އަދީބާއި އެސްއޯއެފްގެ ވެރިންނާއެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށްފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، ޚިޔާނާތުގެ ފައިސާ ދައުރުކުރުމުގައި ހަރަކާތްތެރިވި އެސްއޯއެފް ކުންފުނީގެ ވެރިންނާއެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށްފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ އަދީބާއި، މ.ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާހު ޢަލީއާއި، މ.ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފާއި، ގ.އޮއިވާލި، މުޙައްމަދު ޙުސައިނާއެކު ހަދާފައިވާ އެއްބަސްވުންތައް މިއަދު ބާތިލުކޮށްފައިވާ ކަމަށެވެ. އެ މީހުންނާއެކު ދައުލަތުން އެއްބަސްވުން […]

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު އަވަހާރަވެއްޖެ

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ މިއަދު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޢައިބު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އުމުރުން 55 އަހަރުގައި ޝުޢައިބު އަވަހާރަވީ މާލޭގައެވެ. ޝުޢައިބުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ 23:00 ގައި އާސަހަރާ މިސްކިތުގައެވެ. ޝުޢައިބު ވަނީ 11 އަހަރު ވަންދެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވައިފައެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރައްވައިފައިވަނީ 2011 މާޗު 26 ގައެވެ. އެ މަގާމުން އޭނާ […]

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ހޯދަން އިއުލާނުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް މީހަކު ހާޒިރުކުރަން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ހޯދަން އިއުލާނުކޮށްފައި ވަނީ ޙުސައިން ނާއިސު މުޙައްމަދު، އިތާ / ލ. މާވަށް، (30އ) އެވެ. ފުލުހުން މިއަދު ބުނީ ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވާތީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ […]

ހުޅުމާލޭގެ ފޭސް1އާއި ފޭސް2 އިން ކަރަންޓުގެ ޚިދުމަތް މެދު ކެނޑުނީ މަސައްކަތަކަށް ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެގެން

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައި ވަނީ މަސައްކަތަކަށް ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެގެން ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގެ ބައެއް ސަރަހައްދުތަކުން ރޭ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ. އެހެންކަމުން […]

ރައްޔިތުންގެ އައިޑީ ވަގަށް ބޭނުންކޮށް ވަގުފޯމް ފުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް!

ޕީއެންސީން ދައުލަތުގައި ރައްކާކުރެވިފައިވާ ރައްޔިތުންގެ ސިއްރު މަޢުލޫމާތުތަކެއް ރައްޔަތުންގެ އައިޑީ ކާޑް ޑާޓާބޭސް ވަގަށް ނަގައިގެން އެ ރައްޔިތުމީހާއަށް ނޭނގި ވަގަށް ބޭނުންކޮށް ވެރިކަންކުރާ ޕާޓީއަށް ވަގުފޯމްތައް ފުރުވައި އެ ރައްޔަތު މީހާއަށް ނޭނގި އެ ޕާޓީއަށް ވެއްދި ވަގު ޢަމަލަކީ ގައުމީ ސަލާމަތައް ހުރި ބޮޑު ނުރައްކަލެއް ކަމަށް ގިނަބަޔަކު ބުނަންފަށައިފިއެވެ.  މިކަމުން ގައުމީ ސަލާމަތައް ނުރައްކާ ވަނީ ޕީޕަލް އެލަޔަންސް (ޕީއެންސީ)އަކީ ދައުލަތުގެ ދެ ބާރު އެކުވެގެން ހިންގާ ޕާޓީއަކަށް ވީތީއެވެ. އެއީ ރައިސުލްޖުމްހޫރިއްޔާއާއި […]

ޓޫރިޒަމް ސެކްޓަރުން ބޭރު ފައިސާގެ ގަވާއިދުގެ ދަށުން 40 މިލިއަން ޑޮލަރާ ހަމައަށް މާރުކުރާނެ ކަމަށް ލަފާ ކުރެވޭ: އެމްއެމްއޭ

އައު ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ޓޫރިޒަމް ޚިދުމަތްދޭ ފަރާތްތަކުން 30 މިލިއަން (463 މިލިއަން ރުފިޔާ) އާއި 40 މިލިއަން ޑޮލަރާ (617 މިލިއަން ރުފިޔާ) އާ ދެމެދުގެ އަދަދެއް ބޭންކްތަކުގައި ޑިޕޮސިޓް ކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަތުރުވެރިންގެ އަދަދަށް ބިނާކޮށް މި ޝަރުތުތައް ފުރިހަމަ ކުރުމުގެ ސުންގަޑިއަކީ 2025 ޖަނަވަރީ 28 ކަމަށް ސެންޓްރަލް ބޭންކުން ފާހަގަކޮށްފިއެވެ. 2025 ޖަނަވަރީ […]

ތެދު ބުނާގޮތްވެސް ތަފާތު ކުރެވިދާނެއެވެ.

ކޮންމެވެސް ގައުމެއްގައި ވަރަށް ކުޅަދާނަ ގާނޫނީ ވަކީލަކު އުޅުނެވެ.އޭނާ މަޝްހޫރުވެފައި ވަނީ ކުއްލި ހާޒިރު ޖަވާބަށާ އަދި ޝަރީއަތްތަކުގައި ގެންގުޅޭ ތެދުވެރިކަމުގެ ސަބަބުންނެވެ. ލޯޔަރުގެ އަންހެނުންދެކެ އޭނާ ވަރަށް ލޯބިވެއެވެ.އަދި ދެމީހުންނަށް ވަނީ ބާރަ ދަރިން ލިބިފައެވެ.އޭނާގެ ގޭތެރޭން އަބަދުވެސް ހުނުމާއި މަޖަލުގެ އަޑު އިވިއިވި ހުރެއެވެ.އޭނާގެ އާއިލީ ދިރިއުޅުން ވަރަށް ފުރިހަމައެވެ.ކަންމިހެންހުރިނަމަވެސް ލޯޔަރަށް ބޮޑު މައްސަލަ އެއް ކުރިމަތި ވެއްޖެ އެވެ.އާއިލާއިން އުޅެމުން އައި ކުލީ ގޭގެ ކުލީގެ މުއްދަތު ހަމަވަނީއެވެ.އެހެން ކަމުން އައު ތަނެއް […]

ރައީސްކަމާ ހަވާލު ވުމަށްފަހު 24 ގަޑިއިރުތެރޭގައި މެދުއިރުމަތި ނަރަކައަށް ހަދާލާނަން:ޓްރަމްޕް

ވެރިކަމާއި ޖާހު ލިބުމުން އިންސާނާއަށް އޭނާގެ ހައިސިއްޔަތު އޮޅިދެއެވެ. އޭނާއަކީވެސް މާ ސިންގާ ކަނޑުގެ ބިޔަ ރާޅުތަކުތެރެއަށް އެއްލާލާފައި އޮންނަ ކުޑަ ކުޑަކަރުދާސް ކޮޅެއްފަދައިން ނެތި ހިނގައިދާނެ އެއްޗެއްކަން ހަނދާން ނެތިދެއެވެ. އެ ރާޅުތަކުގެ ތެރޭގައި ހަމަ ވަރަށްކުޑަ އިރުކޮޅެއްގެ ތެރޭގައި ނެތި ހިނގައިދެއެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ދާދިފަހުން ދީފައިވާ ބަސްދީ ގަތުމެއް ގައި ކޮމާކޯޅީގެ ތެރޭގައި އެވާ ބަސްކޮޅުގެ މާނަ ދޭހަވާ މޭރުމަކުން ބައިނަލް އަގްވާމީ މީޑިއާތަކަށް ވާހަކަ ދައްކާފައި ވެއެވެ. […]

މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް އެމްޓީސީސީގެ ފެރީއަކަށް ނަގައިފި

ވިލިމާލޭގައި މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް އެމްޓީސީސީގެ ފެރީއަކަށް ނަގައި އޭނާ ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާދާކަމުގެ ރިޕޯޓެއް މިއަދު 3:55 ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށްފައި ވަނީ އެމްޓީސީސީގެ ފެރީއަކަށް ނަގައިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން އެ މީހާ މޫދުން ނެގުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާގެ ހާލު ގޯސް ނޫން ކަމަށް […]

މިސްކިތެއްގެ ޙުރުމަތް ކެނޑިކަމަށްބުނާ މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަނީ

މިސްކިތެއްގެ ޙުރުމަތް ކެނޑިކަމަށްބުނެ ދައުރުވަމުންދާ މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަމުންދާކަމަށް އިިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ ތ. ވިލުފުށީގެ މިސްތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމްތައް ކުޅޭ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެކަމާއި ގުޅިގެންނެވެ.ޝަހީމް ވިދާޅުވީ މި މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ މަސައްކަތް […]