އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން ޤުރްއާން ޕްރޮގްރާމެއް ފަށަނީ

މާލޭ ސަރަހައްދުގައި ”އިސްރަށްވެހިންގެ ޤުރްއާން ޕްރޮގްރާމް“ ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ. ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން މިއަދު ބުނީ އެ މަރުކަޒުން އިންތިޒާމުކޮށްގެން މާލޭ ސަރަހައްދުގައި“ އިސްރަށްވެހިންގެ ޤުރްއާން ޕްރޮގްރާމް“ ގެ ނަމުގައި، އަކުރުތަކުގެ އަދާތަކާއެކު ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޕްރޮގްރާމު ކުރިއަށްދާނީ ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ، އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު […]