އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުވުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ފޯރަމެއް ބާއްވަނީ
ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެ ދާއިރާގެ ސްޓޭކްހޯލްޑަރުން ހިމެނޭ ފޯރަމެއް ބާއްވަން މީޑިއަމް އިވެންޓްސް އިން ނިންމައިފިއެވެ. މި ފޯރަމްގެ މަޤުސަދަކީ، އޭވިއޭޝަން ދާއިރާގައި އޮޕަރޭޝަނަލް ގޮތުންނާއި ސިޔާސަތުގެ ގޮތުން ރައްކާތެރިކަމާއި ވަސީލަތްތަކުގެ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމެވެ. މީޑިއަމް އިވެންޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އޭވިއޭޝަން ފޯރަމް ބާއްވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި ފޯރަމުގައި ރާއްޖޭގެ އޭވިއޭޝަން […]
ކާބޯތަކެތީގެ ރައްކާތެރި ކަމަށް އާންމުން ހޭލުންތެރި ކުރުމަށް ހިންގާ ”މުކައްބަ“ ކެމްޕެއިން އިފްތިތާހުކޮށްފި
ކާބޯތަކެތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހިންގާ ”މުކައްބަ“ ކެމްޕެއިން އިފްތިތާހުކޮށްފިއެވެ. މި ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ.ޢަބްދުﷲ ޚަލީލެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގައި ކާބޯތަކެތި ޓެސްޓު ކުރެވޭނެ ނިޒާމްތައް ފުޅާވަމުން އަންނަ ކަމަށެވެ. ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަކީ ސިއްޙީ ދާއިރާއަށް އޮތް […]
ރައީސް ޔާމީންގެ ބަންދަށް ދިން ލުއިތައް މުރާޖައާ ކުރަނީ
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ބަންދަށް ދީފައިވާ ލުއިތައް މުރާޖައާ ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީންގެ ބަންދަށް ލުއިދިނީ މިދިޔަ އޮކްޓޫބަރުގައެވެ. އެގޮތުން ޔާމީން މިހާރު ހުންނަވަނީ ގޭބަންދުގައެވެ. ކަރެކްޝަނުން ޔާމީންގެ ބަންދަށް ލުއިދިނީ އެމަނިކުފާނުގެ ފަރާތުން ބޭސްފަރުވާ ކުރުމަށާއި ކަސްރަތުކޮށް އުުޅުމަށް އިތުރު ލުއިތަކަށް އެދިވަޑައިގަތުމުންނެވެ. ކޮންމެހެން ބައްދަލު ކުރުމަށް އެދޭ […]
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ޑރ.ޒުލްފާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ވައިނުޖެހޭގެ، ޑރ.މަރްޔަމް ޒުލްފާ އައްޔަން ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ޑރ.ޒުލްފާ މި މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމު ކުރިން ފުރުއްވި ޑރ.ޒުލްފާ މި މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ […]
މަޖިލީވެސް ޤާނޫނުއަސާސީއަށް ވުރެ ބޮޑެއް ނުވާނެ. ދިވެހިރާއްޖެއަކީ ދުސްތޫރީ ސިޔާދަތީ ބާރުއޮންނަ ޤައުމެއް!
