މިއަދަކީ ބައިނަލްއަޤްވާމީ ވައަތް ތެރިންގެ ދުވަސް!

މިއަދަކީ ބައިނަލްއަޤްވާމީ ވައަތް ތެރިންގެ ދުވަހެވެ. ބައިނަލްއަޤްވާމީ ވައަތް ތެރިންގެ ދުވަސް ފާހަގަކުރަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އެވެ. މި ދުވަހަކީ ދުނިޔޭގެ ވައަތް ތެރިންނަށް ޚާއްސަކޮށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 1976 ވަނަ އަހަރު އެމެރިކާގައި ލެފްޓް-ހެންޑާސް ކްލަބް އުފެއްދެވި ޑީން އާރް ކެމްޕެލް އެވެ. ވައަތް ތެރިއެއް ކަމަށްވާ ކެމްޕެލް ބޭނުންވީ ކަނާތާއި ވައަތް ބޭނުންކުރުމުން ލިބޭ ފައިދާތަކާއި ގެއްލުންތަކާއި މެދު މީހުން ހޭލުން […]

ޗައިނާގެ އޮޓޯ ބާޒާރުން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑި ހާސިލްވެއްޖެ

ޖުލައި މަހުގައި ޗައިނާގައި ބޭއްވި އޮޓޯ ބާޒާރުގައި އެގައުމުން ވިއްކި އުޅަނދުތަކުގެ ދެބައިކުޅަ އެއްބަޔަކީ ކަރަންޓުން ދުއްވާ އުޅަނދު (އީވީ) އަދި ޕްލަގް އިން ހައިބްރިޑް އުޅަނދު ފަހަރުކަމަށް އެބާޒާރުގެ ވިޔަފާރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ބާޒާރުގެ ވިޔަފާރި ތަފާސްހިސާބުތަކުން ޓެކްނޮލޮޖީގެ ރޮނގުން ނަންކުރާ އެމެރިކާއަށްވުރެ ޗައިނާ އޮތީ އެތައް ދަރަޖައެއް ކުރީގައިކަން ހާމަވެއެވެ. ޗައިނާ ޕެސެންޖަރ ކާރ އެސޯސިއޭޝަން (ސީޕީސީސީ) އިން ބުނެފައިވަނީ، އޮޓޯ ބާޒާރުގައި ވިކުނު މުދަލުގެ 50.7 އިންސައްތަ އަކީ ކާރުކަނުގައިވާއިރު، އެނަރޖީ […]

ޔޫއެންގެ ކުރީގެ އިންސްޕެކްޓަރުގެ ގެ އެފްބީއައި އިން ރެއިޑްކޮށްފި

އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓް ފުލުހުން ގުޅިގެން ޔޫއެންގެ ކުރީގެ ހަތިޔާރު އިންސްޕެކްޓަރު އަދި އެމެރިކާގެ މެރިން ސިފައިންގެ ތެރޭގައިވެސް ޚިދުމަތްކޮށްފައިވާ ސްކޮޓް ރިޓަރގެ ގެ ބަލައި ފާސްކޮށްފިއެވެ. ސްކޮޓް ބުނީ ފަލަސްތީނުގައި އިޒްރޭލުން ހިންގާ ޤަތުލުއާންމާއި ގުޅިގެން، އިޒްރޭލާއި ދެކޮޅަށް ބަސްބުނެ ޚިޔާލު ފާޅުކުރަމުން ގެންދާތީ، އަދި ސަރުކާރުގެ ދޮގުތައް ފަޅާއަރުވަމުންގެންދާތީ ސަރުކާރުން އޭނާ އަށް ޓާގެޓުކުރަމުން އަންނަ ކަމަށެވެ. އަލްބަނީގެ ދެކުނުން އޮންނަ ބެތްލެހެމް ޓައުންޝިޕް ގެ މަގަށް ފެޑެރަލް އަދި ސްޓޭޓް ސިފައިން […]

