ވެހިކަލް ދުއްވާނެ ރައްކާތެރި މަގުތައް ނުދެއްކޭނަމަ އެކްސިޑެންޓްތައް ހިނގާނެ

ފުލުހުން މަގުތަކަށް ނެރުމުގެ ބަދަލުގައި ވެހިކަލްތައް ދުއްވާނޭ ރައްކާތެރި އަމާން މަގުތަކެއް ނުދައްކާހާ ހިނދު ހިނގާ އެކްސިޑެންޓްތައް މަދު ނުކުރެވޭނެއެވެ. ހުޅުމާލެ ސިޓީ އަކީ ބޮޑެތި މަގުތައް ހަދާފައިވާ ރަށެކެކެވެ. ސައިކަލާއި ހަތަރުފުރޮޅުލީ ވެހިކަލާއި ބައިސްކަލް ދުއްވާނޭ ލައިންތަކެއް ހަދާފައިވާ ސިޓީއެކެވެ. އެހެނަސް މިދެންނެވި ލައިންތަކުގެ ބޭނުން ހިފޭނެގޮތެއް ނެތެވެ. އެހެނީ ސައިކަލް ދުއްވަން އިންނަ ލައިނުގާ ހުންނަނީ ކާރާ ލޮރީއާއި ސައިކަލް ޕާކު ކޮށްފައެވެ.         މި ދެންނެވި ވެހިކަލްތައް ޕާކުކޮށްފައި ހުންނަނީ ގަވާޢިދާ ޚިލާފަށެވެ. […]