މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައިިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަޙްމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީއިން އަނބުރާ ގެންގޮސްފިއެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މޫސާ ސިރާޖު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާތީ އެކަން ރައްޔިތުންގެ މަޖިލީހަށް މިހާރު އަންގާފައިވާ ކަަމަަށެވެ. ޖުމްލަ 23 މެންބަރުންގެ ސޮޔާއެކު މި މައްސަލަ މަޖިލީހަށް ހުށަހެޅީ ޖެނުއަރީ 28 ގައެވެ. އެއީ ސަރުކާރުގެ […]

ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާ

ސީއެންއެން ގެ އެންމެފަހުގެ ޚަބަރުތަކަށް ބަލާއިރު މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގެ އިންތިޚާބީ އިދާރާއިން އާންމުކުރި ނަތީޖާގައި  ޕާކިސްތާނުގެ ތަހްރީކޭ އިންސާފު ޕާރޓީއަށް ނިސްބަތްކުރެވޭ އަމިއްލަ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ. އެ ނަތީޖާގައި ބުނެފައިވާ ގޮތުން ޕާލަމެންޓުގެ 102 ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ވަފާތެރި މިނިވަން ކެންޑިޑޭޓުންނެވެ.                 ނަވާޒް ޝަރީފުގެ ޕީއެމްއެލްއެން. ޕާޓީއަށް 73 ގޮނޑި ކާމިޔާބުކުރެވުނު އިރު ޕީޕީޕީ އަށް ކާމިޔާބު ކުރެވުނީ 54 ގޮނޑިއެވެ.                                                  ޕާކިސްތާނުގެ އެންމެ ބޮޑު […]

ފަލަސްތީނުގައި އިސްރާއީލުން ބޭނުންހާ ގޮތަކަށް ޖަރީމާ ނުހިންގޭނެ: ބްލިންކަން

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރެވޭނީ ހަމާސްގެ ލީޑަރ ޔަހްޔާ ސިންވާރާއި އެހެން ހުރިހާ އިސް ބޭފުޅުން ގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖުރަ ކުރުމުން ކަމަށާއި އަދި ގައްޒާގައި ހަމާސްގެ ވެރިކަން ނިންމުމުންކަން ޝަރުތުކޮށް އިސްރާއީލުގެ ވަރަށް ގިނަ އިސް އޮފިޝަލުން ހާމަކޮށްފައިވާކަމަށް އެން. ބީ. ސީ. އާ ހަވާލާ ދީ ޔޫ. އެސް. އޭ ޓްޑޭ އިން މައުލޫމާތު ހާމަކޮށްފިއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިހާރުވެސް ބުނަމުންގެންދަނީ ޔަހްޔާ ސިންވާރާއި މުޙައްމަދު […]

މިދަނީ ބީއެމްއެލްގެ ކާޑު ލިމިޓް މުރާޖާކުރަމުން، އައު ލިމިޓެއް އަދި ކަނޑައެއް ނާޅަން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ލިމިޓު މުރާޖައާކުރަމުންދިޔަ ނަމަވެސް މިހާތަނަށް އައު ލިމިޓެއް ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައަޅާފައިނުވާ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން ބުނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓުތައް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. ހަމަ އެހެންމެ މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށާއި އަދި އާ ލިމިޓަކަށް […]

އީ-ޓުކުރިއާއި ޕިކްޕޯސްޓު ޚިދުމަތުގެ ސަބަބުން އެތައް ދިވެހިންނަކަށް ފަސޭހަތަކެއް ލިބިގެންދޭ: އާދަމް ޝަރީފް

އީ-ޓުކުރިއާއި ޕިކްޕޯސްޓު ޚިދުމަތުގެ ސަބަބުން އެތައް ދިވެހިންނަކަށް ފަސޭހަތަކެއް ލިބިގެންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ ”ޕޯސްޓަލް ފޯރަމް“ ފެށުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އާދަމް ޝަރީފް ވިދާޅުވީ ޕޯސްޓުގެ ޚިދުމަތަކީ ކޮންމެ ރަށަކުންވެސް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހަދަންޖެހޭ ކަމަށެވެ. ޕޯސްޓުގެ ޚިދުމަތް ކުރިއަރަމުންދާއިރު، އީ-ޓުކުރިއާއި ޕިކްޕޯސްޓުގެ ޚިދުމަތަކީވެސް ދިވެހިންނަށް އެތައް ފަސޭހަތަކެއް […]

