އޮޑި ބެހިގެން އޮޔާދަނީ

މާލިމީ ކިތަންމެ މޮޅަސް ފަޅުވެރި ކުދިން ކަންނެތް ވެއްޖެނަމަ އޮޑި ނުބެހި ނުދާނޭ ކަމަށް މުސްކުޅިން ބުނާތީ އަހަމެވެ. އަނެއްކޮޅުން އޮޑިއެއް ދުއްވޭނީ ހިސާބުކިތާބު ބަލަހައްޓާނޭ ތަޢުލީމީ ގާބިލް ޒުވާނުންވެސް އޮޑީ އަށްލައިގެންނެވެ. އެގޮތުން މިފަދަ ތަޢުލީމީ ޒުވާނުންނާ ނުލައި އޮޑިއެއްގައި ދަތުރުފަށައިފިނަމަ މާލިމީއަށް އެ އޮޑިދުއްވަންވީ މިސްރާބު އޮޅި ދާންވީ މަންޒިލާ ހަމައަށް ނުދެވި ބެހިގެން އޮޔާވެސް ހިނގައިދާނެއެވެ. ދުނިޔޭގައި އިންސާނުން ތަރައްގީވެ ކުރިއަރަމުން އަންނަނީ ތަޢުލީމުގެ ޒަރީޢާއިން ހޯދިފައިވާ ފަތްފުށްތަކުގެ އަލީގައެވެ. އެހެންކަމުން މިއަދު […]
ސުޝާންތުގެ މަރާ ގުޅިގެން ރިއާ ކެތްކޮށްފައި ވާތީ އާމިރު ތައުރީފުކޮށްފި

ބޮލީވުޑްގައި ފިޔަޖަހަމުންދިޔަ ތަރި ސުޝާންތް ސިންގް ރާޖްޕުތްގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ބަތަލާ ރިއާ ޗަކްރޯބަތީ ކެތްކޮށްފައި ވާތީ ސްޕަ ސްޓާރް އާމިރް ޚާން ރިއާ އަށް ތައުރީފުކޮށްފިއެވެ. ރިއާ ދާދި ފަހުން ވަނީ އޭނާގެ އާ ޓޯކް ޝޯގައި އާމިރު ޚާން އާއި އެކު އިމޯޝަނަލް ވާހަކަތަކެއް ހިއްސާކޮށްފައެވެ. ވީޑިއޯ ކްލިޕަކުން އެ ޝޯގެ ޓީޒާ އޭނާ ވަނީ އިންސްޓަގްރާމްގައި ޕްރޮމޯޓުކޮށްފައެވެ. ޕްރޮމޯގައި ރިއާ ވަނީ އެމީހުންގެ މަޝްވަރާގައި ’ސްޓާޑަމް، ފިލްމު، ތެރަޕީ، އަދި […]
ބުޅާމަސް އަޅައިގެން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް މަރައިގެން އޭގެ މަސްއަޅައިގެން ކާއެއްޗެހި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ. މިކަމުގެ ތުހުމަތުގައި އިމިގރޭޝަނުން ހޯދަން އިއުލާންކޮށްފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްް ކަަމަށްވާ،ބަންގްލަދޭޝް އަށް ނިސްބަތްވާ އަރްފާތް ހޮސެއިން 32އ، އެވެ. އެނގިފައިވާ ގޮތުގައި އެ ބިދޭސީމީހާ ހޯދަން އިއުލާނުކޮށްފައި ވަނީ މާލޭގައި އުޅޭ ބުޅާތައް މަރައިގެން ކާނާ ތައްޔާރު ކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެހެންކަމުން އިމިގްރޭޝަނުން […]
އެމްޕޮކްސް ފެތުރެނީ، ޕިލިޕީންސް އިންވެސް ބަލި ފެނިއްޖެ

އެފްރިކާ ގެ ބައެއް ގައުމުތަކުގައި ބާރަށް ފެތުރެމުންދާ އެމް-ޕޮކްސް ބަލި ފިލިޕީންސް އިންވެސް ފެނިއްޖެއެވެ.އެކަން ހޯމަ ދުވަހުވަނީ އެގައުމުގެ ހެލްތު ޑިޕާޓްމަންޓުން ޔަގީން ކޮށްދީފައެވެ.ފިލިޕީންސް އިން ބަލިޖެހިފައި ވަނީ 33 އަހަރުގެ ފިރިހެނަކަށެވެ.ނަމަވެސް އެމީހާ އެއްވެސް ތަނަކަށް ދަތުރު ނުކުރާކަމަށް ވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހުވެސް ފިލިޕީންސް އިން އެމްޕޮކްސް ނުވަތަ މަންކީޕޮކްސް ފެނުކަމަށް ވެއެވެ.ޑަބްލިއުއެޗްއޯ އިން ދާދިފަހުން ވަނީ އެމްޕޮކްސްއަކީ ދުނިޔޭގެ ފެންވަރުގެ ޕަބްލިކްހެލްތު އިމަރޖެންސީ އެއް ކަމަށް އިއުލާން ކޮށްފައެވެ.މިފަހަރު ބަލިފެތުރެން ފަށާފައިވަނީ ޑިމޮކްރެޓިކް […]
ޔޫއޭއީއާ ރާއްޖެއާ ދެމެދު ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މަތީ ފަންތީގެ ވަފުދެއް ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވައި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތްކޮށް އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީ އެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ޑރ. އަލްކުވައިތީ ވަނީ ދެ ގައުމުންވެސް ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، މި […]
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާ ކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާ ކުރައްވާނަން:ރައީސް

ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ”ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024“ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.މިއީ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވާ 7 ވަނަ ފަހަރެވެ. މި އަހަރުގެ މި މަހާސިންތާ ކުރިޔަށްދަނީ މި އޮގަސްޓްމަގުގެ 19އިން 20 އަށެވެ. މި އަހަރުގެ މަހާސިންތާގެ ތީމަކީ ”ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނާޖީސް އެކްރޮސް […]
މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރަން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނަން:ލުބްނާ

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް އެންޑީއޭގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ. ލުބްނާ މިހެން ވިދާޅުވީ ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން މި އަހަރު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ޑްރަގް ކޯޓުން ބޭއްވި ހާއްސަ ހަފްލާ ޝަފަރުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލުބްނާ ވަނީ ”މަސްތުވާތަކެތީގެ […]
އިންޑިޔާގައި ހިނގީ އާދައިގެ ރޭޕް/މަރޑަރގެ އަމަލެއް ނޫން: ޑޮކްޓަރުން

އިންޑިޔާގެ ކޮލްކަތާގައި މި މަހުގެ 9ވަނަ ދުވަހުގެރޭ ހިންގި، ޖޫނިއަރ ޑޮކްޓަރަކު ރޭޕްކުރުމަށްފަހު މަރާލުމުގެ އަމަލަކީ އާދައިގެ ރޭޕް އެންޑް މަރޑަރ ކޭސް އެއް ނޫން ކަމަށް އެހެން ޑޮކްޓަރުންނާ ހަވާލާދީ މީޑިޔާ ރިޕޯޓްތަކުން ބުނަން ފަށައިފިއެވެ. މިއީ ”ބިގްފިޝް ކޭސް“ ނުވަތަ ނުފޫޒުން ފޮރުވަން އުޅޭ މައްސަލައެއް ކަމަށް އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ. މަރާލެވުނު ޑޮކްޓަރާ އެކުގައި މަސައްކަތްކުރާ އެހެން ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޭނާ އަށް ދައްކަންޖެހުނީ ހޮސްޕިޓަލުގެ އިސް ބައެއް ފަރާތަކުން ފުޅާ […]
ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރަން ހޯދަން އިއުލާނުކޮށްފި

ފުވައްމުލަކު ސިޓީ ފޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް އޭނާ ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނުކޮށްފިއެވެ. މިކަމާ ގުޅިގެން ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އަޙްމަދު ޝަފްރާޒް، ޏ. ފުވައްމުލައް / މިސްކިތްމަގު. ކެމީ، 37އ އެވެ. އޭނާގެ ވަނަވަރާއި ފޮޓޯއާންމުކޮށް ފުލުހުން މިއަދު ބުނީ ފުވައްމުލަކު ސިޓީ ފޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް […]
ބޮޑު މެދުކެނޑުމަކަށް ފަހު ޔާމީންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި

މެދުކެނޑުމަކަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުގެ ޝަރީއަތްތަކުގެ އަޑުއެހުން މި ހަފުތާގެ ދުވަސްތަކުގައި ކްރިމިނަލް ކޯޓުން ތާވަލުކޮޮށްފި އެވެ. ޔާމީނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަ ދެ އެވެ. އެއް މައްސަލައަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައެވެ. އެ މައްސަލައިގެ އަޑުއެހުމެއް އެންމެ […]