ޖުމްހޫރީ ނިޒާމެއްގައި ދައުލަތް އެކުލެވިގެންވަނީ ވަރަށް މުސްތަޤިއްލު ތިން ގޮތްޕެއް ނުވަތަ ތިންބާރެއް އެކުލެވޭގޮތުންނެވެ. ޤާނޫނުއަސާސީ ކަށަވަރުކޮށްދެނީ އެއްވެސް ޙާލެއްގައި އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ނުހިންގޭނެކަމެވެ. އެއްބާރުގެ އިޚްތިޞާޞަށް އަނެއްބާރަކުން ގަދަވެގަތުމަށް ހިންގާ ކޮންމެ ޢަމަލަކީ ޤާނޫނު އަސާސީގެ ބާރުކަނޑުވާލަން ހިންގޭ ޣައިރު ދުސްތޫރީ ޢަމަލެކެވެ. ދުސްތޫރީ ޢިލްމުވެރިންގެ ނަޒަރުގައި ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ ތިންގޮފީންކުރެ އެއްވެސް ގޮތްޕަކީ ވަކީން މާބާރުގަދަ ގޮތްޕެއް ނޫނެވެ. އެހެންނަމަވެސް ތަފާތު ޒިންމާތަކަކާއި ބާރުތަކެއް ކޮންމެ ގޮތްޕެއްގެ ދައުރާމަސައްކަތާއި ގުޅޭގޮތުން ޙަވާލުވެފައި ވަނީއެވެ. ދުސްތޫރީ ވެރިކަންހިންގާ ޑިމޮކްރެޓިކް ނިޒާމުތަކުގައި ސިޔާދަތީބާރު ދައުލަތްތަކުގައި ތަފާތު ދެގޮތަކަށް ލިބިދެވިފައި ވެއެވެ. ބައެއް ޤައުމުތަކުގައި އޮންނަނީ ބަރުލަމާނީ ސިޔާދަތީ ބާރެވެ. އަނެއްބައި ޤައުމުތަކުގައި އޮންނަނީ ދުސްތޫރީ […]
ޑިމޮކްރެސީއާއި ލާމަރުކަޒު ދިވެހިންނަށް އޮޅުނީތަ ނުވަތަ އޮޅުވާލީތަ؟
ފާއިތުވެގެންދިޔަ ޒަމާންތަކުގައި ވަކި މިވެނި ނިޒާމެކޭ ނުކިޔަސް ތަފާތު ގޮތްގޮތަށް ތަފާތު ބޭފުޅުން ރައްޔިތުންނަށްޓަކައި އެ ބޭފުޅުންގެ އަމިއްލަ ވެރިކަމެއް އޮތީ ކޮށްދެއްވާފައެވެ. މި ފަހުގެ ހަތްދިހަ ވަރަކަށް އަހަރުގެ ތެރޭގައިވެސް ވެރިކަންކުރެއްވި ބޭފުޅުންގެ ދެކިވަޑައި ގަންނެވި ގޮތުގައި ރައްޔިތުންގެ ހައްގުގައި ނަމޫނާ ވެރިކަމެއް އޮތީ ކޮށްދެއްވާފައެވެ. ތެދެކެވެ! ދުނިޔެއިން ފެންނަ ކޮންމެ އެއްޗަކާ ކޮންމެ ކަމަކީވެސް އޭގެ ޒާތުގައި ނަމޫނާއެކެވެ. މި ލިއުމައިގެން ކުރިއަށް ދިއުމުގެ ކުރިން މިލިއުމަކީ އެއްވެސް ހާލެއްގައި ވަކިބޭފުޅަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށްފައިވާ ލިޔާ ލިއުމެއް ނޫންކަން ކިއުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުގެ އަމާޒަކީ ރާއްޖޭގައި މިހާރު ވެރިކަންކުރެވޭ […]
ބްރިޖުގެ މާލެއިން ހުޅުމާލެއަށްދާ ފަޅި މިރޭ ދެގަޑިއިރަށް ބަންދުކުރަނީ
ސިނަމާލެ ބްރިޖުގެ މާލެއިން ހުޅުމާލެއަށްދާ ފަޅި މިރޭ ދެގަޑިއިރަށް ބަންދުކުރަން ނިންމައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުގެ މާލެ އިން ހުޅުމާލެ އަށްދާ ފަޅި މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް ބަންދުވާނެ ވާނެ ކަމަށެވެ. އަދި އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް އަންނަ ފަޅި ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެ ވަގުތު ބްރިޖުން ދަތުރުކުރައްވާއިރު އެ ސަރަހައްދުގައި […]
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ ލިމިޓު 1200 ޑޮލަރަށް މަތިކުރަން ނިންމައިފި
ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ ލިމިޓު މަތިކުރަން ސަރުކާރުން ނިންމައިފިއެވެ. އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން އެރުވި ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ […]
ސަރުކާރު ހިންގުމުގައި ޒުވާނުންގެ ލަފާ ހޯދަން ބޯޑެއް އެކުލަވައިލަން ނިންމަވައިފި
’ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް‘ ބޯޑު ތައާރުފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި މިފަދަ ބޯޑެއް ތައާރަފުކުރަން ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ބޯޑު އެކުލެވިގެންވަނީ 18 އަހަރާއި […]
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރަން ނިންމައިފި
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ހެލްތް އިން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް އިބްރާހިމް ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ނިންމެވިކަން […]