އެމެރިކާއިން ޔޫކްރެއިނަށް އެހީދިނުން ހުއްޓާލައިފި

ދަ ނިއު ވޮއިސް އޮފަ ޔޫކްރެއިނުން ޚަބަރު ދެމުން ގެންދާ ގޮތުގައި ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓަރ ޖޯން ކާރބީ ޖެނުއަރީ 11 ވަނަދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމެރިކާއިން ޔޫކްރެއިނަށް މިލިޓްރީ އެހީ ފޯރުކޮށްދިނުން ހުއްޓާލައިފިކަން ކަށަވަރުކޮށް ދީފިއެވެ. އިތުރު އެހީއެއް ދެން ފޯރުކޮށްދެވޭނީ ކޮންގްރެސްއިން ހުއްދަ ލިބިއްޖެނަމަށް ބުނެފިއެވެ. ޑިސެމްބަރު 27 ވަނަ ދުވަހު ޔޫކްރެއިނަށް ދިން 250 މިލިއަން ޑޮލަރަކީ އެންމެ ފަހުން ފޯރުކޮށްދެވުނު އެހީއެވެ.  އޭގެކުރިން ޔޫކްރެއިނާއި އިސްރާޢީލާއި އަދި ތައިވާނަށް ދޭން ކޮންގްރެސްގެ […]

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ދެވަނަ ބައްދަލުވުން އިންޑިއާގައި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ދެވަނަ ބައްދަލުވުން އިންޑިއާގައި ބާއްވަން ނިންމައިފިއެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ދެ ގައުމުގެ އިސްވެރިން ހިމެނިވަޑައިގަންނަވާހެން ވަނީ ހައިލެވެލް ކޮމިޓީއެއް އުފައްދައިފައެވެ. މި ކޮމިޓީގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބޭއްވީ މިދިޔަ އާދިއްތަ ދުވަހު މާލޭގައެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ބުނީ ދެވަނަ މަޝްވަރާ ބައްދަލުވުން އޮންނާނީ އަންނަ […]

 އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ ޔުގަންޑާގެ ކަމްޕާލާގައި މިހާރުކުރިއަށްދާ ނާމްގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާރނަލް މިނިސްޓަރ ޑރ. ޖައިޝަންކަރުއާއި ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޕޯސްޓެއްގައެވެ.  އެގޮތުން މިނިސްޓަރު މޫސާ ޒަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގަ ތިބި އަސްކަރީ ސިފައިން ރާއްޖެއިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މިހާރު ކުރިޔަށްދާ […]

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި އިދާރާއެއް އުފައްދަވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ”ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު“ ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.  މިއަދު އުފެއްދެވި އެ އިދާރާއަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ. ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ”ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ […]

އިހުތިސާސްގެ ތެެރޭގައި ނެތް ފަޅު ރަށްތައް ކައުންސިލުތަކަށް ދޫކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވައިލައިފި

އިހުތިސާސްގެ ތެެރޭގައި ނެތް ނަމަވެސް ކައުންސިލު ހިމެނޭ އިދާރީ ދާއިރާގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލުތަކަށް ދޫކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވައިލައި މިއަދު ގެޒެޓްކޮށްފިއެވެ. މި ގަވާއިދަކީ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ނުވަތަ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައިތަރައްގީކުރުން ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި ކަމާ ގުޅޭ އެހެނިހެން އުސޫލުތައް ބަޔާން ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. ”މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ […]

އިސްރާއީލުގެ ސިފައިން ގައްޒާއިން މަދުކުރުމާއިމެދު ސަރުކާރުގެ ކޯޅުންގަނޑު

ގައްޒާގެ ހަމަލާތަކުގައި ހަރަކާތްތެރި ވަމުންގެންދާ އިސްރާއީލުގެ ބައެއް ލަޝްކަރުތައް ގައްޒާއިން ބޭލުމަށް އިސްރާއީލުގެ މިލިޓްރީން ނިންމުމާގުޅިގެން ސަރުކާރުގެ ތެރޭގައި ހިމެނޭ ފާރ ރައިޓް ޖަމާއަތަށް ނިސްބަތްކުރެވޭ މިނިސްޓަރުން ނުރުހުން ފާޅުކުރަމުން ގެންދިއުމާއެކު ޕާރލަމެންޓާއި މިލިޓްރީގައިބައިބައިވުން އިތުރު ވަމުންދާކަން ހާމަވެއްޖެއެވެ. އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ބެން ގްވީރު ބުނެފައިވަނީ ގައްޒާއިން ދެމުންގެންދާ ރޮކެޓް ހަމަލާތަކުގެ ބަދަލުގައި ގައްޒާއަކީ އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމުގައި ހެދުމަށް އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށެވެ. އެހެންނަމަވެސް ހަނގުރާމަ އެހެން ލެވެލަކަށް ބަދަލުކުރަން ސަރުކާރުން […]

މަރުވެފައި އޮތް ދިވެހި ޒުވާނަކު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް ދިވެހި ޒުވާނެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެއެވެ. ފުލުހުން ދެންމެ ބުނީ ވެލައްސަރު ރިސޯޓު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ. އެކަން ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރީ މިއަދު 9:11 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ކ.އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ޔަމަނުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުން

މެދު އިރުމަތީގައި ޙަރަކާތްތެރި ވަމުން ގެންދާ އެމެރިކާއާއި އެމެރިކާއަށް ތާއީދުކުރަމުން ގެންދާ އޮފިޝަލުން ސެމާފޯރއަށް މައުލޫމާތު ދީފައިވާގޮތުގައި އީރާނުގެއިސްލާމިކް ރިވޮލިއުޝަނީ ގާރޑުންގެ ކޮމާންޑަރުންނާއި މުޝްތަޝާރުން ޔަމަނުގައި އެބަތިއްބެވެ. ޔަމަނުން ރެޑް ސީ ގައި ދަތުރުކުރަމުން ގެންދާ ބޯޓުފަހަރަށް ޙަމަލާތައް ދޭންވީ ގޮތުގެ ޖާސޫސީ މައުލޫމާތާއި އިރުޝާދާއި އަދި ތަމްރީނު ދެމުން އެބަގެންދާ ކަމަށް ބުނެފައު ވެއެވެ.  އަދި އީރާނުގެ ގުދުސް ފޯސް އިން ޔަމަނަށް ޑްރޯނާއި ކުރޫޒް މިސައިލާއި އަދި މެދު ރާސްތާގެ ބެލިސްޓިކް މިސައިލްވެސް ފޯރުކޮށް ދެމުން ގެންދާކަން ވަނީ ތުޙުމަތު ކޮށްފައެވެ. މިދިޔަ ހޯމަދުވަހު އެމެރިކާގެ ޕެންޓަގަނުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ކޮންޓެއިނަރ އުފުލާ ބޯޓު ޖިބްރޯލްޓަރ އީގަލް އަށް ޔަމަނުންގެ ޙަމަލާއެއް […]

“އާބަންކޯ“ ގެ ބަދަލުގައި އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފި

“އާބަންކޯ“ ގެ ބަދަލުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފިއެވެ. އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަނުގެ ގާނޫނީ ނަން ”ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން“ އަލުން އެ ކޯޕަރޭޝަނުގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ މި ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ ނަން އާބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާ ކަމަށާއި ގާނޫނީ […]

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި ކަނޑައަޅުއްވައި އެކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވި ދެންނެވުން […]