ރަސްމިއްޔާތުގައި، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް […]

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅާއެކު ބ. ގޮއިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ބ. ގޮއިދޫ / ފަތިސް، ޔާމީން ފައިޞަލް (34އ) އެވެ. އޭނާ ހައްޔަރުކުރުމަށް އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ ޔާމީން ފައިސަލް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ […]

މާލޭގެ ގެއެއް ބަލައި ފާސްކޮށް 193 ގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

 މާލޭގެ ގެއެއް ބަަލައިފާސްކޮށް 193 ގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ / މަންޒިލް، އަޙްމަދު ސަމާޙް (38އ) އާއި މާލެ / މ. ޑޭޒީ، މުޙައްމަދު ޖުމައިލް (35އ) އެވެ. ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މި ޖޫން މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން އެ […]

ގެއެއްގެ ދެވަނަ ފަންގިފިލައިން ވެއްޓުނު އަންހެނަކަށް ފަރުވާދެނީ

މާލޭގެ ގެއަކުން ރޭ ފަތިހުގެ ވަގުތެއްގައި ވެއްޓުނު އަންހެންނަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދެމުންދާކަމުގެ މަޢުލޫމާތުލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލައިން ވެއްޓިފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނެކެވެ. ރޭ ފަތިހު 4.00ހާއިރު ވެއްޓުނު އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު، ފުލުހުން ބުނީ އޭނާގެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެފައިވާކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށްވާތީ، އިތުރު ތަފުސީލެއް ދީފައެއް […]

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި އަނެއްކާވެސް ޒައިދާން ހައްޔަރުކޮށްފި

ގިނަ ފިހާރަތަކަކަށް ފޭކް ސްލިޕް ފޮނުވި މައްސަލައިގައި މީގެ ކުރިންވެސް އެތައް ފަހަރަކު ހައްޔަރު ކުރި ޒައިދާން މުޙައްމަދު ހާޝިމް (28އ) އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ. ފުލުހުން […]

މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހި، ނިރޮޅުމަގުގައި ކަފިހިހުރަހެއްގެ މަތިން ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދައި، ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ) ކަމަށާއި، އޭނާގެ އަތުގައި ލައިސަންސް ނެތްކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. […]

ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ތުއްތު ކުއްޖަކަށް އަނިޔާވެއްޖެ

އއ. ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހި އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، އެކުއްޖާ އިމަޖެންސީގައި މާލެ ގެނެސް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން ކަމަށް ޚަބަރު ލިބެއެވެ. ދެ ފިރިހެނުން ތިބި މި ސައިކަލު ޓޯވކޮށްފައި ވީނަމަވެސް، މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.