ހަމާސް އައްޔަށް ނެރެން އޮތް އެންމެ އިންސާފުވެރި ގޮތަކީ ޣައްޒާ ރައްޔިތުން ބަނޑަށްޖެއްސުން: އިޒްރޭލު މިނިސްޓަރު

ހަމާސްއިން ރަހީނުކޮށްފައި ތިބި ފަރާތްތައް ދޫކޮށްލުމަށް މަޖުބޫރުކުރެވޭނެ އެންމެ އިންސާފުވެރި އެންމެ ހަމަ ގޮތަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި މަނާކޮށް ބަނޑަށް ޖައްސައިގެންކަމަށާއި، އެހެންނަމަވެސް ދުނިޔޭގެ ނުރުހުމާއި ރުޅިވެރިކަން އަމާޒުވާނެތީ އެކަން ކުރެވެން ނެތްކަމަށް އިޒްރޭލުގެ މާލީ ވަޒީރު، ބިޒާލެލް ސްމޮޓްރިޗް ބުނެފިއެވެ.  ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވައްދާ ދޮރުތައް ބަލަހައްޓަނީ އިޒްރޭލުންނެވެ  ނަމަވެސް އެތަކެތި ބެހުމާއި ހަވާލުވެ ތިބީ ޣައްޒާތެރޭގައި ތިބި އިންސާނީ އެހީދޭ ޖަމިއްޔާތަކުގެ ވަފްދުތަކުންނެވެ   ހަރުކަށި ކަނާއަތުގެ ސިޔާސީވެރީން ބޭއްވި މަހާސިންތާއެއްގައި […]

ފެތުރެމުންދިޔަ އަލިފާންގަނޑުން ސަލާމަތްވެވުނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ގޮސްގެން!

ވައިގަދަވުމުގެ ސަބަބުން ގްރީސްގެ ވެރިރަށް އެތެންސްގެ ބޭރުގައި ބާރަށް ފެތުރެމުންދިޔަ އަލިފާންގަނޑުގައި ގަސްތަކާއި، އެއްގަމު އުޅަނދުތަކާއި، ގެތައް އަނދަމުންދިޔައިރު، މީހުން ސަލާމަތްވެފައިވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްގެންނެވެ.  މިގޮތުން، މެންދުރުފަހު 3:00 ރޯވި މިއަލިފާންގަނޑު ނިއްވާލުމްށްޓަކައި 400 ފަޔަރފައިޓަރުންނާއި، 16 ވޯޓަރބޮމްބް ކުރާ މަތިންދާބޯޓާއި، 13 ހެލިކޮޕްޓަރުގެ އެހީގައި މަސައްކަތްކޮށްފައިވާއިރު، އެތެންސްގެ 35 ކިލޯމީޓަރު ބޭރުގައި އޮންނަ 1800 މީހުންގެ އާބާދީއެއް އޮންނަ ވަރްނަވާސް އަވަށަށް އަލިފާންގަނޑުވަނީ ފޯރާފައެވެ. އަދި އިރުއޮއްސުމުން ފަޔަރފައިޓިންގް އުޅަނދުތަކުގެ މަސައްކަތް ހުއްޓާލުމާއެކު، ހުޅުގަނޑު […]

އިސްލާމީ އިލްމު ތަރުޖަމާކުރުުގެ މަޝްރޫއު: ފުރަތަމަ ފޮތް ތަރުޖަމާކޮށް ޝާއިއުކޮށްފި

