ލާމު ”މެރިޓައިމް ހަބް“ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލާމު އިންޓަގްރޭޓެޑް މެރިޓައިމް ހަބް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފިއެވެ. ލ.އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދާ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމަށް ރޭ ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވަނީ މެރިޓައިމްގެ ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދޭގޮތަށް ގާދޫގައި ތަރައްގޫކުރާ ”މެރިޓައިމް ހަބް“ ރަސްމީކޮށް އިފްތިތާހްކޮށްފައެވެ. މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއެވެ.  ލާމު ”މެރިޓައިމް ހަބް“ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކެމް.ސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެވެ. ރޭގެ ޖަލްސާގައި އެ ކުންފުންޏާއި އެމްޕީއެލް އިން […]

އޮސްޓްރޭލިއާއިންވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރަނީ

އޮސްޓްރޭލިއާއިންވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރަން ނިންމާފައިވާކަމަށް އެގައުމުގެ ޚާރިޖީވަޒީރު ޕެނީ ވޮންގް އަށް ޙަވާލާދީ ރޮއިޓަރސް އިން ޚަބަރުދީފިއެވެ. އޮސްޓްރޭލިޔާގެ ސިޔާސަތު މިގޮތަށް ބަދަލު ކޮށްފައި މިވަނީ ބައިނަލް އަގްވާމީ އެހެން ގައުމުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރުމުގެ ބޭނުމުގައި ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ. އެކަމަނާ ވިދާޅުވެފައިވަނީ އިސްރާއީލާއި ފަލަސްތީނުގެ ޒަމާންވީ ދެކޮޅުވެރިކަން 2 ދައުލަތެއް އުފެދިގެން މެނުވީ ޙައްލު ނުކުރެވޭނެ ކަމަށާއި އަދި އިސްރާއީލަށްވެސް ކުރިމަގުގައި އެންމެ ފައިދާހުރި ގޮތަކަށްވާނީ އަވަށްޓެރިންނާއި އެކުގައި ދިރިއުޅެން ދަސްކުރުމުން ކަމަށެވެ.   […]

ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ 9:00 އިން 13:00 އަށް

މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށެވެ. ހިޖުރީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި، ޝައްވާލް މަހުގެ […]

މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެ: ރައީސް

މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ލ.އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަން ފާހަގަކުރައްވައިރައީސް ވަނީ މާވަށުގެ ބިން ހިއްކާއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމުގައި ވެސް […]

އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާއިން ފައިބަނީކީއްވެގެން

އިސްރާއީލުގެ ސިފައިން ގައްޒާއަށް އަރައި އެ ޝަހަރު އެއްކޮށް ބިމާ ހަމަކުރުމަށްފަހު މިދިޔަ އާދިއްތަދުވަހު އެ ސަރަހައްދުން ފައިބަން ފަށައިފިއެވެ. އެންމެ ފަހުން ޚާން ޔޫނުސްގައި ހިންގި ޖަރީމާތަކަށްފަހު މިހާރު އެ ސިޓީގައި ތިބީ އިސްރާއީލު ސިފައިންގެ ހަމައެކަނި އެންމެ ބްރިގޭޑެކެވެ. ބައިނަލް އަގްވާމީ ފިއްތުންތަކާހުރެ މިއަހަރު ފެށުނީއްސުރެން އެހެން ގޮތެއް ނެތިގެން އެންމެފަހުން އިސްރާއީލަށް މަޖުބޫރުވެގެންދިޔައީ ގައްޒާގައި ތިބި ސިފައިން ބޭލުމަށެވެ. ޙަގީގަތުގައި އިސްރާއީލުން ކުރިމަތިލާން ޖެހުނު ބައިނަލް އަގްވާމީ ފިއްތުންތަކާހުރެ އެމީހުންގެ ބޯހަރު ކަމާއެކު އެކަމަށް އެއްބަސް ނުވެ ތިބެމެ ސިފައިންގެ […]

“މުޢިއްޒަކީ ނާގާބިލު ކަމުގެ ވާހަކަ ވެސް ނުދެއްކޭ ވަރަށް ނާގާބިލު ވެރިއެއް“

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ހުއްޓުވި މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ފާޑުވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ފައްޔާޟް ވިދާޅުވީ ޣިޔާސުއްދީންގައި ހިނގި ކަންކަން ހިނގަމުންދާތާ ގާތްގަނޑަކަށް 10ވަރަަކަށް ގަޑިއިރުވީއިރު އެކަން ހިނގިކަން އެނގިވަޑައިނުގަންނަވާކަމަށްވާނަމަ އެއް ގޮތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަކީ ނާގާބިލު ކަމުގެ ވާހަކަވެސް ނުދެއްކޭ ވަރަށް ނާގާބިލު ވެރިއެއް ކަމަށެވެ. ނޫނީ އަނެއްކާވެސް ހަމަ ރޯ ބުހުތާން ދޮގެއް ހެއްދެވީ ކަމަށް ފައްޔާޒް […]

ރައީސް މުޢިއްޒު ލާމަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ލ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ އަތޮޅަށް ވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ލ.އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެވރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް […]

ފަޅު ރަށަކަށް ދަތުރު ދިޔަ ކުއްޖަކު ގެނބިގެން ނިޔާވެއްޖެ

ތ. ވިލުފުށި ކައިރީ އޮންނަ ފަޅު ރަށަކަށް ދަތުރު ދިޔަ ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ. މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ ވިލުފުށި ކައިރީ އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެނބިގެން ނިޔާވެފައިވާ ކަމަށެވެ.  އެގޮތުން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 12:45 ގައި ކަމަށް ފުލުހުން ހާމަކުރެއެވެ.  މީގެ އިތުރުން ފުލުހުން ބުނީ ކުއްޖާ ގެނބިގެން ވިލުފުށި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި ނަމަވެސް […]

އިސްލާމިކް މިނިސްޓްރީން ”ޢީދޭ އައީ“ މަދަހަ އަލްބަމް ނެރެފި!

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފިޠުރު ޢީދު 1445 އާއި ގުޅިގެން ”ޢީދޭ އައީ“ މަދަހަ އަލްބަމް ނެރެފިއެވެ.    މި މިދަހަ އަލްބަމް ނެރުއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު  ޑރ.  މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.  މަދަހަ އަލްބަމް ނެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި  ވަޒީރު  ޑރ.  ޝަހީމް ވިދާޅުވީ، ފިޠުރު ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު، މަދަހަ  އަލްބަމެއް އެ  ވުޒާރާއިން  ނެރުމުގެ މަޤްސަދަކީ  މި މުނާސަބު  ދުވަހުގައި  ބޭނުން ކުރުމަށް ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ  ބޭފުޅުން  މި  […]

އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކަށާއި، އެޤައުމުތަކުގެ އަޚުވަންތަ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ. އެގޮތުން ރައީސް ފޮނުއްވި މެސެޖުގައި، ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް، އޯގާތެރިކަމާއި، ދީލަތިކަމާއި، އެއްބައިވަންތަކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމާއި، މުސްލިމް އުއްމަތުގެ ސުލްޙަމަސަލަސްކަމާއި، […]