އަދީބު ރާއްޖެއިން ފުރައިގެން ދިޔުން ހުއްޓުވުމުގެ އަމުރަކަށް އެދެނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފުރައިގެން ދިޔުން ހުއްޓުވުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ކްރިމިނަލް ކޯޓުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައެވެ. އަދީބު މިނިވަން ވުމުން، ޕީޖީއިން ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމަވާފައެވެ. މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އަދީބު […]