90 ދުވަހުގެ ތެރޭގައި އެމެރިކާއިން އިރާޤާއި ސީރިއާ ދޫކޮށް ދިޔުމަށް އަންގައިފި

ސަރަހައްދީ މުޖާހިދުންގެ މިލިޝިއާ ގުރޫޕުތަކުންދޭ ހަމަލާތައް އިތުރުވެ، އެމެރިކާއިން އިރާޤާއި ސީރިއާ ދޫކޮށް ދިޔުމަށް އެންގުމާއެކު، އިރާޤާއި ސީރިއާގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެނައުމުގެ މަސައްކަތް ފަށާފައިވަަކަމަށް އެމެރިކަަ ސަރުކާރުން ހާމަކޮށްފިއެވެ. އެމެރިކާ ސިފައިން ތިބުން މަނާކުރާ ޤާނޫނެއް ފާސްކުރުމަށް އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން ވޯޓުލުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މެދު އިރުމަތީގެ ހަނގުރާމަތަކުގައި އެމެރިކާއިން ބައިވެރިވުމަކީ އައުކަމެއް ނޫނެވެ. އަދި ސިފައިން އަނބުރާ ގައުމަށް ގެނައުމަށް ސަރުކާރުން ނިންމުމަކީ ރައީސް ޖޯ ބާއިޑެން […]

މެލޭޝިއާ އަށް ދަތުރުކުރާ ތުރުކީ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

2023 ވަނަ އަހަރު މެލޭޝިއާއަށް ދަތުރުކުރި ތުރުކީގެ ފަތުރުވެރިންގެ އަދަދު 10.8 އިންސައްތަ އިތުރުވެއްޖެއެވެ. މެލޭޝިއާގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހާއި ނޮވެމްބަރު މަހާއި ދެމެދު ތުރުކީގެ 15،623 ފަތުރުވެރިން އެގައުމަށް ދަތުރުކުރިއިރު، 2019 ވަނަ އަހަރުގެ މި މުއްދަތުގައު މިއަދަދު އުޅުނީ 14،096 ގައެވެ. މެލޭޝިއާގެ ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް ޑަޓުކް ރުސްލާން އަބްދުއްރަހްމާން ބުނެފައިވަނީ، މެލޭޝިއާއަކީ ފަތުރުވެރީންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ދެއްކުމަށް އެވުޒާރާއިން […]

އެޓްލާންޓިކް ކަނޑުގެ ސާކިއުލޭޝަން މޫސުމީ ނޭދެވޭ ބަދަލާކާ ދިމާލަށް މިސްރާބު ޖަހައިފި: ދިރާސާ

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކަނޑުކަމުގައިވާ އެޓްލާންޓިލް ކަނޑުގެ ސާކިއުލޭޝަން މޫސުމީ ނޭދެވޭ ބަދަލުތަކަކާއި ދިމާލަށް މިސްރާބު ޖަހާފައިވާކަމަށާއި މިއީ އިންސާނިއްޔަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.  ޕޮޓްސްޑަމް އިންސްޓިޓިއުޓް ފޮރ ކްލައިމެޓް އިމްޕެކްޓް ރިސާޗް (ޕީއައިކޭ) ގެ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާގައި ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތައް އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ބޭނުންކުރާ އެންމެ މުހިންމު އޯޝްން ކަރަންޓްސްގެ އެއް ނިޒާމުކަމުގައިވާ އެޓްލާންޓިކް މެރިޑިއަނަލް އޯވަޓާނިންގް ސާކިއުލޭޝަން (އެމަކް) އަށް ބޮޑު ލޮޅުމެއް […]

ކުރީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓު ބާތިލުކޮށް، އަލުން އިއުލާން ނުކުރާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ދިން: އެޗްއާރްސީއެމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ ސްކީމުން ދޫކުރި ފުލެޓުތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަމަށް ކުރީ ސަރުކާރުން އާންމުކޮށްފައިވާ ލިސްޓު ބާތިލުކޮށް، އަލުން އިއުލާން ނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދިން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ. އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި މިހެން ބުނެފައި މިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް […]

ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަންގައި ބައިވެރިވުމަށް ލަފާދެއްވައިފި

އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު އެއްބަސްވުން ކަމުގައިވާ ”އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއަރޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން“ ނުވަތަ ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީ.ބީ.އެން.ޖޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު […]