ޕީޕީއެމްއިން ވަކިކުރަން ނިންމި މަލީހް ޕްރައިމަރީގައި ވޯޓު ލައްވައިިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ޕީޕީއެމްއިން ވަކިކުރަން ނިންމި ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ވޯޓު ލައްވައިިފިއެވެ. މަލީހް އިސްވެ ހުންނަވައި ޕާޓީ ބަދުނާމުކޮށް ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް ކުރުމުގެ ގޮތުން ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާއި ނުލައި އަމިއްލަފުޅަށް ކޮމިޓީއެއް އެކުލަވައިލައްވައި ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ޕީޕީއެމްއިން މަލީހު ވަކިކުރަން ނިންމީ މިދިޔަ ނޮވެމްބަރު 23 ގައެވެ. […]
ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ: ލިސްޓުން ނަން އުނިކުރި ކަމަށް ބުނެ ޒުވާބާއި ހިތްހަމަނުޖެހުން

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން ނަން އުނިކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުމުގެ ވަގުތު ހަމަވާނީ 17:00 އަށެވެ. މި ޕްރައިމަރީގައި މާލޭ ސަރަހައްދުގައި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ) ގައެވެ. އަތޮޅުތަކަށް […]
ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ: މައްސަލަތަކެއް ދިމާވެ ބައެއް ފޮށިތަކަށް ވޯޓުލުން އަދި ވެސް ނުފެށޭ

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވާއިރު ބައެއް ދާއިރާތަކުގައި ވޯޓުުލުން އަދި ނުފަށައެވެ. މި އިންތިޚާބުގ ވޯޓުލުން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުމުގެ ވަގުތު ހަމަވާނީ 17:00 އަށެވެ. ސަންދާނު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓުލުން ނުފެށި ލަސްވަނީ ވޯޓާސް ލިސްޓުގައި މައްސަލަތަކެއް ހުރުމުންނެވެ. މައުލޫމާތު ލިބޭ ގޮތުން ކެންޑިޑޭޓުންނަށް ދީފައިވާ ލިސްޓުތަކާއި ވޯޓުލާ މަރުކަޒުގައި ހުރި ލިސްޓުތަކާ ދިމައެއް ނުވެއެވެ. ވޯޓުލުމަށް ދިޔަ ބައެއް މީހުން ލިސްޓުގައި […]
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ. ވޯޓުލުން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އަށެވެ. ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދަކީ 73 ކަމަށްވާއިރު މި އިންތިޚާބުގައި ވޯޓުލުމަށް 227 ފޮށި ވަނީ ބަހައްޓައިފައެވެ. ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލެވޭނެއެވެ. މާލޭގައި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، […]
ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް ދިރާސާ ކުރަނީ

ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ދިރާސާކުރަން ފަށައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ. މިއަހަރުގެ ޅެން ވެރިންގެ ދުވަސް ޚާއްސަކޮށްފައި ވަނީ ޅެން ވެރިޔާ ތިނަދޫ އަބްދުﷲ އަފީފް އަށެވެ. މި އަހަރުގެ ޅެން ވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު […]
އިސްރާއިލުން ޣައްޒާގައި ހިނގަމުން އަންނަ ގަތުލުއާންމު ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މުޢިއްޒު

އިސްރާއިލުން ޣައްޒާގައި ހިނގަމުން އަންނަ ގަތުލުއާންމު ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ފަލަސްޠީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަން ކަށަވަރު ކުރުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެންނެވެ. އެގޮތުން ރައީސް މުޢިއްޒު ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގެ އަމަލުތައް ހުއްޓާލަން […]
އެމެރިކާ ސިފައިން އިރާޤުން ބޭލުމުގެ މަޝްވަރާތައް ފަށައިފިން: ޕެންޓަގަން

އިރާޤުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ލަސްނުކޮށް އިރާޤުން ބޭލުމަށް އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝީޢާ އަލްސޫދާނީ އެންގެވިތާ މާގިނަ ދުވަހެއް ނުވަނީސް، އެމެރިކާ ސިފައިން އިރާޤުން ބޭލުމުގެ މަޝްވަރާތައް އެމެރިކާއިން ފަށާފައިވާކަން ޕެންޓަގަން އިން ހާމަކޮށްފިއެވެ. މިގޮތުން، ސީރިއާއާއި އިރާޤާއި، މިދެގައުމުގައި ތިބި ހުރިހާ އެމެރިކާ ސިފައިން އަންބުރާ ގެންދިޔުމުގެ ވާހަކަތައް ދެކެވޭކަމަށް ޚަބަރުތައް ބުނި ނަމަވެސް، ސީރިއާއިން ސިފައިން ބޭލުމަށް މަޝްވަރާކުރާކަމުގެ ވާހަކަތައް އެމެރިކާގެ އޮފިޝަލުން ވަނީ ދޮގުކޮށްފައެވެ. އިރާޤުން ސިފައިން ބާލައިފިނަމަ، ސީރިއާގައި […]
ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ: ވޯޓުލުން އޮންނާނީ މާދަމާ 10 އިން 5 އަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 17:00 އަށް ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ. ކޯލިޝަނުން ބުނީ ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދަކީ 73 ކަމަށާއި މި އިންތިޚާބުގައި ވޯޓުލުމަށް 227 ފޮށި ބަހައްޓާނެ ކަމަށެވެ. މާލޭގައި ފޮށި ބަހައްޓާތަން: ހެންވޭރު ދަނޑު (އަތޮޅުތަކުގެ ފޮށިތައް) ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް […]
ބޮންއަޅައިގެން ޔަމަން މައިތިރިއެއް ނުކުރެވޭނެ

މިލިޓްރީގޮތުން ދުނިޔޭގެ އެންމެބާރުގަދަ ގައުމު އެމެރިކާއާއި އެމެރިކާގެދަނބިދަރި އިސްރާއީލާ އަދި އެއްޒަމާނެއްގައި މުޅި ދުނިޔެ އިސްތިޢުމާރުކުރި އިނގިރޭސި ވިލާތްވެސް ހިމެނޭ ބިޔަ ކޯލިޝަނަކާ ދެކޮޅަށް މީގެ ދިހަވަރަކަށް އަހަރު ކުރިން އުފަންވި ބަނގުރޫޓު ކޮށްލާފައިވާ ޖިހާދީ ޖަމާޢަތަކުން ކުރިމަތިލުން ޢިއުލާން ކުރުމަކީ މިހާތަނަށް ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ ކަމެއް ނޫނެވެ.އަދި މިއީ އާދައިގެ ކަމެއްވެސް ނޫނެވެ. މި ލިއުމުގައި ގެނެސްދީފައި މިވަނީ ގައްޒާއާއި ރެޑްސީގައި ހިނގަމުންދާހަނގުރާމައާ ދޭތެރޭ ދުނިޔޭގައި ތިބި ވަކިފަރާތަކަށް ނުޖެހޭ ސިޔާސީ އަދި މިލިޓްރީ ތަޖްރިބާކާރުންގެ ވިސްނުންފުޅު ހުރިގޮތެވެ. އަންސާރު ﷲ ގެ ނަމުން އެޖަމާއަތުގެ […]
ހަނގުރާމައިގާ ގޭގައިތިބި އަނބިދަރިންވެސް ބައިވެރިވާން ޖެހިދާނެ

އިނގިރޭސި ވިލާތުގެ ސިފައިންގެ އަދަދު މަދުކަމާއިހުރެ ހަނގުރާމައެއްގައި ބައިވެރިވާން ޖެހިއްޖެނަމަ ރަށުގައި ތިބި އާންމު ރައްޔިތުންވެސް ބައިވެރިވާން ޖެހޭނެކަމަށް އިނގިރޭސި ވިލާތުގެ މިލިޓްރީ ޗީފް އިންޒާރު ދެއްވައިފިއެވެ. ރަޝިޔާއާއި އެކު ހަނގުރާމައަކަށް ދާން ޖެހިއްޖެނަމަ ގައުމުގެ މިހާރުގެ ޙާލަތު ރަނގަޅަށް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތަކުގައި ދެން ފަހަތުފަޔަށް ބުރަވެވެންނެތް ކަމަށް ޖެނެރަލް ސަރ ޕެޓްރިކް ސޭންޑަރ ސަރުކާރަށް ފިއްތުން ކުރިމަތި ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. ދަ ޓެލިގްރާފަށްވެސް ފާހަގަ ކުރެވިފައިވާ ގޮތުގައި ޖެނެރަލް ސަރ ޕެޓްރިކް ގެންދަވަނީ އިނގިރޭސި ވިލާތުގެ ސަރުކާރުން […]