ގެއްލުނު ނައީޝް ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ބޮޑު ސަރަހައްދެއް ބަލައިފި

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފައިބައިގެން އުޅުމުގެތެރޭ ގެއްލުނު އެ ސިޓީގެ މަރަދޫގެ އުމުރުން 18 އަހަރުގެ މުޙައްމަދު ނައީޝް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިއެވެ. ނައީޝް ގެއްލުނު ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 22:10 ހާއިރުއެވެ. ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލުނީ ނައީޝް އެކަންޏެވެ. އޭނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެކެވެ. އެމްއެންޑީއެފްއިން […]

ދިގުރަށު ގޮނޑުގައި މަރުވެފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި

މި މަހުގެ ތިންވަނަ ދުވަހު އދ.ދިގުރަށު ކުނިގޮނޑުގައި މަރުވެފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ. މި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިދިޔަ ހުކުރު ދުވަހު ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ލަންކާގެ އުުމުރުން 30 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ […]

ކުރީގެ މާލީ ވަޒީރާއި ގުޅުން އޮންނަ އިލްހާމް ޓަވަރު މެލޭޝިއާގެ އޭސީސީއިން ހިފައިފި

މެލޭޝިއާގެ ކުރީގެ މާލީ ވަޒީރު، ޓުން ދައިމް ޒައިނުއްދީނުގެ އާއިލާގެ މިލްކުގައިވާ އިމާރާތެއްކަމަށްވާ ”އިލްހާމް ޓަވަރ“ މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ހިފައިފިއެވެ. 60 ބުރީގެ މި އިމާރާތް އަތުލުމަށް އަމުރު ނެރެފައިވަނީ ޑިސެންބަރު 18 ވަނަ ދުވަހުގައެވެ. އަދި މި އަމުރުވަނީ އެގައުމުގެ ނޫހެއްގައި އިޝްތިހާރެއްގެ ގޮތުގައި އިއްޔެ ޝާއިއުކޮށްފައެވެ.  އެމްއޭސީސީގެ ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަރ އަހްމަދު އަކްރަމް ޣާރިބް ސޮއިކޮށް ނެރުނު މިއަމުރަކީ ”އެމްއޭސީސީ އެކްޓް 2009“ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) […]

ދަތުރުކުރުމުގައި ސަމާލުވޭ, ކުރިއަށް އޮތީ ކަނޑުގަދަ ވިއްސާރަ ދުވަސްތަކެއް

ކުރިއަށް އޮތް ހަފުތާގައި ވެސް މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަކުރާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ކުރިއަށް އޮތް ދުވަސްތަކަކީ ވިއްސާރަ ދުވަސްތަކެއް ކަމަށެވެ. އެގޮތުން ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާގައި ވެސް މެދުރާއްޖެތެރެއާއި ދެކުނަށް ބޯކޮށް […]

ނައިބު ރައީސް ޙުސައިން މޮންޓެނީގްރޯއަށް ފުރާވަޑައިގެންފި

ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް މޮންޓެނީގްރޯއަށް ވަޑައިގެންނެވީ އެ ގައުމުގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ކޮންގްރެސް ކުރިއަށްދާނީ މި މަހު 24-26 އަށެވެ. މި ކޮންގްރެސްގައި ނައިބު ރައީސް ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ނައިބު ރައީސްކަމާ ހަވާލުވެވަޑައިގެންނެވިފަހުން ނައިބު ރައީސް ހުސެން ވަނީ ޗައިނާ އަދި ސްވިޒަރލެންޑްއަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ގާޒާގެ ޓަނެލް ތަކަކީ ޒައަނިސްޓު ޓެރެރިސްޓުންނަށް ބޮޑުވެގެންވާ ނުރައްކަލެއް

ދާދިފަހުން ހަމާސްއިން މިނިވަން ކުރި ރަޙީނުންގެ ތެރޭގައިހިމެނޭ އިސްރާއީލުގެ ޓެރަރިސްޓް ކުލީސިފައިންގެ މީހަކު އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އާއި އަދި ހަނގުރާމައާއިބެހޭ ކެބިނެޓްގެ ވަޒީރު ބެނީ ގާންޒް އާއި ބައްދަލު ކޮށް ހަމާސްގެ ޓަނެލް ތަކަކީ ބޮޑުވެގެންވާ ނުރައްކާތެރިކަން އެކުލެވޭ ތަނެއް ކަމަށާއި އެތަނަށް ވަންނަން މަސައްކަތް ނުކުރުމަށް ދަންނަވައިފިއެވެ. އެމީހުންނަށް މެދުވެރިވި ކަންތައްތަކާއި އެތަންތާނގެ ބިރުވެރިކަން ރަނގަޅަށް ތަސައްވުރު ކުރެވި ސިކުނޑިގޮވާވަރަށް ބިރުގެންފައި ތިބެން މިޖެހެނީ މިހާރު މިނިވަންވެފައި ތިބިނަމަވެސް އެބިރުވެރިކަމުގެ ތެރެއިން ކަމަށް އޭނާ އެބޭފުޅުންނަށް ދެންނެވިއެވެ.   […]

ކުރީގެ ރައީސް ޓްރަމްޕަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ!

އެމެރިކާގެ 45 ވަނަ ރައީސް ޑޮނާލްޑް ޓްރަމްޕަށް ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުން އުނިކުރަން ކޮލޮރާޑޯގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އެމެންޑްމެންޓުގެ 3 ވަނަ ސެކްޝަން އަށް ރިޢާޔަތްކޮށް އެމެރިކާގެ އެންމެމަތީ ކޯޓުން ނެރެފައިވާ މި އަމުރަކީ ވަރަށް ތާރީޚީ އަމުރެކެވެ.                  އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި ކޯޓުގެ 4 ފަނޑިޔާރުންގެ ތެރެއިން […]

އައްޑޫގައި އިހި ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ރެއިން ފަށައިގެން ހޯދަނީ

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ރެއިން ފަށައިގެން ހޯދަމުން އެބަދެއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 22:10 ހާއިރުއެވެ. އެމްއެންޑީއެފްއިން ބުނީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝް ކަމަށާއި އޭނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށެވެ. ގެއްލުނު މީހާ ހޯދުމުގެ […]

އަރްބާޒްއާއި މޭކަޕް އާޓިސްޓް ޝޫރާ ކައިވެނި ކުރަނީތަ؟ 

ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ޚާން އާއި ބޮލީވުޑްގެ ތަރިން މޭކަޕްކޮށްދޭ މަޝްހޫރު މޭކަޕް އާޓިސްޓް ޝޫރާ ޚާން ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.  ރިޕޯޓްތައް ބުނާ ގޮތުން މި ދެ މީހުން ބައްދަލުވީ އަރްބާޒްގެ ކުރިއަށް އޮތް ފިލްމު ”ޕަޓްނާ ޝުކްލާ“ ގެ ސެޓުތަކުގައެވެ.  ނަމަވެސް އަރްބާޒާއި ޝޫރާ ވެސް މިހާތަނަށް އެ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.  އަރުބާޒާއި […]

އަހަރެންގެ ބައްޕައަކީ އެއް އިރެއްގައި ގޭންގް ސްޓާރެއް: އަޖޭ

ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ބައްޕަ އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަން އަކީ ފިލްމީ ދާއިރާއާ ގުޅުމުގެ ކުރިން މުމްބާއީގައި އުޅުނު ގޭންގްސްޓާރެއް ކަމަށް އަޖޭ ބުނެފިއެވެ.  އަޖޭގެ ބައްޕަ ،ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަދި ސްޓަންޓް ކޮރިއޯގްރާފާ ވީރޫ ވަނީ 2019 ވަނަ އަހަރުގެ މެއި މަހު މަރުވެފައެވެ.  ކޮފީ ވިތް ކަރަންގެ އެޕިސޯޑެއްގައި ދާދި ފަހުން އަޖޭ ވަނީ އޭނާގެ ބައްޕަ ވީރޫ ކެރިއަރު ފެށި ގޮތާއި މެދު ވާހަކަދައްކާފައެވެ.  އަޖޭ ބުނީ […]