އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށް ރަސްމީކޮށް ހުޅުވައިފި

އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށް ރަސްމީކޮށް އެ ތަން ހުޅުވައިފިއެވެ. މިއަދު އޮރެންޖު ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މިރަސްމިއްޔާތުގައި މި އިމާރާތުގެ ވޯޑްތަކާއި ދެވޭ ޚިދުމަތްތަކާއި އެހެނިހެން ކަންކަން ރައީސް ވަނީ ބައްލަވާލައްވާފައެވެ. ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޤައުމީ ދިފާޢީ ބާރުންނެވެ. ތެލެސީމިއާ ސެންޓަރަށް ވަނީ ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް […]