މަޖިލިސް އިންތިޚާބު 2024: ވޯޓުލާ މީހުންގެ ކިޔު ބަންދުކޮށްފި 

މިއަދު ކުރިއަށްދިޔަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމާއެކު ވޯޓުލާ މީހުންގެ ކިޔު ބަންދުކޮށްފިއެވެ.  ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ.  އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓު ނެގުމުގެ ވަގުތު ހަވީރު 5:30 އަށް ހަމަވެ ކިއުތައް ބަންދުކޮށްފައިވާ ކަމަށެވެ.   ކިއުގައި މީހުން ތިބިނަމަ އެ ފަރާތްތައް ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރެވޭނެ ކަމަށް އީސީން ބުނެފައި […]

މަޖިލިސް އިންތިޚާބު 2024: ހަތަރެއް ޖެހުމާ ހަމައަށް ވޯޓު ނުލާ ތިބި މީހުންގެ އަދަދު 103،257 އަށް 

މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު މިހާތަނަށް ވޯޓު ނުލާ މީހުންގެ އަދަދު 103،257 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ދެންމެ އާންމުކުރި މަޢުލޫމާތުގައި ބުނީ 16:00 އާއި ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް 181،406 އަރާ ކަމަށެވެ. މިގޮތުން ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 88،230 އަންހެނުންނާއި 93،176 ފިރިހެނުން ކަމަށް އީސީން ހާމަކުރެއެވެ. އަދި ވޯޓުނުލާ 103،257 މީހުން އެބަތިބި ކަމަށް އީސީން ހާމަކުރެއެވެ. މި އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދާނީ […]

ވޯޓުލުމަށް ހުރަސްއެޅުމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި މިއަދު ކުރިއަށް ގެންދާ އިންތިޚާބުގެ ވޯޓު ލުމަށް ހުރަސް އެޅުމާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.  ފުލުހުން ބުނީ މަޖިލިސް އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ޓައިޑްގެ ތެރެއިން މިހާތަނަށް 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.  އެގޮތުން ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެ ސަރަހައްދުން އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު […]

ސިފައިންގެ ”އައްޑަނަ މަޖައްލާ“ ގެ 35 ވަނަ ޢަދަދު ނެރެދެއްވައިފި 

ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ ”އައްޑަނަ މަޖައްލާ“ ގެ 35 ވަނަ ޢަދަދު ނެރެދެއްވައިފިއެވެ. އައްޑަނަ މަޖައްލާގެ 35 ވަނަ ޢަދަދު ނެރެދެއްވާފައި ވަނީ މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި މަޖައްލާ ނެރެދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް ޣައްސާން މައުމޫންއެވެ. އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ […]

ވޯޓުލީ މީހުންގެ އަދަދު 113،627 އަށް އަރައިފި 

މިއަދު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި މިއަދު މެންދުރު 13:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ނިސްބަތް   113،627 އަށް އަރައިފިއެވެ.  އީސީން ބުނީ މިއަދު 1 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ އަދަދު ވަނީ 113،627 އަށް އަރާފައި ކަމަށާއި ވޯޓުލާފައި ވަނީ 61،651 ފިރިހެނުންނާއި 51،976 އަންހެނުން ކަމަށެވެ.  އަދި މިހާތަނަށް އައިއިރު ވޯޓުލާފައި ވަނީ %39.92 މީހުން ކަމަށް އީސީން ހާމަކުރެއެވެ.  މީގެ އިތުރުން ވޯޓު ނުލާ މިހާތަނަށް ތިބީ […]

ފޯރިގަދަ ކެމްޕޭނަކަށްފަހު މަޖިލިސް އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް!

ފޯރިގަދަ ކެމްޕޭނަކަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.  މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާނީ މި އަންނަ މެއި މަހުގެ 30 ހާއި ހަމައަށެވެ.  މިއަދު ހެނދުނު 8:00 ގައި މާލެ އާއި ރާއްޖޭގެ ރަށްތަކުގައި ވޯޓުލުން ފަށާފައިވާއިރު ކިއު ބަންދުކޮށް ވޯޓުލުން ބަންދު ކުރާނީ ހަވީރު 5:30 ގައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ 5:30 ވުމަށްފަހު ވޯޓުލާ ކިއު ބަންދުކުރުމަށްފަހު ވޯޓުލުމުގެ […]

ކެލާއިން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ

ހއ. ކެލާއިން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ތައާރަފު ކުރަން ތައްޔާރުވެއްޖެއެވެ.  އެގޮތުން މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި ކެލާ ކައުންސިލާ ދެމެ މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.  މި އެއްބަސްވުމުގެ ދަށުން ކެލާއިން އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިކަން ހާމަކޮށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ހިމެނޭ ގޮތަށް ސީދާ ކެލާއިން އައިޑީ […]

އިސްރާއީލުން އީރާނަށް އަރައިގަތުމުގެ ނަތީޖާއަކަށްވަނީ އިސްރާއީލު ނެތިދިއުން

އިސްރާއީލުން އީރާނުގެ ކިތަންމެ ކުޑަތަންކޮޅަކަށް އަރައިގެންފިނަމަވެސް އޭގެ ނަތީޖާއަކަށް ވެގެންދާނީ އިސްރާއީލު އެއްކޮށް ނެތިދިއުން ކަމުގައި އީރާނުގެ ރައީސް ވަޢުދުވެ ވަޑައިގެންފިއެވެ.   އީރާނުގެ ސިފައިންގެ އަހަރީ ޕެރޭޑެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ރައީސީ ވިދާޅުވީ އިރާނުން މިދިޔަ ހަފުތާ ނިމުނު ހިސާބުގައި އިސްރާއީލަށް ދިން ޙަމަލާއާއި ގުޅިގެން އިސްރާއީލުން ރައްދުގައި ޙަމަލާދޭނެކަމަށް ބެލެވޭ ކަމަށާއި އިސްރާއީލުން ދީފާނެ ކޮންމެ ޙަމަލާއެއްގެ ބަދަލު ދިނުމުގައި އީރާނުން ހުރަސް ނުކުރާނެ އެއްވެސް އިމެއް ނޯންނާނެ ކަމަށް އިންޒާރު ދެއްވިކަމަށް އިރްނާ އޭޖެންސީނަ ވަނީ ޚަބަރުދީފައެވެ. އިސްރާއީލުންވެސް ވަނީ […]

ތިން ރަށެއްގެ އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް ޙަވާލުކޮށްފި 

ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީއާއި މިއަދު ޙަވާލުކޮށްފި އެވެ.  ހެލްތު މިނިސްޓްރީން ބުނީ ހޮސްޕިޓަލު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރި ތިން ރަށަކީ ރ އަލިފުށި ، ނ މަނަދޫ އަދި މ.މުލީ ކަމަށެވެ.  މީގެ ތެރެއިން މ.މުލީ އަދި ނ މަނަދޫގައި އެޅުމަށް ހަމަޖެހިފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 185 މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.  އަދި ރ އަލިފުށީގައި އެޅުމަށް […]

ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތް ކުރަނީ

މ.ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޢަބްދުﷲ ޒިޔާދެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ޙަމީދެވެ. މި މަޝްރޫއުގެ ދަށުން، 1000 އަކަފޫޓުގެ ސަރަހއްދެއްގައި 3 ފަންގިފިލާގެ 75 ފްލެޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ޔުނިޓެއްގައި […]