އެސްޓީއޯ އިން ބާޒާރަށް މިރުސް ނެރެނީ ކަނޑޫދޫ ވިޔަފާރިވެރިންނަށް ގެއްލުން ނުވާގޮތަށް

އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ އަގުގައި ގަނެގެން، އެ ފައިދާ ރައްޔިތުންނަށް […]
އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެ

އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވަނީ ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައި ކަމަށެވެ. މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ […]
ކޮފީ އާއި ޗޮކްލެޓް އެކްސްޕޯޓް ކޮށްގެން ޖަރުމަނަށް ބޮޑު އާމްދަނީއެއް، އެއީ އެ ގައުމުގައި ހައްދާވެސް އެއްޗެއް ނޫން!

ކޮފީ ބީންސް ނުވެސް ހައްދާ ޖަރުމަނަށް 2023 ވަނަ އަހަރު ކޮފީ އެކްސްޕޯޓް ކުރުމުން 5.9 ބިލިއަން ޑޮލަރު ލިބިފައިވާއިރު، އެއީ 2022 ވަނަ އަހަރު މުޅި އެފްރިކާ ބައްރަށް ކޮފީއިން ލިބުނު 3.6 ބިލިއަން ޑޮލަރަށް ވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެކެވެ. ދުނިޔޭގައި ކޮފީ އުފައްދާ ގައުމުތަކުގެ އެންމެ މޮޅު ދިހަ ގައުމުގެ ތެރޭގައި އިތިއޮޕިއާ އާއި ޔޫގަންޑާ ހިމެނުނު ނަމަވެސް، ރޯސްޓް އަދި ޕެކޭޖްޑް ކޮފީ ޕްރޮސެސްކުރާ އަދި ބޭރުކުރާ ފަރާތެއްގެ ހައިސިއްޔަތުން […]
ބްރިކްސް ބޭންކުގެ ވައިސް ގަވަރނަރަކަށް އިންޑިއާގެ ރަޖީވް ރަންޖަން

ބްރިކްސްގެ ނިއު ޑިވެލޮޕްމެންޓް ބޭންކުގެ ވައިސް ޕްރެޒިންޓް އަދި ރިސްކް އޮފިސަރގެ މަގާމަށް އިންޑިއާގެ ޑޮކްޓަރ ރަޖީވް ރަންޖަން 5 އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކޮށްފިއެވެ. މަރުކަޒީ ބޭންކިންގ ދާއިރާގައި 30 އަހަރުގެ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ރަޖީވް ރަންޖަން ބޭންކިންގ ދާއިރާއާއި ގުޅިވަޑައިގަތީ 1989 ވަނައަހަރު ރިޒާވް ބޭންކް އޮފް އިންޑިއާގައެވެ. އެންމެފަހުން އޭނާ އަދާކުރައްވާފައިވަނީ ރިޒާވް ބޭންކް އޮފް އިންޑިއާގެ މެމްބަރ އޮފް މަނިޓަރީ ޕޮލިސީ ކޮމިޓީގެ ހައިސިއްޔަތުން އެކޮމިޓީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމުގައެވެ. […]
ދިވެހި އުފެއްދުންތައް ޖަޕާނުގެ ވެބްސައިޓެއްގައި އަގަކާއި ނުލައި އިޝްތިހާރު ކުރުމުގެ ފުރުސަތެއް

ޖަޕާނުގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޮޓާނީ ޓްރޭޑިން ލިމިޓެޑުން ވިޔަފާރިތަކަށް އެމީހުންގެ ”ފުޑް ޓްރިޕް“ ވެބްސައިޓުގައި ކާބޯތަކެތީގެ އުފެއްދުންތައް ދައްކާލުމުގެ ފޯރިގަދަ ފުރުސަތެއް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ 1 އޭޕްރީލް 2024 އިން 31 މާޗް 2025 އަށް ”ފުޑް ޓްރިޕް“ ގައި ބީޓުބީ ޕްލެޓްފޯމް މެދުވެރިކޮށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ކުންފުނިތަކަށް ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް އަގެއް ނުލައި އިޝްތިހާރު ކުރެވޭނެ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި އިސްނެގުމަކީ […]