އަސާސީ ބޭސްތައް ނެތް ބޭސްފިހާރަ ތަކަށް ފިޔަވަޅު އަޅަނީ

އަސާސީ ބޭހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ބޭސްފިހާރަތަކުން ލިބެން ނެތް ނަމަ ފިޔަވަޅު އަޅަން ހެލްތު މިނިސްޓްރީން އިއްޔެ ނިންމަވައިފި އެވެ. ”ބޭހާއި ބެހޭ ގަވާއިދު“ގައި ބަޔާންކޮށްފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައިވާ އަސާސީ ބޭސްތައް ހުރިހާ ފާމަސީއަކުން ލިބެން ހުންނަން ޖެހޭނެ ކަމަށެވެ. ހެލްތު މިނިސްޓްރީން ނެރުނު އިއުލާނުގައި ވިދާޅުވެފައި ވަނީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ފާމަސީއެއްގައި އެއްވެސް އަސާސީ ބޭހެއް ނެތް ނަމަ މީގެ ފަހުން ފިޔަވަޅު އަޅުއްވާނެ […]