އިސްލާމީ އިލްމު ތަރުޖަމާކުރުމަށް އިސްލާމިކް މިނިސްޓްރީން ފެށި މަޝްރޫއުގެ ދަށުން، ފުރަތަމަ ފޮތް ތަރުޖަމާކޮށް ނިންމައި ޝާއިއުކޮށްފިއެވެ. ފަޟީލަތުލް އުސްތާޛުު އައްދަކްތޫރުު ވަހްބަތުއް ޒުޙައިލީ ލިޔުއްވާފައިވާ ”އަލްޢަލާޤާތުއްދައުލިއްޔަތުުފިލްއިސްލާމް“ މި ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. “އިސްލާމްދީނުގައި ބައިނަލްއަޤްވާމީ ގުޅުންތައް“ ގެ ނަމުން ނަން ދީފައިވާ މި ފޮތުގައި ފުރަތަމަ ހިމަނާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބަސްފުޅެވެ. ޑރ.ޝަހީމް ވިދާޅުވެފައިވަނީ އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ޙަޔާތުގެ […]

ސްޓެލްކޯއަށް 7 މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެގްރީމަންޓެއްގައި ސޮއިކުރި މައްސަލައެއް އޭސީސީއަށް

ސްޓެލްކޯއަށް 7 މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ސެޓުލްމަންޓް އެގްރީމަންޓެއްގައި ސޮއިކުރެއްވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ. ސްޓެލްކޯގެ ކުރީގެ މެނޭޖްމަންޓުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު ދިނުމަށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 14 ގައި އެއްބަސްވުމެއްގައި ސޮއިކުރެއްވި މައްސަލަ މިދިޔަ މަހުގެ ފަހުކޮޅުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް […]

ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރަން ސަރުކާރަށް ލަފާދޭން ފާސްކޮށްފި

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތް ހެދުމަށް, ދައުލަތުގެ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ. ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައި އެ ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން ކުންފުނިތަކުގައި މުވައްޒަފުންނަށް މިހާރު ދެމިތިބެވޭ ކަމަށެވެ. ނާޒިމް ވިދާޅުވީ އޭގެ ނަތީޖާއެއްގެ […]

އީރާނުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ޗައިނާ އެހީތެރިވެދޭނެ

އިއްޔެ ހަވީރު ބެއިޖިންގ އިން ރޮއިޓާރސް ދީފައިވާ މުހިންމު ޚަބަރުތަކުގެތެރޭގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އީރާނުގެ ވަގުތީ ޚާރިޖީ ވަޒީރު އަލީ ބާޣެރީ ކާނި އާއިއެކު ފޯނުން ވާހަކަ ދައްކަވަމުން ބައިނަލް އަގްވާމީ ގާނޫނުތަކުގެ ތެރެއިން އީރާނުގެ މިނިވަންކަމާއި ސިޔާދަތާއި ޝަރަފް ރައްކާތެރި ކުރުމަށްޓަކައި ޗައިނާއިން އަބަދުވެސް އެހީތެރިވެދޭނެކަމަށް ވިދާޅުވެފައިވާ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ޚަބަރު ފާހަގަކުރެވެއެވެ.  ޗައިނާއިން އަބަދުވެސް މަސައްކަތްކުރަމުންގެންދާނީ މެދުއިރުމަތީގައި ސުލްހަވެރި މާހައުލެއް ގާއިމް ކުރުމަށާއި އަދި އީރާނާއެކު […]

އިރާނުން އަޒުމްކަނޑައަޅާފައި ވަނީ ސީދާ އިސްރާއީލަށް ހަމަލާދޭން

އިރާނުން އަޒުމްކަނޑައަޅާފައި ވަނީ ސީދާ އިސްރާއީލަށް ހަމަލާދޭން ކަމަށް އިސްރާއީލުގެ ޖާސޫސީ އިދާރާއިން ބުނެފިއެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ އެމެރިކާގެ ވެބްސައިޓް އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ވަނީ ރައްދު ދިނުމަށް އަޒުމް ކަނޑައަޅާފައެވެ. ނަން ހާމަކުރަން ބޭނުން ނުވާ ދެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާއިން މިހާރު ވަނީ އީރާނުން ސީދާ އިސްރާއީލަށް އަމާޒުކޮށްގެން ހަމަލާދޭން ނިންމާފައިވާ ކަމަށް ނިންމާފައެވެ. އަދި މި ހަމަލާ […]