ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކު ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ފަށައިފިއެވެ. މިއީ އެޗްޑީސީއާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގުޅިގެން ”ކޮރަލް ގާޑެން ޕްރޮޖެކްޓް“ ނަމުގައި މިއަދު ފެށި ހަރަކާތެކެެވެ.  އެޗްޑީސީން ވަނީ ހުޅުމާލޭގެ އިރުމަތީ ފަރުން ނެގި ވަކި ވައްތަރެއްްގެ މުރަކަ އެ ސަރަހައްދުގައި މޫދު އަޑީގައި އިންދާފައެވެ. އެގޮތުން އެ މުރަކަތައް ހެދި ބޮޑުވާ ގޮތް ބެލުމަށް ބޭނުންކުރާ ހާއްސަ ވަސީލަތެއް ކަމަށްވާ ”މާސް […]