ގަތަރުގެ ކޯޓުންމަރަން ހުކުމް ކުރި މީހުންންގެ އަދަބަށް ލުޔެއްދީފި

ބީ. ބީ. ސީ. އިން ޚަބަރު ދީފައިވާ ގޮތުގައި ގަތަރުގެ ފުރަތަމަ މަރުޙަލާ ކޯޓުން މަރުގެ ނިޔާ ޙުކުމްކުރެއްވި އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރުންގެ އަދަބަށް ލުޔެއް ދީފިއެވެ.  ޚަބރުގައި ބުނެފައިވާ ގޮތުން އޭގެތެރެއިން އެކި މީހުންންގެ އަދަބަށް ލުއިދީފައިވަނީ އެކި މިންވަރަށެވެ. ގަތަރުގެ ކަސޭޝަން ކޯޓުން ނިންމާފައިވަނީ ފުރަތަމަ މަރުޙަލާ ކޯޓުގެ ޙުކުމް ޖަލު ޙުކުމަކަށް ބަދަލު ކުރުމަށެވެ. އެހެންނަމަވެސް އެކިމީހުންގެ މައްޗަށް ކަނޑައެޅުއްވި ޖަލު ޙުކުމުގެ ތަފްސީލު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އާންމު ގޮތެއްގައު ކަސޭޝަން ކޯޓު ތަކުން މައްސަލަތަކުގެ ޙަގީގަތް ހޯދުމަކީ ކުރާ ކަމެއް ނޫނެވެ. އެ ކޯޓުގެ ޙުކުމްތައް […]

އިސްރާއީލުގެ ފަރާތުން ޣައްޒާގައި އިންޑިއާ ސިފައިން ވެސް ހަރަކާތްތެރިވޭ

ބައިލައިން ޓައިމްސްގެ ކޮލަމްނިސްޓެއްކަމަށްވާ ކޯޓްނީ ޖޭ ވާލްމަންގެ ”ދަ ސީޖޭ ވާލްމަން ޝޯވ“ ގައި ޝާއިއުކުރި ވީޑިއޯއެއްގައި ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ހަނގުރާމަމަތީ ސިފައިންގެތެރޭގައި އިންޑިއާ ސިފައިން ތިބިކަމަށް އޭނާ ބުނެފިއެވެ. ފަލަސްތީނުގެ ކުޑަކުއްޖަކު ޤަތުލުކޮށްލުމަށްފަހު އެކުއްޖާ ނިދާ އެނދުގައި އިސްރާއީލުގެ އައިޑީއެފްގެ ޔުނިފޯމު އަޅައިގެންތިބި ދެ ސިފައިންގެ މީހުން ނަގާފައިވާ ތަސްވީރެއް މިފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ތަސްވީރުގައި ވާތްފަރާތުން ފެންނަން އިންނަ މީހަކީ އިންޑިއާއަށް ނިސްބަތްވާ މީހެއްކަމަށް ބުނެ ވާލްމަން ބުނީ، […]

އެޕްސްޓީން މައްސަލައިގެ ލިޔެކިޔުންތަކުގައި ޕްރިންސް އެންޑްރޫގެ ނަން، ތުހުމަތުކުރެވެނީ ކުޑަކުއްޖަކާ ބެހުނުކަމަށް!

ޖިންސީ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ ކޯޓު ލިޔެކިޔުންތައް އާންމުކުރިއިރު، އޭނާގެ ކްލަޔަންޓު ލިސްޓުގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޕްރިންސް އެންޑްރޫގެ ނަން އޮތުމުން އެމައްސަލަ ފުލުހަށް ރިޕޯޓުކޯށްފިއެވެ. އާންމުކުރި ލިޔެކިއުންތަކުގައި ވާގޮތުގައި، ޕްރިންސް އެންޑްރޫ ވަނީ ކުޑަކުއްޖަކާއި އެކު ބަދުއަޚްލާޤީ އަމަލު ހިންގާފައެވެ. އަދި ކުއްޖާގެ ނަން ހާމަ ނުކުރުމުގެ ގޮތުން، އެލިޔެކިޔުމުގައި އެކުއްޖާ ފާހަގަކޮށްފައިވަނީ ”ޖޭން ޑޯ ނަންބަރު 3“ ގެ ނަމުންނެވެ.  ގަބޫލުކުރެވޭ ގޮތުގައި، އެލިޔެކިޔުންތަކުގައިވާ ”ޖޭން ޑޯ ނަންބަރު […]

ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް މިނިސްޓަރު ޝަހީމް ސައުދީއަށް

ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް، ހައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާގެ ދައުވަތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސަޢޫދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހައްޖު އެންޑް ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށާއި ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް ޑރ. ޝަހީމް ކުރައްވާ މި ދަތުރުފުޅުގައި އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.  ހަމަ އެހެންމެ […]

ރައީސް މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.  ރައީސް އޮފީހުން ވިދާޅުވީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 7 އިން 12އަށް ކަމަށެވެ.  ރައީސް މުޢިއްޒު ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.  ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް […]

ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޑިމޮކްރެޓްސްގެ ޕްރައިމަރީ އިންތިޚާބު އަންނަ ފެބްރުއަރީ 17 ގައި ޕްރައިމަރީ ބާއްވަން ފާސްކުރީ ބިލަބޮންގ ހައި ސްކޫލުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ އެއްވަނަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްއިން ވަނީ މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ހުރިހާ އިންތިޚާބީ ދާއިރާކަށް […]

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި ހުށަހެޅުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި

1948 ވަނަ އަހަރު އެކުލަވައިލި ”ކޮންވެންޝަން އޮފް ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޯސައިޑް“ އާ އިޒްރޭލުން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި ހުށަހެޅުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. ”ކޮންވެންޝަން އޮފް ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޯސައިޑް“ އާ އިޒްރޭލުން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން އައިސީޖޭއަށް […]

ޤަތަރާއި އޮމާނުން ފަލަސްތީނާއި އެއްކޮޅަށް ބައިނަލްއަޤްވާމީ ކޯޓަށް ބަޔާނެއް ހުށައަޅައިފި

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓުގައި އިސްރާއީލާއި ދެކޮޅަށް ހިނގަމުންދާ މައްސަލާގައި، ފަލަސްތީނާއި އެއްކޮޅަށް އަރައި މެދުއިރުމަތީގެ ޤަތަރާއި އޮމާނުންވެސް ބަޔާނެއް ހުށައަޅައިފިއެވެ.  މި ދެގައުމުން އައިސީޖޭއަށް ބަޔާނެއް ހުށައަޅާފައިވަނީ ލިޔުމުންނެވެ.  ޤަތަރުގެ ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ ގާނޫނުގެ ދަށުން އިސްރާއީލުން ފަލަސްތީނުގެ ބިން ހިޞާރުކޮށްފައިވާ ކުރިން މިހާރުން މިހާރަކަށް ނިމުމަކަށް ގެންނަންޖެހޭކަމަށާއި، ހަމަލާތައް ހުއްޓާލައި، ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް ބައިނަލްއަޤްވާމީކޯޓުން އމުރު ނެރެދޭންޖެހޭކަމަށެވެ.  އޮމާނުގެ ބަޔާނުގައި […]

އޮސްޓްރޭލިއާއިން އިރާޤު ހަނގުރާމައިގެ ލިޔެކިޔުންތައް އަދިވެސް ސިއްރުކުރަނީ ކީއްވެތޯ ބަލަނީ

މީގެ 20 އަހަރުކުރިން ހިނގައިދިޔަ އިރާޤު ހަނގުރާމައާއި ގުޅޭގޮތުން، އިސްރާއީލުގެ އޭރުގެ ސަރުކާރުގެ ކެބިނެޓް ލިޔެކިއޔުންތައް އަދިވެސް ސިއްރުކުރެވިފައިވަނީ ކީއްވެތޯ ބެލުމަށް އެގައުމުގެ މިހާރުގެ ސަރުކާރުން ތަހުގީގެއް ފަށައިފިއެވެ.  އެމެރިކާއިން އިސްވެ 2003 ވަނަ އަހަރު ފެށި އިރާޤު ހަނގުރާމައިގައި އޮސްޓްރޭލިއާގެ ބައިވެރިވުން ދޭހަވާ ކެބިނެޓް ލިޔެކިޔުންތައް ސިއްރުކޮށްފައިވާތީ އޮސްޓްރޭލިއާ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނީ، އެގައުމުން ހަނގުރާމައަށް ދާންޖެހުނު ސަބަބު އެގައުމުގެ ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށެވެ. 20 އަހަރުވާ ސިއްރު […]

އިރާނަށް ދިން ހަމަލާގެ ފަހަތުގައި އިޒްރޭލާއި އައިސިސްގެ އަތެއްވާކަމަށް ތުހުމަތުކޮށްފި

ލުބުނާނުގައި ހުރި ހަމާސްގެ އިސް ލީޑަރެއް ޝަހީދުކޮށްލެވުނުތާ 24 ގަޑިއިރު ހަމަނުވަނީސް، މީގެ ހަތަރު އަހަރުކުރިން ޝަހީދުކޮށްލެވުނު ޤާސިމް ސުލެއިމާނީގެ ހަނދާނުގައި ގިނަ ބަޔަކު އެއްވެ އުޅުނު އިރާނުގެ ސަރަހައްދަކަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި އިޒްރޭލާއި އައިސިސްގެ އަތެއްވާކަމަށް ލަފާކޮށްފިއެވެ.  ލުބުނާނުގައި ދިން ހަމަލާއެކޭ އެއްފަދައިން އިރާނުގައި ދިން ހަމަލާގައިވެސް އިޒްރޭލު ހިއްސާވާކަމަށާއި، ނަމަވެސް އިރާނަށް ހަމަލާ ދިނުމަށް އިޒްރޭލުން އައިސިސްގެ ބޭނުންކޮށްފައިވާނެކަމަށް މެދުއިރުމައްޗާއި އަލްޖަޒީރާ ނޫހުގެ ސެކިއުރިޓީ އެނެލިސްޓުނާއި ކަމާއިބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ. […]