ރާއްޖެއިން ތިން ކުއްޖަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ.  މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބަލިން ރައްކާތެރިވުމަށް ގަވައިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން މި ބަލި ވަނީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.  ނަމަވެސް މި ބަލީގެ ވޭދަނަ ރާއްޖޭގައި ވަރަށް މަދުން ފެންނަ ކަމަށާއި ގއ. ވިލިނގިލިން މި ބަލި ޖެހިފައިވާ ކުޑަކުދިންތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.  އެޗްޕީއޭއިން ބުނީ މި […]

ޗައިނާގެ ސާވޭ އުޅަނދުން ރާއްޖޭގެ އެއްވެސް ސާވޭއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ކައިރި ކުރަން އުޅުމުން އިންޑިއާ އިން ދެކޮޅު ހެދުމުން ސްރީ ލަންކާ ސަރަހައްދަށް ނުވެއްދި ޗައިނާގެ ސާވޭ އުޅަނދު ”ޝިއަންގް ޔަންގް ހޮންގް 3“ ރާއްޖޭގައި ބަނދަރު ކުރިޔަސް އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.  ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވަނީ މި އުޅަނދު ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށް އިންޑިއާގެ އަސްކަރީ ބައެއް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށް އިންޑިއާއިން ކަންބޮޑުވުން […]

ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސްތެރޭ ފްލެޓް އެގްރީމަންޓްގައި ސޮއިކުރަންފެށޭނެ: އެފްޑީސީ

ހުޅުމާލޭ ފޭސްދޭއްގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސްތެރޭ ފްލެޓް އެގްރިމަންޓްގައި ސޮއިކުރަންފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ. އެފްޑީއެފްސީން މިއަދު އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މިހާރު ފްލެޓްގެ އެގްރީމަންޓްތައް ވެސް ހުރީ ޕްރިންޓްކޮށް ނިމިފައިކަމަށެވެ.  އަދި އިތުރު މައުލޫމާތު އާންމު ކުރާނެ ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައި ވެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން 4000  ފްލެޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު  މި ފްލެޓްތައް އާންމުންނާ ހަވާލުކުރުން ލަސްވާތީ […]

މިސްކިތްތަކުގެ ފާޚާނާތަކުން ދުވާ ވަހާއި މުޑުދާރުކަން އިންތިހާ

މާލޭ ސަރަހައްދުގެ ބައެއް މިސްކިތްތަކުގެ ފާޚާނާތައް ހަލާކުވެފައި ހުރުމާއި ދުވާ ނުބައި ވަސް ރަނގަޅު ކުރުމުގެ އެއްވެސް ވިސްނުމެއް ކަމާއި ބެހޭ ފަރާތް ތަކުގައި ނެތްކަމީ އެ ފާޚާނާތައް ބޭނުންކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ޝަކުވާއެކެވެ. މިސްކިތްތަކާއި ފާޚާނާތައް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ މަސައްކަތު މީހުންނާއި ދައުލަތުގެ ބަޖެޓުން އަތްނުފޯރާވަރުގެ ބޮޑު ޚަރަދު ކުރަމުންދާކަން އެންމެނަށް ވެސް އެނގެއެވެ. އެހެނަސް މިސްކިތްތައްތަކާއި ފާޚާނާތައް ނުބެލެހެއްޓެއެވެ.އަދި ހަލާކުވެފައި ހުންނަ ފާޚާނާތައް މަރާމާތުކޮށް ފާޚާނާތަކުގެ ވަސް ރަނގަޅު ކުރުމަށް ސިޓީ […]

ކޯވިޑް-19 އަށް އުފެއްދި ވެކްސިންތަކުން ނުކުންނަ ސިއްހީ ނުރައްކާތައް ވަރަށް ބޮޑު!

އެމްއާރްއެންއޭ-ބޭސްޑް ކޯވިޑް ވެކްސިންތަކުން ކެންސަރުގެ އިތުރުން ސިއްހީ ބޮޑެތި ނުރައްކާޓަކެއް ކުރިމަތިކުރާކަމަށް ބުނެ އެތަކެތި ވިއްކުމާއި ބޭނުންކުރުން ވަގުތުން ވަގުތައް ހުއްޓާލުމަށް ފްލޮރިޑާގެ ސާޖަން ޖެނެރަލް ޑރ. ޖޯސެފް ލަޑާޕޯ ގޮވާލައިފިއެވެ.  ”އެވެކްސިންތަކަކީ އިންސާނުން ބޭނުންކުރަން އެންމެ ރަންގަޅު ވެކްސިންތަކެއް ނޫން.“ އޭނާ ބުނެފައިވެއެވެ.  ލަޑާޕޯ ބުނީ، ފައިޒާ އަދި މޮޑާނާ ވެކްސިންގެ ކޮންމެ ޑޯޒެއްގައި އެތައް ބިލިއަން ޑީއެންއޭ ފްރެގްމެންޓްތައް އެކުލެވޭކަމަށާއި، އޭގެ ސަބަބުން ވެކްސިންގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އަދި މި ސުވާލުތަކަށް ފުޑް […]

