ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަންޖެހޭ: ނަޝީދު

ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިންކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. އެ ހަރަކާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، ގައުމުގެ އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަން ޖެހޭ ކަމަށެވެ.އަދި އާމްދަނީ ލިބޭނެ މަގުތައް ފުޅާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް […]

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ފޯމާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރެކޯޑް އަދި […]

ހުރިހާ ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބުކޮށްފި

މިއަދު ކުރިއަށްގެންދިޔަ އިންތިޚާބުތަކުގެ ވޯޓު ގުނުން ކުރިއަށްދާއިރު، އެ އިންތިހާބުތަކުގެ ނަތީޖާއިން ހުރިހާ ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. މިއަދު ކުރިއަށްގެންދިޔަ އިންތިޚާބުގައި 3 ވޯޓެއް ނެގިއެވެ.އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުން ނެގި ހިޔާލު ހޯދުމުގެ ވޯޓެވެ.ެެއެގޮތުން […]

އެމްޑީޕީގެ މަޖިލިސް މެމްބަރުން މާލީ ވުޒާރާދޮށުގައި އިހުތިޖާޖު ކުރަައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މާލީ ވުޒާރާދޮށުގައި އިހުތިޖާޖު ކުރައްވައިފިއެވެ. އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރައްވާފައިވަނީ، ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ސާފުކުރަން ބޭނުންވާ މަޢުލޫމާތު އެ ވުޒާރާއިން ސާފުކޮށްދީފައި ނުވާކަމަށް ވިދާޅުވެއެވެ. މެންބަރުން ވަޑައިގަތީ ވަޒީރާ ބައްދަލުކުރައްވަން ކަމަށާއި، ނަމަވެސް ވަޒީރު ރަށުގައި ނޫޅުއްވާތީ ވުޒާރާގެ އިސް ވެރިއަކު މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ވުޒާރާގެ ފަރާތުން އެކަން ހަމަޖައްސައިދީފައި ނުވާތީ މެންބަރުން ވުޒާރާ ތެރެއަށް ވަދެވަޑައިގަތުމަށް މަސައްކަތްކުރެވިއެވެ. ނަމަވެސް […]

ވަގު ފޯމެއް މެދުވެރިކޮށް މެމްބަރު ޒިޔާދު ޕީއެންސީއަށް ވެއްދި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެއްދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ. އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު […]