މި ޒަމާނުގެ މާހައުލުގައި ކައިވެނީގެ ރިޝްތާއާ ދޭތެރޭ ވިސްނާލުން ބޭނުމެވެ.

އަޅުގަނޑުގެ މި ލިއުމަކީ މައުލާނާ ތާރިގް ޖަމީލް ދެއްވާފައިވާ ދަރުސެއްގެ އުސް އަލިތަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިއުމެކެވެ. އެބޭފުޅާ ދަރުސް ދިނުމުގައި ގެންގުޅުއްވާ ދޫ ފަސޭހަކަމާއި ބަސްމަގުގެ އޮމާންކަން އަޅުގަނޑުގެ މި ލިއުމުން ނުފެންނާނެކަން ގަބޫލު ކުރަމެވެ. ހަމަ އެފަދައިން މައޫޟުއުން ބޭރަށް ވަޑައިނުގެން ހުންނަވާ އެ ދަރުސްތަކަށް މީހުން ޝައުގުވެރި ކުރުވުމަށްޓަކައި ގެންގުޅުއްވާ ސަމާސާ މިޒާޖް ބޭނުންކުރުމަކީވެސް އަޅުގަނޑުގެ ކިބައިގާ ހުރި ފަންނުވެރިކަމެއް ނޫނެވެ. މި ހުރިހާ ލިމިޓޭޝަންތަކަކާއެކު ވެސް އަޅުގަނޑުގެ މި ލިއުމުން ދިވެހި […]

ރެސިޑެންސީ ޕްރޮގްރާމުން 5 އަހަރު ތެރޭ 6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްއެއް ރާއްޖެއަށް ގެންނަނީ

ރެސިޑެންސީ ޕްރޮގްރާމުން 5 އަހަރު ތެރޭ 6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. އެގޮތުން، އަންނަ 5 އަހަރު ތެރޭގައި 6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމަށް އަމާޒުކޮށްގެން އައު އިނީޝިއޭޓިވްއެއް ތަޢާރަފުކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 2014-2015 ގައި ފުރަތަމަ ފަށާފައިވާ ކޯޕަރޭޓް ރެސިޑެންސް ވީޒާ އަށް އެންމެ މަދުވެގެން 1 މިލިއަން ޑޮލަރު ދިވެހި ބޭންކެއްގައި ޑިޕޮސިޓްކުރަން ޖެހެއެވެ. ނަމަވެސް، އައު ޕްރޮގްރާމްގެ ދަށުން، ސަރުކާރުގެ އިސްވެރިން ވިދާޅުވާ […]

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

ވަޒީފާއާބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީންނަށް ރާއްޖޭގައި ވަޒީފާއަދާކުރެވޭނީ ވަޒީފާއާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މި ބިލުގައި ވަނީ އެ ފަރާތްތައް ފާހަގަކޮށްފައެވެ. މީގެއިތުރުން މި ބިލުގައި ރާއްޖެއަށް ބިދޭސީން […]

އެ ސިއްރު

އެއީ އަހަރެން ސްކޫލް ނިމުނު އަހަރެވެ.އޭރު އަހަރެންނަކީ ނަފްސާނީ ގޮތުން ވަރަށް ތަފާތު މޫޑުތަކެއް ތަހައްމަލް ކުރަމުންދާ ޒުވާނެކެވެ. އެހެން ކަމުން އޭލެވެލް ނިމުމުން މަންމައާއި ބައްޕަ ލަފާދިނީ ކޮންމެވެސް ތާކަށް ދަތުރެއް ކޮށްލުމަށެވެ. އެކަމަށްވެސް ފަރުވާއަކަށް ވާނެ ކަމަށް ބުނެއެވެ. ރައްޓެހި އީނާޒް އަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖެކެވެ.ސްކޫލް ނިމުމުން އޭނަ ރަށަށް ދާއިރު އޭނަޔާއެކީ އެއަތޮޅަށް ގޮސްލުމަށް ވަނީ ދައުވަތު ދީފައެވެ. އަހަރެންގެ މަންމައާއި ބައްޕަވެސް އަހަރެން އެދަތުރު ދިއުމަށް ނަސޭހަތް ތެރިވިއެވެ. […]

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ރެސިޑެންސީ ދޭން ސަރުކާރުން ނިންމައިފި

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ރެސިޑެންސީ ދޭން ސަރުކާރުން ނިންމައިފިއެވެ. މި ގޮތަށް ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ވަޒީރުންގެ ބައްދަލުވުމުގައި ނިންމެވި ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ފެށުމުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެ އެއާއެކު ރާއްޖޭގެ އިގުތިސާދަށް ވަންނަ ޑޮލަރު އިތުރުވެގެންދާނެ ކަމަށެވެ. ސަޢީދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ […]

ޝާދިޔާއާއި ޑރ. ޝަޛުރާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޛުރާ އިބްރާހިމްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ. ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމާ ގުޅިގެން މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) އާއި ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުން […]

ރާއްޖެ އަމާން ތަނަކަށް ހެދުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައްޔިތުން ގަބޫލުކުރޭ: ސީޕީ

ދިވެހިރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ދިވެހި ރައްޔިތުން ގަބޫލުކުރާނެކަން ޔަގީންކުރައްވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. ސީޕީ ޝުޖާއު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތް ދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޖަލްސާގައެވެ. ސީޕީ ވިދާޅުވީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ރާއްޖެއަކީ އަމާން ރައްކާތެރި […]

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ މައްސަލައަކީ މަސްތުވާތަކެތި

 ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ މައްސަލަ އަކީ މަސްތުވާ ތަކެތީގެ މައްސަލަ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ. ރާއްޖޭގެ ޒުވާނުން މަސްތުވާތަކެތީގެ ދަލުގައި ޖެހި މަސްތުވާތަކެތި ވިއްކުމާއި ބޭނުން ކުރުމުގައި ބައެއް ބެލެނިވެރިންގެ ދައުރު އެކުލެވިފައިވާކަމީ މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާ ޒުވާނުން އިތުރުވަމުންދިއުމުގެ އެއްސަބަބެވެ.   ބައެއް ޒުވާނުން ސްކޫލް ދައުރުން ފެށިގެން ރާއްޖޭގައި ޙަރަކާތްތެރިވަމުން އަންނަ ކޮންމެވެސް ގޭންގެއް ކުއްޖަކަށް ވުމަށް މަސައްކަތް ކުރަމުން .ދެއެވެ އެގޮތުން މިފަދަ ބައެއް ކުދިން އެ ކުދީންގެ […]

އާރްއޭސީއެލް، އެމްއޭސީއެލްގެ ދަށަށް އަދި އެފްޑީސީ، އެޗްޑީސީގެ ދަށަށް ގެންނަނީ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ދަށަށް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ބަދަލުކުރުމަށް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުން ވަނީ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ރައީސް އޮފީހުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކޮށްފައެވެ. ރައީސް […]

ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސްދީ ފިލައިގެން އުޅޭ 10 ބިދޭސީއަކު ހޯދައިފި

ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށް މިދިޔަ ބުދަ ދުވަހު ހިންގި ޚާއްޞަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސްދީ ފިލައިގެން އުޅޭ 10 ބިދޭސީއަކު ހޯދާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހިންގަމުން އަންނަ ޚާއްސަ ހަރަކާތުގައި މިދިޔަ ބުދަ ދުވަހު ދެ ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގެ ތެރެއިން މާލޭގެ […]