ފަލަސްތީނުގެ ދައުލަތަކަށް ބޭނުންވަނީ އިސްރާޢީލުގެ ރުހުން، އެއީ ކޮންހަމަޔެއް؟

އިސްރާޢީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ގަދަބާރުން ފަލަސްތީނުގެ ބިން ފޭރިގެންއުޅޭ ފޭރޭގެ ފަރާތުން ރުހުންހޯދުމަކީ ކޮން އިންސާފެއްތޯ ކުރެވެމުންދާ ސުވާލު މުޅި ދުނިޔޭގައި މިއަދު ގުގުމައިފިއެވެ. ބީ ބީ ސީ ސަންޑޭ ގައި ލައުރާ ކުއެންސްބާރގް އާއިއެކު ވާހަކަ ދައްކަވަމުން އެންމެފަހުން ޔަހޫދީން އަށް އެބިން ފޭރިގަނެދިން އިނގިރޭސިންގެ މިހާރުގެ ދިފާއީ ވަޒީރު ގްރާންޓް ޝަޕްސް ވެސް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އިސްރާއީލުގެ ބޮޑުވަޒީރު އިންކާރު ކުރުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި އެކަމަކު އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފިއެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް […]

ކަމެއް ނުނިމިގެން ރައްޔިތުން ކައުންސިލުގެ ދޮރުގައި ޓަކިޖަހަންޖެހޭ ޖެހުން ނިމުނީ: އައު މޭޔަރު

ކަމެއް ނުނިމިގެން އާންމު ރައްޔިތުން ސިޓީ ކައުންސިލުގެ ދޮރުގައި ޓަކިޖަހަން ނުޖެހޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވައި އިންތިޚާބުވެވަޑައިގެންނެވި އާޒިމް ރޭ މަގާމުގެ ހުވާކުރެއްވުމަށްފަހު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ކައުންސިލުން ފަރުވާކުޑަ ނުކުރާނެ ކަމަށާއި ރައްޔިތުންގެ ހައްގުތައް އަދާކޮށްދިނުމަށް ކައުންސިލުން ޚާއްސަ އަހަންމިއްޔަތު ކަމެއް ދޭނެ ކަމަށެވެ. “ދެން މީހުން ސިޓީތަކަށް ޖަވާބު ނުލިބިގެން ކަމެއް ނުނިމިގެން ސިޓީ ކައުންސިލުގެ ދޮރުގައި […]

ހެއްދެވިނުހެއްދެވިއަށް ގޮވުމަށްފަހު އެމްޑީޕީއާއި ޑިމޮކްރެޓްސް “އެއް މޭޒަކަށް“

ރައްޔިތުންގެ މަޖިިލިސް އިންތިޚާބު ގާތްވެފައި ވަނިކޮށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ބައްދަލު ކުރައްވައިފިއެވެ. ސޯޝަލްމީޑިއާގައި އިއްޔެ އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއެކު ހޮޓަލެއްގައި ކޮފީ ބައްލަވަން ތިއްބަވާ މަންޒަރު ފެނެއެވެ. މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި އެ ޕާޓީގެ މުއައްސިސް ޙަސަން ލަޠީފާއި މެދުހެންވޭރު ދާއިރާގެ މެންބަރު […]

ޓްރަމްޕުގެ ބަސްމަގު ވަރަށް ނުރައްކާ – ޒެލެންސްކީ

ޔޫކްރެއިނާއި ރަޝިޔާގެ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއަކަށްވެ އެ ހަނގުރާމަ ހުއްޓުވާފާނެ ކަމަށްވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގެންދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅު ވެއްޖެއެވެ.  އިނގިރޭސި ވިލާތުގެ ޗެނަލް 4 ގައި ވާހަކަފު ދައްކަވަމުން އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޔޫކްރެއިނަށް ވަޑައިގަތުމަށް އިންޒާރަކާއި އެކު ރައީސް ޒެލެންސްކީ ވަނީ ދައުވަތު ދެއްވާފައެވެ.  އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައިވާ ގޮތުގައި ޒެލެންސްކީގެ ދައުވަތުގައި ވިދާޅުވެފައި ވެއެވެ. “ ޑޮނާލްޑް ޓްރަމްޕް އެވެ. މަނިކުފާނު ކީވް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. 24 […]

ފަލަސްތީނުގެ ދައުލަތެއް އުފައްދައިގެން ނުވާނެއޭ އިސްރާއީލަކަށް ނުބުނެވޭނެ

މިފަހަކަށް އައިސް ދެފަހަރެއްގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާޢީލުގެ ބޮޑުވަޒީރު އިންކާރު ކުރުމުން ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ޔުންއިޓޭޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް ބެންޖާމިން ނަތަންޔާހޫއަށް ރައްދު ދެއްވައިފިއެވެ.  އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާރުވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާއިރު އިސްރާއީލުން އެކަމާއި ދެކޮޅުހެދުމަކީ ބަލާގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ފަލސްތީނުގެ ދައުލަތް ހުރިހާ ގައުމަކުންވެސް ބަލާގަންނަން ޖެހޭނެއެވެ. ހަމަމިއާއި އެކު އިސްރާޢީލަށްވެސް އެގައުމު ދިފާއުކުރުމުގެ ޙައްގު ލިބިފައިވާ ކަމަށާއި އެފެންވަރަށް ފަލަސްތީނުގެ ދައުލަތަށް ސެކިއުޓީ ގަރަންޓީ ނުދެވިދާނެކަމަށް […]