ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެ

މާލޭގެ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2.15ހާއިރު ކަމަށެވެ. ނިޔާވެފައި އޮއްވައި ފެނިފައިވަނީ ނ.ވެލިދޫ ފެހިވިލާގޭ އުމުރުން 32 އަހަރުގެ އިބްރާހީމް ޝިފާދު ކަމަށާއި، މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
މާލޭން މީހަކު ގެއްލިގެން ހޯދަނީ

މާލޭން މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ފުވައްމުލައް ސިޓީ، ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) ކަމަށެވެ. ޖޫން 25ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެގެން، ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖުލައި 2ވަނަ ދުވަހު ކަމަށާއި، އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަންފަށާފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ގަލޮޅު ޕޮލިސް ސްޓޭޝަން […]
އައްޑޫ ސިޓީގައި މަގުހުރަސްކުރި ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި މަގުހުރަސްކުރި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި މިރޭ ސައިކަލަކުން ޖެހިއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި، އުމުރުން ދުވަސްވީ ފިރިހެނަކު ކަފިހިހުރަސް މަތިން ހުރަސްކޮށްފައި މަގުގެ އަނެއް ފަޅިއާ އަރާ ހަމަވަނިކޮށް، ދުއްވާފައި އަންނަ ސައިކަލަކުން އެމީހާގެ ގައިގައި ޖެހެއެވެ. ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލުން ޖެހުމާއެކު މަގުހުރަސްކުރި މީހާއާއި ދުއްވަންއިން މީހާވެސް ވެއްޓެއެވެ. މި ހާދިސާގައި ދެ މީހުންނަށްވެސް ހޮސްޕިޓަލުން ފަރުވާދީފައިވާކަމަށާއި، ނަމަވެސް އެ މީހުންނަށް މާ ބޮޑު […]
މައްޗަންގޮޅީ ގެއަކުން ވަގަށްނެގި ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

މައްޗަންގޮޅީ ގެއަކުން އާދީއްތަ ދުވަހުގެ ރޭ ތިޖޫރީއެއް ވަގަށްނަގާފައިވާ މައްސަލައެއް ހުށަހަޅާފައިވާކަމަށާއި، އެއިން ވަގަށް ނަގާފައިވާ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ މީހާ ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ތަޙުޤީޤުގައި ސީސީޓީވީ ފުޓޭޖު ބަލައި، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު 11.00ހާއިރު މާވެޔޮމަގުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރޭން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ […]
މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން ޖުމުލަ 420 އުޅަނދު ޓޯކޮށްފި

ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ ސިޔާސަތުގެ ދަށުން، މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން މިހާތަނަށް ޖުމުލަ 420 އުޅަނދު ޓޯވކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މީގެތެރޭގައި ހިމެނެނީ މަޖީދީމަގުން ޓޯވކުރި ދެ ފުރޮޅުލީ 216 އުޅަނދާއި ހަތަރު ފުރޮޅުލީ 2 އުޅަނދާއި، އަދި ބޮޑުތަކުރުފާނުމަގުން ޓޯވކުރި ދެ ފުރޮޅުލީ 164 އުޅަނދާއި ހަތަރު ފުރޮޅުލީ 38 އުޅަނދު ކަމަށެވެ. އަދި މީގެތެރޭގައި، ތަކުރާރުކޮށް ޓޯވކޮށްފައިވާ ކާރަކާއި ސައިކަލެއް ހިމެނޭކަމަށް ފުލުހުން ބުނެއެވެ. މަޖީދީމަގާއި، […]
އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

ޖޫން މަހުގެ 23 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނަޓްވިލާ، އާދަމް ޖަނާން މުޙައްމަދު (26އ) ކަމަށާއި، މިއީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވަންއިން 38 އަހަރުގެ […]
އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި

އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަން ގުދަނުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން، ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. ފުލުހުން މިއަދު ބުނީ އޯކިޑް ބިލްޑިންގގައި ހުންނަ، މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި […]
މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރ. ދުވާފަރުން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ. މި ޖޫން މަހުގެ 26 ވަނަ ދުވަހު ހިންގި ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ހުރަސްތާ، ޢަބްދުﷲ ޢަލީ (33އ) އެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް […]
މާންދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ލ. މާންދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގައި 250 އެއްހައި މުވައްޒަފުންނަށް މައުލޫމާތު ދީފައިވެއެވެ. ފުލުހުންގެ ބުނީ މި ޕްރޮގްރާމުގައި، ވަޒީފާއާ ބެހޭ ގާނޫނާ ގުޅުންހުރި ބައިތަކާއި، ސްކޭމް މައްސަލަތައް އަދި ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނޫގެ މަގުސަދުތަކާއި، ވަޒީފާދޭ ފަރާތަށާއި ވަޒީފާ […]
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް 11 ދުވަސް ޖަހައިފި

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް 11 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޝިފާއުﷲ ސައީދު (44އ) ދޮންވެލި/ ގއ. ކޮލަމާފުށި އެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ކޮލަމާފުއްޓަށް އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި އޭނާ ކޮލަމާފުށްޓަށް ގޮސްފައި ވަނީ އާރްޓީއެލް ފެރީގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އޭނާ […]