ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް މުޢާމަލާތު ކުރެވޭނެ

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް މުޢާމަލާތުކުރެވޭނެ ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ. ބީއެމްއެލުން ބުނީ، އެ ބޭންކުގެ ފޮރިން ލިމިޓް ޕޯޓަލުން މިކަމަށް ރަޖިސްޓްރީ ކުރެވޭނެކަމަށާއި، ލިމިޓް ހަމަޖައްސަން ބޭނުންވާ ރުފިޔާ ކާޑު ސިލެކްޓްކޮށްލުމުން މިކަން ހަމަޖެހޭނެ ކަމަށެވެ. އަދި، ދިރިއުޅޭ ޤައުމުގައި ހުންނަ ޕީއޯއެސް މެޝިންތަކުންނާއި އޭޓީއެމްތަކުން 750 ޑޮލަރާ ހަމައަށް މުޢާމަލާތުކުރެވޭނެ ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސުން ބުނެއެވެ. އެ ބޭންކުން އިއްޔެ ނެރުނު އިޢުލާނުގައި ވާގޮތުން، […]